Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ މައްސަލަ

ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް

ނަވާޒް ޝަރީފް ސައުދީގެ އިސްވެރިންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާނެ

ރާއްޖެ އެމްވީ | 12 ޖޫން 2017 | ހޯމަ 16:23
ސަލްމާން ރަސްގެފާނު އަދި ބޮޑުވަޒީރު ނަވާޒް ޝަރީފް އިސްލާމް އާބާދުގައި (ފައިލް)

ސަލްމާން ރަސްގެފާނު އަދި ބޮޑުވަޒީރު ނަވާޒް ޝަރީފް އިސްލާމް އާބާދުގައި (ފައިލް)

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއް ހޯމަ ދުވަހު ފައްޓަވައިފިއެވެ.

ނަވާޒް ޝަރީފް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅަކީ ގަތަރާއި ގަލްފްގެ ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޑޯން ނިއުސް އިން ބުނެފައިވާ ގޮތުގައި ޝަރީފްގެ މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ވެރިންނާ ބައްދަލު ކުރައްވާނެއެވެ.

ދަތުރުފުޅުގެ ކުރިން ބޮޑުވަޒީރު ޝަރީފްވަނީ މައްސަލަ ހައްލު ކުރުމާ ގުޅޭ ގޮތުން ޕާކިސްތާނުގެ ކަމާ ބެހޭ އިސް އޮފިޝަލުންނާ މަޝްވަރާ ކުރައްވާފައެވެ.

ދާދިފަހުން ނަވާޒް ޝަރީފް ކަޒަކްސްތާނަށް ކުރެއްވި ދަތުރުފުޅެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ޕާކިސްތާނަކީ ސައުދީ އަރަބިއްޔާ އާއި އީރާން އަދި ގަތަރާ ވެސް ގާތް ގުޅުމެއް އޮންނަ ގައުމަކަށް ވުމާއެކު، ގަލްފްގައި ހުރި ދެބަސްވުންތައް ހައްލު ކުރުމަށް ކުރެވެން ހުރިހާ މަސައްކަތްތަކެއް ޕާކިސްތާނުން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ހަމަނުޖެހުން އުފެދިފައިވާ މިދަނޑިވަޅުގައި ޕާކިސްތާނުގެ ސިފައިން ގަތަރައް ފޮނުވާ ވާހަކަ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި އޮތް އޮތުމާ ބެހޭ ގޮތުން ޕާކިސްތާނުން ބުނެފައިވަނީ އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.

ގަތަރު އެކަހަރި ކުރުމަށް ގަލްފްގެ ތިން ގައުމަކުން އިސްވެ އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން މަސްރަހް އިތުރަށް ގޯސްވަމުން ދިއުމާއި ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން އާއި ރަޝިޔާގެ ޚަރިޖީ ވަޒީރު ސަރުގޭ ލަވްރޯވް ވަނީ މައްސަލަ ހައްލު ކުރުމަށް ވާހަކަތައް ފެށުމަށް ގޮވާލައްވާފައެވެ.

އެމެރިކާ، ރަޝިޔާ އަދި އިނގިރޭސި ވިލާތުންވެސް ވަނީ މައްސަލަ ހައްލު ކުރުމަށް ހުރިހާ ފަރާތަކުން މަޝްވަރާ ކުރުމަށް ގޮވާލާފައެވެ.

ހުސްވި ހަފްތާގެ ހޯމަ ދުވަހު، މިސްރާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ބަހްރޭން އަދި ބައެއް އެހެން ގައުމުތަކުން ކުއްލި ގޮތަކަށް ގަތަރާ ގުޅުން ކަނޑާލީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ތުހުމަތު ކޮށްފައެވެ.

ގަތަރުން ގެންދަނީ މި ތުހުމަތު ތަކަށް އިންކާރު ކުރަމުންނެވެ.

ގަތަރަށް ދަތި ކުރުމުގެ ގޮތުން ގަލްފްގެ އަރަބި ގައުމުތަކުންވަނީ އެއްގަމާއި، ކަނޑާއި ވައިގެ މަގުތައް ބަންދުކޮށްފައެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ

24 މެއި 2017
އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ
23 މެއި 2017

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

23 މެއި 2017
ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
03 އެޕްރީލު 2017

އެމެރިކާ އެކަނި ވިޔަސް އުތުރުކޮރެއާގެ މައްސަލަ ހައްލުކުރާނަން

03 އެޕްރީލު 2017
އެމެރިކާ އެކަނި ވިޔަސް އުތުރުކޮރެއާގެ މައްސަލަ ހައްލުކުރާނަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު