Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިނަށް ދިމާވެގެން އުޅެނީ އިސްރާއިލަށް ދިމާވެގެން އުޅޭ ފަދަ ހާލަތެއް – ޒެލެންސްކީ

ޔަހޫދީން ފަދައިން ޔޫކްރެއިން ރައްޔިތުންވެސް ބޭނުން ވަނީ މިނިވަންކަމާއި ހަމަޖެހުން ކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 މާރިޗު 2022 | ހޯމަ 07:47
އިސްރާއިލުގެ ގާނޫނު ހަދާ މަޖިލީހުގައި ޒެލެންސްކީ ވީޑިއޯ މެދުވެރިކުރައްވާ ދެއްކެވި ވާހަކަފުޅު ތެލްއަވީވްގެ ސްކްރީނެއްގައި އަޅުވާފައި

އިސްރާއިލުގެ ގާނޫނު ހަދާ މަޖިލީހުގައި ޒެލެންސްކީ ވީޑިއޯ މެދުވެރިކުރައްވާ ދެއްކެވި ވާހަކަފުޅު ތެލްއަވީވްގެ ސްކްރީނެއްގައި އަޅުވާފައި

އިސްރާއިލުން ވެރިވެގަނެ، ފަލަސްތީނުގެ ބިންތަކަށް އަރައި، ފަލަސްތީނުގެ ރައްޔިތުން މަގުމަތިކޮށްލާ އެތަނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، ރަޝިޔާއިން ޔޫކްރެއިން ހިފަން ކުރާ ހަނގުރާމައަކީ އެއްފަދަ ކަމެއް ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރުންނާއި ނައިބު މިނިސްޓަރުން ހިމެނޭ ގޮތަށް 100 އެއްހާ މެންބަރުން ހިމެނޭ އިސްރާއިލުގެ ގާނޫނު ހަދާ މަޖިލީހުގައި، އާދީއްތަ ދުވަހު ވީޑިއޯ މެދުވެރިކުރައްވާ ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ޔަހޫދީންނާއި ޔޫކްރެއިނަކީ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ދެގައުމު ކަމަށެވެ. އެއަށްފަހު ޔޫކްރެއިނަށް އުފަން އިސްރާއިލުގެ ކުރީގެ ބޮޑުވަޒީރެއް ކަމުގައިވާ ގޯލްޑް މިއެރ ވިދާޅުވެފައިވާ ވިދާޅުވުމެއް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

އެ މެސެޖަކީ "އަޅުގަނޑުމެން ދިރިއުޅެން ބޭނުންވޭ، ނަމަވެސް އަޅުގަނޑުމެންގެ އަވަށްޓެރިން ދެކެން ބޭނުން ވަނީ އަޅުގަނޑުމެން މަރުވާތަން" ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ދެގައުމުގެ މާޒީއަކީ ވަރަށް އެއްގޮތް އަދި ގުޅިފައިވާ މާޒީއެއް ކަމަށެވެ. ތަފާތު ކަންތައްތަކުގައި ދެގައުމު ތަފާތުވި ކަމުގައިވީ ނަމަވެސް، ކުރިމަތިލާން ޖެހެނީ އެއްކަހަލަ ގޮންޖެހުމަކާއި ކަމަށެވެ. އެއީ ގައުމު ހަލާކުކޮށްލާ، މީހުން މަރާ، ސަގާފަތް ހަލާކޮށްލަން ބަޔަކު މަސައްކަތް ކުރުން ކަމަށެވެ. މީގެ އިތުރުން ޤައުމުގެ ނަން ވެސް ފޮހެލަން ބޭނުންވާ ކަމަށް ޒެލެންސްކީ ތުހުމަތުކުރެއްވިއެވެ.

ޒެލެންސްކީ ވަނީ ފެބްރުއަރީ 24 ވަނަ ދުވަސް ހަނދާނުގައި ބެހެއްޓުމަށް ވިދާޅުވެފައެވެ. 24 ފެބްރުއަރީ އަކީ ޔޫކްރެއިންގައި ހާއްސަ މިލިޓަރީ އޮޕަރޭޝަނެއް ހިންގުމުގެ ނަމުގައި ރަޝިޔާއިން ހަނގުރާމަ ފެށި ދުވަހެވެ. ޒެލެންސްކީ ވިދާޅުވީ ދުނިޔޭގެ ތާރީހުގައި ދެފަހަރު މަތިން މި ދުވަސް ބަދުނަސީބު ދެދުވަހުގެ ގޮތުގައި ލިޔެވިފައިވާ ކަމަށެވެ.

ފެބްރުއަރީ 24، 1920 އަކީ ނެޝަނަލް ސޯޝަލިސްޓް ޖަރުމަން ވޯކަރސް ޕާޓީ ނުވަތަ ނާޒީ ޕާޓީ އުފެދުނު ތާރީހެވެ. ހިޓިލަރު އިސްކޮށް ހުރެގެން އެތައް މިލިއަން ޔަހޫދީންނެއް މަރާލާ ގަތުލްއާންމު ހިންގިއެވެ. އަދި މި ތާރީޚުގައި މިފަހަރު މިކަން މެދުވެރިވީ ޔޫކްރެއިނަށް ކަމަށް ޒެލެންސްކީ ވަނީ ސިފަކުރައްވާފައެވެ.

ޒެލެންސްކީ ވިދާޅުވީ ނާޒީން ހިންގި ގަތުލުއާންމަށްފަހު އޭގެ 102 އަހަރު ފަހުން އަނެއްކާވެސް ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިން ހިފަން އޯޑަރު ދީފައިވާ ކަމަށެވެ. އަދި މި ހަނގުރާމައިގައި މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި، މިލިއަނުން މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ. އަދި އެމީހުން އެކި ގައުމުތަކުގައި ރެފިއުޖީންނަށް ވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ޔަހޫދީ ގާނޫނު ހަދާ މަޖިލީހާއި މުހާތަބުކުރައްވާ ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންގެ ރައްޔިތުން މިއަދު ދުނިޔޭގެ އެކި ހިސާބުތަކަށް ދާން މަޖުބޫރުވެފައިވަނީ މީގެ ކުރިން ޔަހޫދީން ވެސް އުޅުނު ފަދައިން ކަމަށެވެ. އެމީހުން ބޭނުންވަނީ ސަލާމަތާއި ރައްކާތެރިކަން ކަމަށާއި، އެމީހުން ބޭނުންވަނީ އަމާންކަމާއެކު ދިރުއުޅުމަށް ކަމަށެވެ. އަދި މިއީ ކުރިން ޔަހޫދީން ވެސް އުޅެންޖެހުނު ގޮތް ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންގައި ރަޝިޔާއިން ހިންގަމުން އަންނަނީ އަސްކަރީ އޮޕަރޭޝަނެއް ނޫން ކަމަށާއި، އެއީ ހަނގުރާމައެއް ކަމަށެވެ. ރަޝިޔާއިން ބޭނުންވަނީ ޔޫކްރެއިން، ޔޫކްރެއިންއަށްވާ ހުރިހާ ކަމެއް ނައްތާލުމަށް ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

މީގެއިތުރުން ރަޝިޔާއިން ނާޒީ ޕާޓީން ބޭނުން ކުރި އިބާރާތްތައް ބޭނުން ކުރަމުން އަންނަ ކަމަށާއި، މިހަނގުރާމައަކީ ފަހުގެ ހައްލު ކަމަށް ރަޝިޔާއިން ބުނަމުންދާކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ. އަދި އެއީ ނާޒީ ޕާޓީން ޔަހޫދީންގެ ސުވާލަށް ދިންފަދަ ޖަވާބެއް ކަމަށާއި، މިހާރު ރަޝިޔާއިން އެ އިބާރާތް ބޭނުން ކުރަމުން އައި ނަމަވެސް މިފަހަރު އެކަން އަމާޒުވަނީ ޔޫކްރެއިނަށް ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ވީޑިއޯ މެދުވެރިކުރައްވާ ޔަހޫދީ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ޒެލެންސްކީ ވަނީ ރަޝިޔާއިން ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން އިސްރާއިލުން މާބޮޑު ކަމެއް ނުކުރާ ކަމަށް ވިދާޅުވެ ނުރުހުންވެވަޑައިގެން ފާޑުވިދާޅުވެފައެވެ. އަދި އިސްރާއިލުން ޔޫކްރެއިނަށް އެއްވެސް އެހީތެރިކަމެއް ނުދޭ ކަމަށާއި، މި މައްސަލައިގައި އިސްރާއީލު ހަނު އޮންނަކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ރަޝިޔާއިން ހަނގުރާމަ ފެށުމުގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ޔޫކްރެއިންގައި ތިބި ޔަހޫދީން ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން އިސްރާއިލަށް ދިމާވެގެން އުޅޭ ފަދަ ހާލަތެއް ޔޫކްރެއިނަށް ދިމާވެފައިވާ ކަމުގައި ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. ޒެލެންސްކީ ވަނީ އިސްރާއިލާއި ޒަމާންތަކެއް ވަންދެން އަވަށްޓެރި އަރަބި ގައުމުތަކާއި ދެމެދު ހިނގަމުންދިޔަ ހަމަނުޖެހުން ފަދަ ހަމަނުޖެހުންތަކެއްގެ ތެރޭގައި ޔޫކްރެއިން އޮތްކަމުގައި ވިދާޅުވެ، ޔޫކްރެއިންގެ ހާލަތަކީ އެފަދަ ހާލަތެެއްގެ ގޮތުގައި އެދުވަހު ދެއްކެވި ވާހަކަފުޅުގައިވެސް ސިފަކުރައްވާފައެވެ.

ޔޫކްރެއިންގައި ދިރިއުޅޭ ޔަހޫދީންގެ ފޯރަމަކީ އަހަރަކު އެއްފަހަރު އެގައުމުގައި ދިރިއުޅޭ ޔަހޫދީން ބާއްވަމުން އަންނަ ފޯރަމެކެވެ. ޔަހޫދީ ދަރިކޮޅަކަށް ނިސްބަތްވެ ވަޑައިގަންނަވާ ޒެލެންސްކީ ރިކޯޑްކުރައްވާ ފޮނުއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ އިސްރާއިލަކީ ޔޫކްރެއިންގެ މިސާލެއް ކަމަށެވެ. އަދި ޔޫކްރެއިން އަދި ޔަހޫދީން ވެސް ބޭނުންވަނީ މިނިވަންކަން ކަމަށެވެ. މީގެ އިތުރުން ދެޤައުމުވެސް މަސައްކަތް ކުރަނީ ގައުމުގައި ދިރިއުޅޭ ބަޔަކު ބޭނުންވާ ގޮތަށް ކުރިމަގު ބިނާކުރުމަށް ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީރަޝިއާއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު