Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިހާންގެ މައްޗަށް ކުރާ ދައުވާ

ދައުލަތުން އެދިގެން ނިހާންގެ ޝަރީއަތް ކެންސަލް

20 މާރިޗު 2022 | އާދީއްތަ 08:29

އަޑުއެހުންތައް ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މާރިޗު 2022 | އާދީއްތަ 08:29
ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު

ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު

ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ 6 ދައުވާގެ އަޑުއެހުން ދައުލަތުން އެދިގެން ކެންސަލް ކޮށްފިއެވެ.

ނިހާންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުން އެކަމަށް އެދި ސިޓީއެއް ފޮނުވާފައިވުމުންނެވެ.

Advertisement - newsAdvertisement

މިމައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ 16 ފެބްރުއަރީގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ހެކި ހާމަކުރުމުގެ މަރުޙަލާއެވެ. އެގޮތުން ދައުލަތުންނާއި ދިފާއުން ވަނީ ހެކި ހާމަކޮށްފައެވެ.

ދިފާއުން ހުށައަޅާފައިވާ ހެކިތަކަށް ބަލާއިރު، މާލިއްޔަތު ކޮމިޓީގެ ޖަލްސާތަކުގެ އެޖެންޑާތަކުގެ ޚުލާސާ ހުށައަޅާފައިވެއެވެ. އެއީ ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓާއި ގުޅިގެން މަސައްކަތްކުރިކަން ސާބިތުކުރުމަށެވެ.

ހަމައެއާއެކު، ޕީޖީ ލީޑަރުގެ ދައުރު ސާބިތު ކުރުމަށް ޕީ.ޕީ.އެމްގެ ގަވާއިދުވެސް ހުށައަޅާފައިވާއިރު، އެމް.އެމް.ޕީ.އާރް.ސީގެ ޚާއްސަ އޮޑިޓް ރިޕޯޓާއި، ޖޭ ހޮޓެލްސް އެންޑް ރިސޯޓްގެ ސިޓީއަކާއި، "އަދީބުގެ ފޯނު- ދައުލަތުގެ ބޮޑު ޓެސްޓެއް" ނަމުގައި ނޫހެއްގައި ލިޔެފައިވާ އާޓިކަލްއެއްވެސް ހިމެނެއެވެ. އެއީ ޗެއިން އޮފް ކަސްޓަޑީ ނެތް ފޯނެއްކަން ބަޔާން ކުރުމަށެވެ. އެކަން ސާބިތު ކުރުމަށް ޢަލީ ވަހީދުގެ ވީޑިއޯ އިންޓަރވިއުއެއްވެސް ވަނީ ހުށައަޅާފައެވެ.

މީގެއިތުރުން ބައެއް ޓްވީޓުތަކުގެ ސްކްރީން ޝޮޓްވެސް ކިތާބީ ހެކީގެ ގޮތުގައި ހުށައަޅާފައިވެއެވެ.

ޝަފަހީ ހެކިތަކަށް ބަލާއިރު، ދަތުރު ކުރި ތާރީޚާއި، ރޮލެކްސް ގަޑިގަތް ތާރީޚާއި، ގަޑި ދިން އިރު ހުރި ފަރާތެއްގެ ހައިސިއްޔަތުން މ މުލައް، މުނިޔާވިލާ، މުޙައްމަދު ޢަލީގެ ނަން ވަނީ ހުށައަޅާފައެވެ.

ދިފާއުން ހުށައެޅި ޝަފަހީ ހެކިން

މިމައްސަލައިގައި ދައުލަތުން އެދިފައިވަނީ، ނިހާންގެ ރޮލެކްސް ގަޑިއާއި, އޭނާ ރިޝްވަތާއި މަނީ ލޯންޑަރ ކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށެވެ. މި މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި, ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ތަހުގީގުކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ. 

ނިހާނަށް ލިބިފައިވާ މިފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާކަން ޕީޖީ އޮފީހުން މީގެ ކުރިން ހާމަކޮށްފައިވެއެވެ. ދައުލަތުން ވަނީ ފައިސާގެ އިތުރުން ނިހާނުގެ ރޮލެކްސް ގަޑިވެސް ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
02 ފެބުރުއަރީ 2017

ގްލޯފިޓްގެ ޒުމްބާ މަސްޓަރ ކެންސަލްވެއްޖެ

02 ފެބުރުއަރީ 2017
ގްލޯފިޓްގެ  ޒުމްބާ މަސްޓަރ ކެންސަލްވެއްޖެ
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް