Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވެލާ

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މި ސަރަހައްދަކީ އަބަދުވެސް ވެލާ އަރައި ބިސްއަޅާ ސަރަހައްދެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 10 އެޕްރީލު 2019 | ބުދަ 02:52
މާފަރަށް ބިސް އަޅަން އެރި ވެލާ އެއާޕޯޓް ރަންވޭ މަތީގައި

މާފަރަށް ބިސް އަޅަން އެރި ވެލާ އެއާޕޯޓް ރަންވޭ މަތީގައި

މި ފޮޓޯއިން ހިތެއް ހުރި މީހަކަށް އަސަރު ކުރާނެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދީ އެއީ ހަމަ އަސްލުތޯ ނުވަތަ ނޫންތޯއެވެ؟ ގަބޫލުކުރަން ދަތިވިނަމަވެސް ތިއޮތީ ހަގީގަތް ފެންނާށެވެ.

ގުދުރަތީ ރީތި މުއްސަނދިކަން ލިބިފައިވާ، އަދި މި ރީތި މާހައުލުގައިވާ އެތަކެއް ދިރޭތަކެތީގެ ގެދޮރުތައް ނައްތާލާ ސުންނާފަތިކޮށް ހަލާކުކޮށްލަނީ ތަރައްގީއަށް އަޅާލެވޭ އޮލަ ކަޅު ތާރު ގަނޑާއެކުއެވެ. ކޮންމެ ދެރަށެއްގެ ދޭތެރޭ އެއާޕޯޓެއް އަޅާން ޖެހެއެވެ. އެކަމަކު ޖަޒީރާ ރާއްޖެއޭ ވެސް ކިޔާން ޖެހެއެވެ.

ދިވެހި ރާއްޖޭގެ ހިތްގައިމު ގުދުރަތީ ވެށިގައި ލައްވާފައިވާ، ވެލާ ކަނހަބާއި މަސްމަހާމެއްސާއި އެތަކެއް ދިރޭ ތަކެތީގެ ވެށީގެ ނުވަތަ އެތަކެތީގެ "ހެބިޓެޓް"ގެ ތެރެއިން ތަރައްގީއަށް ކިތައް ތަން އަޅުގަނޑުމެން ހަލާކުކޮށްލައިފިންކަން އެނގޭބާއެވެ.

ފޮޓޯއަށް ބައްލަވާށެވެ. ނ. މާފަރެވެ. ގުދުރަތީ ރީތި ކަމެއް އިންތިހާއަށް ލިބިފައި އޮތް، ވެލާ އަރައި ބިސްއެޅުމަށް މަޝްހޫރު ރަށެކެވެ. ޚާއްސަކޮށް އެއާޕޯޓް އަޅާފައިވާ ސަރަަހައްދެވެ. މާފަރު މީހަކު ކިޔައިދިން ގޮތުގައި ރަންވޭގެ ދެކުނު ކޮޅުން އިރުމައްޗަށްވާ ގޮތަށް އޮންނަ ސަރަހައްދަކީ ވެލާ އަރާ ބިސް އަޅަން މަޝްހޫރު ސަރަހައްދެވެ.

އާދައިގެ މަތިން ވެލާ އެރީ އެ ސަރަހައްދަށް ބިސް އަޅާށެވެ. އެސޮރަށް އެނގޭނީ ކޮން އެއްޗެއްތޯއެވެ. ކުރިން ވެސް ބިސް އެޅި އެތަނަށެވެ. އެ ދުވަހު އޮތީ ރީތި ދޮންވެލިގަނޑެވެ. އެކަމަކު މިއަދު ބިސްއަޅަން އަރައި ހަމައަށް ބިސް ނޭޅެނީސް އެސޮރަށް ވެސް ދެނެގަނެވިއްޖެއެވެ. އެޅުނީ އެންމެ ތިން ބިހެވެ.

ބިސް އެޅުނީ ހަރުހިލަ ގަނޑެއްގެ މައްޗަށްކަން އެނގުމާ އެކު، އެސޮރު އެތާކު ދެން އިތުރަށް މަޑުކުރާކަށް ނުވިސްނިއެވެ. އިންސާނުންގެ ހިތް ހިލަކަމާއެވެ. އެސޮރު ބިސްއަޅަން އެރީ ފަސްގަނޑަށެވެ. އެތާ ތާރު އެޅީ ތަރަށްގީއަށްޓަކައި އިންސާނުންނެވެ.

މާފަރު އެއާޕޯޓް ރަންވޭ މައްޗަށް ބިސްއެޅި ވެލާ

މާފަރަކީ ގުދުރަތީ ރީތިކަމެއް ލިބިފައި އޮތް ރަށެއް ކަަމަށް ބުނެ، އެރަށުގައި ކުރީގެ ސަރުކާރުން އެއާޕޯޓެއް އަޅަން ނިންމުމުން އެކަމާއި ދިވެހިންގެ އެތަށް ބަޔަކު އިހުތިޖާޖުކުރިއެވެ. ޚާއްސަކޮަށް ރާއްޖޭގެ ނާޒުކު ތިމާވެެއްޓާއި މެދު ވިސްނާ އެތަށް ބަޔަކު އެކަމާއި ނުރުހުން ފާޅުކުރިއެވެ. އެއަޑެއް ނޭހިއެވެ.

ވެލައަކީ، ދެފަސްބެދުނު ހިސާބު ވެލިގަނޑަށް ބިސްއަޅާ އެއްޗެއް ނަމަވެސް މިއަދު މާފަރު ރަންވޭއަށް އެސޮރު ބިސްއެޅުމުން އެތަށް ވާހަކައެއް ބުނެދެއެވެ. ނިކަން ވިސްނަވާށެވެ.އެސޮރުގެ ތަބީ އަތުގައިވާގޮތުން ބިސް އަޅާނީ ކުޑަކޮށް ކޮނެލުމަށްފަހުގައެވެ. އަދި އެއަށް ފަސްއަޅާ ފޮރުވާވެސްލައެވެ. އެއީ އެބިސްތައް ރައްކާތެރިކޮށް އޭގެ ނަސްލު އިތުރުކުރުމަށް އޮންނަ ތަބީއަތާއި އެއްގޮތަށެވެ. އެކަމަކު މިއަދު އެސޮރު ބިސްއެޅީ ނުކޮނެ ރަންވޭގެ މެދަށެވެ.

މިއީ އެސޮރުގެ އިހުތިޖާޖަކަށް ނުވޭތޯއެވެ. ވެލާގެ މި އަމަލުން އަޅުގަނޑުމެން އިންސާނުންގެ ބުއްދިއަށް އެއްޗެއް ނުވިސްނޭތޯއެވެ. ކޮންމެ ދެރަށެއްގެ ދޭތެރޭ އެއާޕޯޓެއް އަޅައި މި ވެށިން ދިރޭތަކެތީގެ ނަސްލު ފުލެލާންވީ ތޯއެވެ. އެތަކެތި ﷲ ލެއްވީ އަޅުގަނޑުމެންނަށް ޓަކައެެވެ.

އެހެންކަމުން ދިރޭތަކެއްޗާއި އެކުގައި އުޅެން ދަސްނުވާނަމަ ތަހުޒީބާއި ތަމައްދުނާއި ތަރައްގީގެ ބޭނުމެއް ބުނެދީ ބަލާށެވެ.

މާފަރުގައި ތަރައްގީ ކުރާ އެއާޕޯޓަކީ ސިންގަޕޫރު ކުންފުންޏަކާ ހަވާލުކޮށްގެން ހަދާ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރަން ފެށި މާފަރު އެއާޕޯޓުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމަން ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުވައްޒަފުންގެ ހައްޤުގައި ތަފާތު ދެއްކި ޝަފާ އަށް ސާބަސް!

މުވައްޒަފުންގެ ހައްޤުގައި ތަފާތު ދެއްކި ޝަފާ އަށް ސާބަސް!

11 ސެޕްޓެމްބަރު 2020
ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި ކަޝްމީރަށް އެއް އަހަރު، އޭރު ދެއްކި ވާހަކަތަކުގެ ހަގީގަތަކީ ކޮބާ؟

ޔޫނިއަން ޓެރިޓަރީއެއްގެ ގޮތުގައި ކަޝްމީރަށް އެއް އަހަރު، އޭރު ދެއްކި ވާހަކަތަކުގެ ހަގީގަތަކީ ކޮބާ؟

31 ޖުލައި 2020
444 ރުފިޔާގެ ވާހަކަދެއްކި މީހުން، 72000 ރުފިޔާއާ ހަމައިން ހަނު؟

444 ރުފިޔާގެ ވާހަކަދެއްކި މީހުން، 72000 ރުފިޔާއާ ހަމައިން ހަނު؟

23 ފެބުރުއަރީ 2020
ސިންގަޕޫރު ހޮސްޕިޓަލަކަށް ފައިސާ ނުދެއްކިގެން އިނގިރޭސި ދެމަފިރިއަކަށް ދަރިފުޅު ނުގެންދެވިފައި

ސިންގަޕޫރު ހޮސްޕިޓަލަކަށް ފައިސާ ނުދެއްކިގެން އިނގިރޭސި ދެމަފިރިއަކަށް ދަރިފުޅު ނުގެންދެވިފައި

13 މާރިޗު 2019
ކުޅުދުއްފުށި ރައްޔިތުންނަށް ނިމުނު ސަރުކާރުން ދެއްކި ހުވަފެނުގައި ކުލަ ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައި!

ކުޅުދުއްފުށި ރައްޔިތުންނަށް ނިމުނު ސަރުކާރުން ދެއްކި ހުވަފެނުގައި ކުލަ ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައި!

08 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު