Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީގެ އައު މެމްބަރުން

އޭސީސީގެ މަސައްކަތްތައް ކާމިޔާބު ކުރުމަށް ޕީޖީ އޮފީހުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ: ޕީޖީ

20 މާރިޗު 2022 | އާދީއްތަ 06:31

އޭސީސީގެ މަސައްކަތް ކާމިޔާބުވުމަކީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ މަޞްލަޙަތުގައި އޮތް ކަމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މާރިޗު 2022 | އާދީއްތަ 06:31
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މަސައްކަތްތައް އެންމެ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވީ "ޤާނޫނު ތަންފީޒު ކުރުން - ކެނެރީމަގުގެ މިސާލު" މި ނަމުގައި އޭނާގެ ބްލޮގްގައި ޝާއިއު ކުރެއްވި ލިޔުމެއްގައެވެ. އެގޮތުން ޝަމީމް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތް ކާމިޔާބުވުމަކީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ މަޞްލަޙަތުގައި އޮތް ކަމެއްކަން ފާހަގަކުރައްވައި، ޤާނޫނު ތަންފީޒުކޮށް، ކޮމިޝަނުގެ މަސައްކަތް ކާމިޔާބުކުރުމުގައި، އެކޮމިޝަނުގެ އެއް ނަންބަރު ސަޕޯޓަރަކަށްވާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވާ ގޮތުގައި ޕީޖީ އޮފީހުގެ ހުރިހާ އިންސާނީ ވަޞީލަތެއް، އޭސީސީގެ މަސައްކަތް ކާމިޔާބުކުރުމުގެ މަގަށް އަބަދުވެސް ރުކުރުވާލާފައި އޮންނާނެއެވެ. އެކަމުގެ ފުރިހަމަ ޔަޤީންކަން ޝަމީމް ވަނީ ކޮމިޝަނުގެ އައު މެންބަރުންނަށް އަރުއްވާފައެވެ. އެގޮތުން ކޮމިޝަނުން ފަށާ ހުރިހާ ޖިނާއީ ތަޙުޤީޤެއްގެ އަނެއް ކޮޅުގައި ވަރުގަދައަށް ހިއްޕަވާނެކަން ފާހަގަކުރައްވައި ޝަމީމް ވަނީ އެމަސައްކަތްތައް ކާމިޔާބުކުރުމަށް ޕީޖީ އޮފީހަށް ލެވެން އޮތް ބާރެއް ލާނެކަމަށް ވިދާޅުވެފައެވެ.

ޝަމީމްގެ ބޮލޮގްގައި ސިފަ ކުރައްވާފައިވާ ގޮތުގައި ޤާނޫނެއް ހަދައި، ތަންފީޒީ އިދާރާތަކާއި ޙަވާލުކުރުމުން، ޢަމަލު ކުރަންވާނީ ‘ކޮތަރު ސީ’ ލައިއުޅޭ އުޞޫލުންނެވެ. އެގޮތުން ކޮތަރަކީ ވަކި މީހެއްގެ ސައިކަލު މަޑިއެއްތޯ ނުވަތަ ވަކި ތަނެއްތޯ ބެލުމެއް ނެތި ‘ސީ ލާ’ އެއްޗެއްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޤާނޫނު ތަންފީޒު ކުރުމަކީވެސް އެފަދަ ކަމެއްކަމަށް ޝަމީމް ވިދާޅުވެއެވެ. އެގޮތުން ލޮލަކަށް، މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި، ޤާނޫނު ތަންފީޒުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމުން ނުތަނަވަސްކަން އަންނަ މީހަކަށް ނުތަނަވަސް އައިނަމަވެސް، ޤާނޫނުގެ ކުރިމަތީގައި ހުރަހަށް ޕާކުކުރާ މީހާ ޕާކު ކުރަންވާނީ، ކޮތަރު ‘ގުއި ރޭ’ ގޮތަށް، ޤާނޫނު ތަންފީޒުވުމުގެ ފުރުޞަތު އޮންނާނެކަން ދަނެގެންކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭސީސީގެ މަސައްކަތްތައްވެސް އެގޮތުގެ މަތިން ގެންދިޔުމުގައި ޕީޖީ އޮފީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ޝަމީމް ވަނީ ދެއްވާފައެވެ.

އޭސީސީއަށް އައު މެމްބަރުން އައްޔަނު ކުރައްވާފައިވަނީ 17 މާރޗު 2022 ގައެވެ. އެގޮތުން ކޮމިޝަނުގެ ރައީސްގެ މަޤާމަށް އަލްއުސްތާޛު އާދަމް ޝާމިލް އަދި ކޮމިޝަނުގެ ނާއިބުރައީސްގެ މަޤާމަށް އަލްއުސްތާޛު ޢަބްދުއް ސަލާމް ވަނީ އައްޔަނު ކުރައްވާފައެވެ.

އައު މެމްބަރުންނާއެކު ކޮމިޝަނަށް ޤާނޫނީ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރެވުމަކީ ގިނަ ބަޔަކުކުރާ އުއްމީދެކެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް