Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުން

ރާއްޖޭގެ ޒުވާން ކުޅުންތެރިންނާއެކު ގިބާގެ ސެޝަންއެއް

19 މާރިޗު 2022 | ހޮނިހިރު 11:12

އެފްއައިވީބީގެ އެތުލީޓްސް ކޮމިޝަންގެ ސެކްރެޓަރީކަމުގެ މަގާމު ފުރަމުން އަންނަ ގީބާ ރަސްމީކޮށް ވޮލީކުޅުން ހުއްޓާލީ 2012 ވަނަ އަހަރު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 19 މާރިޗު 2022 | ހޮނިހިރު 11:12
ރާއްޖޭގެ ވޮލީބޯޅަ ކުޅުންތެރިންނާއެކު ގިބާ ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން

ރާއްޖޭގެ ވޮލީބޯޅަ ކުޅުންތެރިންނާއެކު ގިބާ ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން

ސްޕޯޓްސް އެވޯޑްސް ގައި ވައިވެރިވުމަށް ރާއްޖެއައި ބްރެޒިލްގެ ވޮލީބޯޅަ ލެޖެންޑް ގިލްބާޓޯ ގޮޑޯއީ (ގިބާ) ރާއްޖޭގެ ޒުވާން ވޮލީބޯޅަ ކުޅުންތެރިންނާއެކު ޚާއްސަ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.

ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ހަވީރު މާލޭގެ ބީޗް ވޮލީބޯޅަ ކޯޓުގައެވެ. މި ސެޝަންގައި ގިބާ ވަނީ ސަރވިސް ކުރުމުން ފެށިގެން ވޮލީބޯޅައިގެ ބޭސިކް ގިނަ ކަންތައްތަކެއް ރާއްޖޭގެ ކުޅުންތެރިންނަށް ދަސްކޮށްދީފައެވެ. އަދި ރާއްޖޭގައި އޭނާއަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު އޭނާ ވަނީ ވަގުތު ހޭދަކޮށްފައެވެ. މި ހަރަކާތުގައި ވޮލީބޯޅަ އެސޯސިއޭޝަންގެ އިސްވެރިންގެ އިތުރުން ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފްވެސް ބައިވެރިވެވަޑައިގަތެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ރާއްޖެ އައުމަށްފަހު ދިން އިންޓަރވިއުއެއްގައި ވެސް ގިބާ ބުނީ އޭނާގެ މި ދަތުރުގައި ރާއްޖޭގެ ޒުވާން އެތުލީޓުންނާއެކު ވަގުތު ހޭދަކޮށް އެ އެތުލީޓުންނަށް އިތުރު ކަންތައްތަކެއް ދަސްކޮށްދޭނެ ކަމަށެވެ. އަދި ގިނަ ފަރާތްތަކަކުން ރާއްޖެ އަންނަނީ ޗުއްޓީ ހޭދަކޮށްލުމަށް ނަމަވެސް އޭނާ ރާއްޖެއައީ ރާއްޖޭގެ ވޮލީބޯޅައާއި ރާއްޖޭގެ ކުޅިވަރުތައް އިތުރަށް ކުރިއަރުވަން ކަމަށް ބުނެފައިވެއެވެ.

ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ އެތުލީޓްސް ކޮމިޝަންގެ ސެކްރެޓަރީކަމުގެ މަގާމު ފުރަމުން އަންނަ ގީބާ ރަސްމީކޮށް ވޮލީކުޅުން ހުއްޓާލީ 2012 ވަނަ އަހަރުއެވެ. ނަމަވެސް ގީބާ ބުނީ ރާއްޖޭގެ އެތުލީޓުންނާއެކު އޭނާ ވޮލީކުޅެން ބޭނުންވާ ކަމަށެވެ. އަދި އެފަރާތްތަކާއި ޗެލެންޖުކޮށް، ހުނަރުތައް ކުރިއަރުވަން މަސައްކަތް ކުރާނެކަމަށެވެ.

ގީބާ ބުނީ ރާއްޖެ އައުމަކީ އޭނާ ވަރަށް ކުރިންވެސް ދެކެމުންއައި ހުވަފެނެއް ކަމަށާއި، އެހުވަފެން ހަގީގަތަކަށްވެ މިއަދު ރާއްޖެ އާދެވުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި ގިނަ ކުޅިވަރުތަކެއް ހިމެނޭހެން އެވޯޑު ދިނުމުގެ ހަފްލާއެއް ބޭއްވުމުގެ މުހިންމުކަން ފާހަގަކޮށް، ގީބާ ބުނީ ތައުލީމާއި އެއްވަރަށް ކުޅިވަރަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް