Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫކްރެއިން - ރަޝިޔާ ހަނގުރާމަ

ޔޫކްރެއިންގެ ރައްޔިތުން ހަނގުރާމައިގެ ތަމްރީނުތަކަށް

ޔޫކްރެއިން - ރަޝިޔާ ހަނގުރާމައަށް މިހާރު ވަނީ 3 ހަފުތާވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 މާރިޗު 2022 | ހޮނިހިރު 17:45
ހަނގުރާމައިގެ ތަމްރީނުތަކުގެ ތެރެއިން

ހަނގުރާމައިގެ ތަމްރީނުތަކުގެ ތެރެއިން

ރަޝިޔާއާ ޔޫކްރެއިނާ ދެމެދު ހަނގުރާމަ ކުރިއަށްދާތާ މިހާރު މި ވަނީ 3 ހަފުތާވެގެންގޮސްފައެވެ. މިހާތަނަށް އައިއިރު ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ހަނގުރާމައިގެ އަސަރު ކޮށްފައިވާއިރު, އެގައުމުގެ ބޮޑެތި ސިޓީތަކަށްވެސް ރަޝިޔާއިން ގެންދަނީ ބޮން އަޅަމުންނެވެ. ޔޫކްރެއިނުން ނުކުތުމަށް އެގައުމުގެ ގިނަ ބަޔަކު މަސައްކަތްކުރަމުންދާއިރު އަދިވެސް އެގައުމުގައި ތިބި މީހުން މަދެއް ނޫނެވެ. އެގައުމުގައި މިވަގުތު ތިބި މީހުން ދަނީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ހޯދުމަށއ އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.

ޔޫކްރެއިންގެ އާންމުންގެ ތެރެއިންވެސް ގިނަ ބަޔަކު ވަނީ ހަނގުރާމައަށް ނުކުމެފައެވެ. އަނެއް ބަޔަކު ގެންދަނީ އާއިލާއާއި ލޯބިވާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަނގުރާމައަށް ނުކުތުމަށް ބޭނުންވާ އުކުޅުތައް ދަސްކުރަމުންނެވެ. މިގޮތުން ބަޑިއާއި، އަދިވެސް މިނޫން ތަކެތި ބޭނުންކުރާނެ ގޮތުގެ ތަމްރީނު ހަދަން ފެށި ޔޫކްރެއިންގެ އޮޑެސާ ސިޓީގެ ލޯބިވެރިންތަކެއް ފާހަގަކޮށްލެވެއެވެ. އަދިވެސް އިތުރު މީހުންވެސް މިފަދަ ތަމްރީނުތައް ހަދަމުންދާއިރު އެމީހުން އެކަން ކުރުމުގެ މައިގަނޑު ބޭނުމަކީ އެމީހުންގެ އާއިލާގެ ހައްގުގައި ތެދުވަންޖެހޭ ހާލަތެއްގައި އެކަން ކުރުމާއި، ގައުމުގެ ހައްގުގައި ނިކުތުމެވެ.

މި ތަމްރީނުތަކުގައި އެމީހުންނަށް ބަޑި ބޭނުންކުރާނެ ގޮތް ކިޔައިދެއެވެ. އަދި ހަނގުރާމައިގެ މައިދާނުގައި ސިއްހީ އެކީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެނަމަ އެކަން ކުރެވޭނެ ގޮތްވެސް ކިޔައިދެއެވެ. އަދި ހަނގުރާމާގައި އަނިޔާވާ މީހުންނަށް އެހީވާނެ ގޮތްތައްވެސް ކިޔައިދެއެވެ.

ތަމްރީނު ހަދަން ފަށާފައިވާ އުމުރުން 32 އަހަރުގެ މެކްސިން ބުނިގޮތުގައި އޭނާއަށް އޭނާގެ ލޯބިވެރިޔާއާއި، އެ ސިޓީ ސަލާމަތްކުރެވޭނެ ގޮތް އެނގިފައި އޮތުން މުހިންމެވެ. މިކަންކަން އެނގިފައި އޮތުމަކީ ކޮންމެ ވަގުތެއްގައިވެސް އަތުވެދާނެ ހަމަލާއަކުން ސަލާމަތްވެވޭނެ ކަމުގެ ޔަގީންކަން އޮންނާނެކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ. އެމީހުންނަށް މިފަދަ ކަންކަން ދަސްކުރަން ޖެހިފައިވާކަން އޭނާގެ ވާހަކައިން ހާމަވެއެވެ.

ހަނގުރާމާގައި އަދިވެސް އަލިމަގެއް ފެނިފައިނުވާއިރު އެގައުމުގެ ރައްޔިތުންނަށް މިއަދު އޮތީ އެމީހުންގެ ސަލާމަތް އެމީހުން އަމިއްލައަށް ހޯދުމެވެ. މެކްސިން ބުނިގޮތުގައި ހަނގުރާމައިގެ ފުރަތަމަ ދުވަހު އޭނާ ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. ދެން ކަން ވާނީ ކޮން ގޮތަކަށްކަން އެދުވަހު ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް މިހާރު ހަނގުރާމައަށް ތިން ހަފުތާ ވެފައިވާއިރު، މި ހާލަތު ރަނގަޅަށް އެނގިފައިވާކަމަށާއި، ހަނގުރާމައަށް ނުކުތުމަށް ތައްޔާރަށް ހުރިކަމަށް އޭނާ ބުނެފައިވެއެވެ.

ރަޝިޔާއާ ޔޫކްރެއިނާ ދެމެދު ކުރިއަށްދާ ހަނގުރާމައަށް ބޭނުންވާ އެހީތެރިކަން އެހެން ގައުމުތަކުންވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ހަނގުރާމަ ހުއްޓުވަން ގައުމުތަކުން މަސައްކަތްތައް ކުރިނަމަވެސް އަދިވެސް އަލިމަގެއް ފެނިފައެއް ނުވެއެވެ. މިގޮތަށް ހަނގުރާމަ ކުރިއަށްދާ ކޮންމެ ދުވަހަކީ ޔޫކްރެއިންގެ ރައްޔިތުންނަށް އުނދަގޫ ދުވަހެކެވެ. އެތައް ބައެއްގެ ގެދޮރު ގެއްލި އިންސާނީ ހައްގުތައް ގެއްލެމުންދާއިރު، އެމީހުންނަށް މިއަދު މިވަނީ ގައުމުގެ ދިފާއުގައާއި އާއިލާގެ ދިފާއުގައި ތެދުވުމަށް މަޖުބޫރުވެފައެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!
11 އެޕްރީލު 2017

ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟

11 އެޕްރީލު 2017
ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟
03 އެޕްރީލު 2017

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު