Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަރުތަކުގެ ގާ ހުދުވުން

ދުނިޔެ ހޫނުވުމާއި ފަރުތަކުގެ ގާ ހުދުވުން، ދިވެހިންގެ ކުރިމަގަށް އޮތް ބިރެއް

ގާ ހުދުވާކަން ފާހަގަކުރެވޭނަމަ، އެކަން މޯލްޑިވްސް މެރިން ރީސަރޗް އިންސްޓިޓިއުޓަށް އެންގުމަށް އެދިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 މާރިޗު 2022 | ބުދަ 02:49
ފަރުތަކުގެ ގާ ހުދުވާ މައްސަލަ ވަނީ ބޮޑުވެފައި

ފަރުތަކުގެ ގާ ހުދުވާ މައްސަލަ ވަނީ ބޮޑުވެފައި

ތިމާވެއްޓަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެކަން ކުރިމަތިވަމުންދާ ކާރިސާތަކުން ހާމަވަގެން ދެއެވެ. ވާރޭވެހި ފެންބޮޑުވުމާއި، ގޮނޑުދޮށްތައް ގިރުމާއި، ފެން ލޮނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި އަދި އުދަ އެރުން ފަދަ ހާދިސާތައް ގިނައެވެ. ތިމާވެއްޓަށް އަންނަ ނުރަނގަޅު ބަދަލާއެކު އެންމެ ނުރައްކާ ބޮޑުވެގެންދަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށެވެ. އެގޮތުން މިހާރު މީހުން ދިރިއުޅޭ ރަށްތަކަށް ބަލާއިރު، ރަށް ގިރުމުގެ މައްސަލަ ކުރިމަތިނުވާ ރަށެއް މަދުވާނެއެވެ. ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފެން ލޮނުވެ ބޭނުންނުކުރެވޭ މައްސަލަ ބޮޑެވެ. އުދަ އެރުމުގެ ހާދިސާތައް ގިނަ އެވެ. ވާރޭވެހި ފެންބޮޑުވެ ނުވަތަ އުދައަރައި ގެތަކަށް ގެއްލުން ލިބި އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭ ވާހަކަ ދޭތެރެއަކުން ފަލަސުރުޚީތަކަށް އަރައެވެ. މިހާރަކަށް އައިސް މިފަދަ ކާރިސާތައް އިތުރުވަމުންދާއިރު، އެންމެ ބޮޑަށް ތިމާވެއްޓަށް ނޭދެވޭ އަސަރުކުރަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަމަށް ދިރާސާތަކުން ދައްކައެވެ.

ރާއްޖެއަކީ ތިމާވެއްޓަށް އަންނަ ކޮންމެ ބަދަލާއެކު އެންމެ ބޮޑަށް ނޭދެވޭ އަސަރުކުރާނެ އެއްގައުމެވެ. އެހެންކަމުން ސަރުކާރުން ދަނީ ތިމާވެށި ހިމާޔަތް ކުރުމުގެ ގިނަ މަސައްކަތް ކުރަމުންނެވެ. ތިމާވެއްޓަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާއިރު، އެކަން މިފަހުން ބޭއްވިގެން ދިޔަ ކޮޕް-26 އިން ފެނިގެން ދިޔައެވެ. އެއީ ދުނިޔެ ހޫނުވަމުންދާ ދުވެލި 1.5 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް މުހިންމު ބޮޑެތި ފިޔަވަޅުތައް ގައުމުތަން އެޅުމަށް ރާއްޖެއިން ގޮވާލާފައިވެއެވެ. އަދި ތިމާވެއްޓަށް ލިބޭ ހުރިހާ ގެއްލުމަށް, ތަރައްގީވެފައިވާ ގައުމުތަކާއި ޔޫއެން އެޖެންސީތަކުން ޚަރަދުކުރުމަށް ފައިސާ ދިނުމަށާއި، ފައިސާ އިތުރުކުރުމަށް ގޮވާލާފައިވެއެވެ. މީގެ އިތުުރުން އިޔާދަކުރަނިވި ހަކަތައަށް މުޅި ރާއްޖެ ބަދަލުކުރުމަށް އަމާޒު ހިފައި އެމަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ސަރުކާރުން އެކި ލެވަލްގައި މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތަށް އާއްމު ރައްޔިތުންގެ ފަރާތުން އެއްބާރުލުން ނުލިބޭނަމަ އެކަށީގެންވާ ނަތީޖާއެއް ނުފެންނާނެއެވެ. ދޭތެރެ ދޭތެރެއަކުން ކަނޑަށް ކުނިއަޅާ މައްސަލައާއި ނުވަތަ ގޮނޑުދޮށުން ވެލި ނެގުމުގެ މައްސަލަތައް ފެންމަތިވަމުންދެއެވެ. މި ނޫނަސް ތިމާވެއްޓަށް ގެއްލުންދޭ މީހުންގެ މައްސަލަތައް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވެސް ބަލައި ފިޔަވަޅު އަޅަންޖެހޭ ފަހަރު އާދައެވެ. މިއީ ވަރަށް ދެރަ، ލަދުވެތި ކަމެކެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތަކީ ވަކި ބަޔަކު ނުވަތަ ވަކި މީހަކު ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ދެކޭނަމަ ލަނޑުދަނޑިއަށް ވާސިލްވުމަކީ އުނދަގޫ ކަމެކެވެ. ކުރެވޭ ކުޑަކަމުން ވެސް އުންމީދު ނުކުރާ ފަދަ ބޮޑެތި ގެއްލުންތަކެއް ތިމާވެއްޓަށް ލިބޭއިރު، މިހާރަށް ވުރެ ބޮޑަށް ވެއްޓަށް ހޭލުންތެރިވެ، ވެށި ހިމާޔަތް ކުރުމަށް އަމަލީ ގޮތުން މަސައްކަތް ކުރަންޖެހެއެވެ. އެއީ ރާއްޖެއަށް ތިމާވެށީގެ ގޮތުން އެކިއެކި ކާރިސާތައް ކުރިމަތިވަމުންދާތީއެވެ. އެގޮތުން މިދުވަސްވަރު އަނެއްކާ ވެސް މިވަނީ ފަރުތަކުގެ ގާތައް ހުދުވުމުގެ މައްސަލަތައް ކުރިމަތިވެފައެވެ.

މޯލްޑިވްސް މެރިން ރީސަރޗް އިންސްޓިޓިއުޓްއިން މައުލޫމާތުދޭ ގޮތުގައި މިދުވަސްވަރު ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާތައް ހުދުވަމުންދާ މައްސަލަ ފާހަގަކުރެވިފައިވެއެވެ. ރާއްޖެއަށް 1998 ވަނަ އަހަރު ދިމާވި ގާހުދުވުމުގެ ބޮޑު ހާދިސާއަށް ފަހު، މިފަދަ ހާދިސާ ތަކުރާރުވުން އަވަސްކަން ފާހަގަކުރެވެއެވެ. މިފަދަ ދުވަސްވަރެއްގައި އިންސާނުންގެ ފަރާތުން ފަރަށް ކުރާ ނޭދެވޭ އަސަރު އިތުރުވާނަމަ ފަރުތަކުގެ ސިއްހަތު ކުރީގެ ހާލަތަށް އިއާދަވުން ލަސްވާނެއެވެ.

މީގެ އިތުރުން ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް، އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާ ހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އިން ނޭޝަނަލް އެންވަޔަރަންމެންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސަރވިސްގެ ނަމުގައި ދަނީ ޕްރޮގްރާމެއް ހިންގަމުންނެވެ. މިޕްރޮގްރާމުން ލިބޭ މައުލޫމާތުގެ އަލީގައި އެކި ގައުމުތަކުގެ ކަނޑުތަކުގެ ހޫނުމިނާއި ގުޅިގެން ފަރުތަކަށް ކުރިމަތިވާ ސްޓްރެސްއަށް ބަލައި ގާ ހުދުވުމުގެ ހާދިސާތައް ދިމާވުން އެކަށީގެންވާ މިންވަރު އަންދާޒާކުރެވެއެވެ. އެގޮތުން ގާ ހުދުވުމުގެ ހާދިސާއެއް ދިމާވެދާނެކަމަށްޓަކައި ދޭންޖެހޭ ސަމާލުކަން ފަސް ގިންތިއަށް ބަހާލެވެއެވެ. އެންމެ ފަހުގެ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު މުޅި ރާއްޖެ މިވަގުތު އޮތީ ދެވަނަ ގިންތި ކަމަށްވާ ވޮޗް ލެވެލްގައެވެ. ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދުތައް ވޯނިންގ ލެވެލަށް އަރާނެކަމަށް ލަފާ ކުރެވެއެވެ. އަދި ކުރިއަށް އޮތް 9 ހަފުތާއާއި 12 ހަފުތާއާއި ދެމެދު ހުވަދު އަތޮޅުން ފެށިގެން ދެކުނުގެ ސަރަހައްދުތަކުގައި އެލާރޓް ލެވެލް 1 އަށް އަރާނެ ކަމަށްވެސް ވަނީ އަންދާޒާ ކުރެވިފައެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ފަރުތަކުގެ ގާތައް ހުދުވާނެކަމުގެ އިންޒާރު ދީފައިވާއިރު، ގާ ހުދުވާކަން ފާހަގަކުރެވޭނަމަ، އެކަން މޯލްޑިވްސް މެރިން ރީސަރޗް އިންސްޓިޓިއުޓަށް އެންގުމަށް ވަނީ އެދިފައެވެ.

ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާގޮތުން ފަރުތައް ވަނީ ގުޅިލާމެހިފައެވެ. ރާއްޖޭގެ ފަރުތައް ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިގްތިޞާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވެއެވެ. އެހެންނޫން ނަމަ ދިވެހިންގެ ކުރިމަގާއި ގުޅިފައިވާ މިދެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމާމެދު ޝައްކެތްނެތެވެ. އެހެންކަމުން ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ރައްޔިތުން މަސައްކަތް ކުރަންޖެހެއެވެ. ފަރުތައް ހިމާޔަތް ކުރަންޖެހެއެވެ. ތިމާގެ ވެއްޓަށް ތިމާ މަސައްކަތް ނުކުރާނަމަ ނަތީޖާ ވަރަށް ހިތިވާނެއެވެ. ޕްލާސްޓިކް މަދުކޮށް ގެއްލުން ލިބޭ ޒާތުގެ ކުނިބުނި މޫދަށް ނުވަތަ ކަނޑަށް އެޅުން ހުއްޓުވަންޖެހެއެވެ. ޚުދު ތިމާ އެކަން ކުރާނަމަ އެކަން ހުއްޓާލަން ޖެހެއެވެ. އެއީ މުސްތަގުބަލާއި ޤައުމުގެ ޙައްޤުގައެވެ.

ތިމާވެށި

ކޮމެންޓް

އިތުރަށް ކިޔާލަން

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ

ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ

02 އޮކްޓޯބަރު 2025
ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ

ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ

23 ސެޕްޓެމްބަރު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު