Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވެލާ ބިސް އެޅުން

ބްރިޖް ސަރަހައްދަށް އަރައި ބިސްއެޅި ވެލާ، 2 އަހަރު ފަހުން ހަމައެތަނަށް ބިސް އަޅާފާނެތަ؟

20 މާރިޗު 2022 | އާދީއްތަ 12:01

15 މާޗް 2022 ވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު މާލެއަށް ވެލައެއް އަރައި ބިސްއެޅި

އަމްނާ އިމާދު
އަމްނާ އިމާދު | 20 މާރިޗު 2022 | އާދީއްތަ 12:01
ބްރިޖާ ދިމާއިން މާލޭގެ އިރުދެކުނު ފަރާތު ގޮނޑުދޮށަށް ވެލައެއް އަރައި ބިސް އެޅުން

ބްރިޖާ ދިމާއިން މާލޭގެ އިރުދެކުނު ފަރާތު ގޮނޑުދޮށަށް ވެލައެއް އަރައި ބިސް އެޅުން

ސްކޫލް ދައުރުގައި ވަރަށް ޝައުގުވެރި ވާހަކަތައް މުދަރިއްސުން ކިޔާދެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ވާހަކައަކީ ރާއްޖޭގެ ރަށަކަށް ވެލައެއް އަރައި ބިސް އަޅަން ކުރި މަސައްކަތާ ބެހޭގޮތުން ކިޔަދިން ވާހަކައެވެ. އިމާރާތްތަކާއި އިންސާނުން ގިނަވެ ބިސްއަޅާނެ ތަނެއް ނުފެނިގެން އެންމެފަހު ވެލާ ވަނީ ގެއެއްގެ އެނދުދަށަށެވެ. ނަމަވެސް ބިސް ނޭޅިގެން އުޅެނިކޮށް އެ ގޭގެ މީހަކު އައިސް ވެލާ ފައްސާލައެވެ. ވެލާ ރަށުން ފައިބައިގެން ދަނީ ދުވަހަކު ވެސް އެރަށަށް ނޭރުމަށް އަޒުމް ކަނޑައަޅާފައެވެ.

އެވާހަކައިން އެކަނި ވެސް ރާއްޖޭގެ ރަށްތައް ތޮއްޖެހިފައިވާ މިންވަރު ހާމަވެގެންދެއެވެ. ޚާއްސަކޮށް ވެރިރަށް މާލެ ސިޓީއެވެ. މިއަދާ ހަމައަށް ވެސް މާލެއަށް ވެލާ އަރާނެ ކަމަކަށް މީހަކު ހިއެއްނުކުރެއެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ 27ގައި މާލެއަށް ވެލައެއް އެރިއެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު އެ ވެލާ މޫދަށް ދޫކޮށްލިއެވެ. އެކަމާގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެގެން ދިޔައެވެ. ވެލާ އަމިއްލައަށް ނުދަނީސް ގަދަކަމުން ފޮނުވާލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

މިފާޑު ކިޔުންތަކާއެކު ދުވަސްތައް ފާއިތުވެގެން ދިޔައެވެ. އަނެއްކާވެސް މުޅި ސޯޝަލް މީޑިއާ ފުރާލީ 15 މާޗް 2022 ވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު މާލެއަށް ވެލައެއް އަރައި ބިސްއެޅި ޚަބަރުންނެވެ. އެރޭ ވެލާ އެޅިބިސްތައް އީޕީއޭގެ ބެލެމުގެ ދަށުން ހެޗަރީއަށް ވަނީ ގެންގޮސްފައެވެ. އަދި ބިސް ފީކުރާނީ ވެސް އީޕީއޭގެ ބެލުމުގެ ދަށުންނެވެ. އެހެންކަމުން މި ކަމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނެވެ. ގިނަ ބަޔަކު ހީނުކުރާ ކަމެއް ހަގީގަތަކަށްވުމުން, އަދިވެސް ވެލާ ބިސް އަޅަން މާލެއަށް އަރާނެކަމަށް ބައެއް މީހުން ބުނެއެވެ.

ވެލާކަހަނބު ދިރިއުޅޭގޮތާ ބެހޭގޮތުން އޮލިވް ރެޑްލީ ޕްރޮޖެކްޓުން ބުނެފައިވަނީ, ވެލާކަހަނބު ދަރިމައިވާ އުމުރަށް ދަނީ އުމުރުން 15-50 އަހަރާ ދެމެދު ކަމަށެވެ. އަންހެން ވެލާކަހަނބު ބިސް އަޅަން އެއްގަމަށް އަރާއިރު, މޫސުމެއްގެ މައްޗަށް 2-6 ބިސްވަޅު ހަދާކަމަށެވެ. އެއަށްފަހު ވެލާ ބިސްއަޅަން އަންނާނީ 2 ނުވަތަ 4 އަހަރު ފަހުން ކަމަށް ދިރާސާތަކުން ދައްކައެވެ. ރާއްޖޭގައި 2018 ވަނަ އަހަރު ބިސްއެޅި ވެލައެއް 2020ގައި ބިސްއަޅަން އަލުން އައިސްފައިވާކަން ރިކޯޑު ކުރެވިފައިވާކަމަށް އޮލިވް ރެޑްލީ ޕްރޮޖެކްޓުން ބުނެއެވެ. އެހެންކަމުން މިފަހަރު ސިނަމާލެ ބްރިޖް ސަރަހައްދަށް އެރި ވެލާ ދެވަނަ ފަހަރުވެސް އަރައި ބިސް އެޅުމުގެ ފުރުސަތު އެބައޮތެވެ.

މިވެލާ އެޅި ބިސްތައް ގެންގޮސްފައިވާއިރު، ވެލާކަހަނބުގެ ބިހަކީ އިންތިހާއަށް ނާޒުކު އެއްޗެކެވެ. ބިސްވަޅުގެ ފިނިހޫނުމިން ވަކި މިންވަރެއްގައި ހުރުން ބިސްތައް ފީވުމަށް ވަރަށް މުހިންމެވެ. އަދި މީގެ އިތުރުން ރެޕްޓައިލްއަކީ އިންސާނުން ފަދައިން ނޭވާލާ އެއްޗަކަށް ވާތީ ބިސްތަކަށް އޮކްސިޖަން ބޭނުންވެއެވެ. އެހެންކަމުން ބިސްވަޅަށް ފެން ގިނަގިނައިން އެޅި ބިސްވަޅުގައި ފެންބޮޑުވުމުން ބިސްތައް ފީވުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. ގިނަ ފަހަރު ވެލާކަހަނބު ބިސްއަޅާނީ ބޮޑު ދިޔަވަރުގައި ރާޅު ބީއްސާ ސަރަހައްދަށްވުރެ މަތީގައި ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ބްރިޖް ސަރަހައްދަށް އެޅި ބިސްތައް އީޕީއޭއިން ގެންގޮސް ފީކުރުން ނޫން ގޮތެއް މިކަމުގައި ނެތެވެ. އެއީ އެ ސަރަހައްދަކީ ބިސް ފީކުރެވޭ ފަދަ ހާލަތެއްގައި އޮތް ސަރަހައްދަކަށްނުވާތީއެވެ.

އާއްމު ގޮތެއްގައި ވެލާކަހަނބު ބިސްއަޅަން އަރާއިރު، ބިސްތައް ރައްކާތެރިކުރުމަށް ބިސްވަޅު ހަދަން އެންމެ ރަނގަޅުތަން ހޯދަން މަސައްކަތް ކުރެއެވެ. ނަމަވެސް ބައެއް ފަހަރު މިކަން ނާކާމިޔާބުވެއެވެ. އެގޮތުން ވިއްސާރަވެ އުދައެރުން، ބިންހިއްކުން، ގޮނޑުދޮށްތައް ތަރައްގީކުރުން ފަދަ ކަންކަމަކީ ވެލާކަހަނބަށް އޭގެ ބިސްއަޅާ ސަރަހައްދު ގެއްލޭ ކަންކަން ކަމަށް އޮލިވް ރެޑްލީ ޕްރޮޖެކްޓުން ބުނެއެވެ.

ބިސް އަޅާ މޫސުމެއްގައި ކޮންމެ 2 ހަފުތާއަކުން އެއްފަހަރު އަންހެން ވެލާ ކަހަނބު ބިސްއަޅަން އާދެއެވެ. މޫސުމެއްގައި 2-6 ފަހަރު މަތިން ވެލައެއް ބިސްއަޅާނެއެވެ. ނަމަވެސް ބިސް އެޅުމަށްފަހު ބިސްތައް ނޫނީ ޅަ ވެލާކަހަނބު ބަލައި މައިއެއްޗެއް ނާންނާނެއެވެ.

މިއީ ތަފާތު ދިރިއުޅުމެއް އުޅޭ އެއްޗަކަށްވާއިރު، ވެލާ ކަހަނބަކީ ރެޕްޓައިލް ގުރޫޕަށް ނިސްބަތްވާ ޖަނަވާރެކެވެ. އެހެންކަމުން ކިނބޫ އަދި ހަރުފަ ފަދައިން ވެލާކަހަނބަކީ, އުފަންވުމާއެކުވެސް އަމިއްލައަށް ދިރިއުޅުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ އެއްޗެކެވެ.

ވެލާކަހަނބުގެ ހަޔާތް ފެށެނީ ބިސްވަޅުގައި ހިމެނޭ އެހެން ހުރިހާ ވެލާކަހަނބާއެކީ ނަމަވެސް, މޫދަށް ފައިބާ ހިސާބުން ކޮންމެ އެއްޗެއްވެސް މަސައްކަތް ކުރާނީ އޭގެ އަމިއްލަ ދިރުން ދެމެހެއްޓުމަށެވެ. އެގޮތުން "ސަރވައިވަލް އޮފް ދަ ފިޓެސްޓް"އިން ސަލާމަތްވެ ދަރިމައިވާ އުމުރަށްދާނީ ހާހަކުން އެކައްޗެވެ. ވެލާ ކަހަނބު ކަންތައްކުރާނީ އިންސްޓިންޓްއަށް ބަލައިގެންނެވެ. ވެލާ ކަހަނބަށް ކަންކަން ދަސްކޮށްދޭން ވެލެނިވެރި ވެލައެއް ނުތިބޭނެއެވެ.

ކަނޑުގެ ދިރުންތަކުގެ ތެރެއިން މިތަކެތީގެ ދިިރިއުޅުން ވަރަށް ތަފާތެވެ. ދިރިއުޅޭ ގޮތަށް ބަލާއިރު, ގޮނޑުދޮށްތައް ހިމާޔަތްކޮށް، އެފަދަ ވެއްޓެއް ގާއިމުކޮށްދީފިނަމަ މިހާރަށްވުރެ ގިނައިން ވެލާކަހަނބު އަރައި ބިސްއަޅާނެކަމާމެދު ޝައްކެއްނެތެވެ. އަދި ރާއްޖޭގައި 2018 ވަނަ އަހަރު ބިސްއެޅި ވެލައެއް 2020ގައި އަނބުރައި ބިސްއަޅަން އައިސްފައިވާކަން ރިކޯޑު ކުރެވިފައިވާއިރު، މިފަހަރު ސިނަމާލެ ބްރިޖް ސަރަހައްދަށް އަރައި ބިސްއެޅި ވެލާ މީގެ 2 އަހަރު ފަހުން އަރައި ބިސް އަޅާފާނެތޯ މިއީ އުފެދޭ ސުވާލެކެވެ!

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 އޯގަސްޓު 2019

ބްރިޖަށް 1 އަހަރު: ދިވެހިން އަދިވެސް ބުނަނީ ބްރިޖް އޯކޭ ކަމަށް، ވައްކަން އޯކޭ ނޫން ކަމަށް!

30 އޯގަސްޓު 2019
ބްރިޖަށް 1 އަހަރު: ދިވެހިން އަދިވެސް ބުނަނީ ބްރިޖް އޯކޭ ކަމަށް، ވައްކަން އޯކޭ ނޫން ކަމަށް!
10 އެޕްރީލު 2019

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

10 އެޕްރީލު 2019
ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
06 ފެބުރުއަރީ 2019

ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތް މަޖިލީހުގެ ފަހު ދައުރަށް އަލިވިލޭއިރު...

06 ފެބުރުއަރީ 2019
ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތް މަޖިލީހުގެ ފަހު ދައުރަށް އަލިވިލޭއިރު...
01 ސެޕްޓެމްބަރު 2018

ބްރިޖްގެ ކައިވެނި މިސަރުކާރުން އޮޅުވާލީތަ!

01 ސެޕްޓެމްބަރު 2018
ބްރިޖްގެ ކައިވެނި މިސަރުކާރުން އޮޅުވާލީތަ!
13 ޖުލައި 2018

މިނިވަންކަމާ އެކު ލިބުނު އެންމެ ފުރުސަތެއް: އައްޑޫ އުތުރި އަރައިފި

13 ޖުލައި 2018
މިނިވަންކަމާ އެކު ލިބުނު އެންމެ ފުރުސަތެއް: އައްޑޫ އުތުރި އަރައިފި
03 ޖުލައި 2018

ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ: ސަރަހައްދަށް ވެސް ނަމޫނާ މިސާލެއް

03 ޖުލައި 2018
ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ: ސަރަހައްދަށް ވެސް ނަމޫނާ މިސާލެއް
13 ޖޫން 2018

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

13 ޖޫން 2018
ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
13 މާރިޗު 2018

މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

13 މާރިޗު 2018
މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ
21 އޯގަސްޓު 2017

ބިހާރު ސްޓޭޓްގައި ފެންބޮޑުވުމުގެ ގެއްލުންތަކުން އަރައިގަތުމަށް ދަތިވެފައި

21 އޯގަސްޓު 2017
ބިހާރު ސްޓޭޓްގައި ފެންބޮޑުވުމުގެ ގެއްލުންތަކުން އަރައިގަތުމަށް ދަތިވެފައި
24 މެއި 2017

މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟

24 މެއި 2017
މި ވީގޮތަކީ ދެ ބުޅާ އަރައިރުމުގައި ވަނިކޮށް ރާމާމަކުނު ބޯކިބާ ކާލީ ނޫންތޯއެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް