Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ އިންތިޚާބުގައި ވޯޓުލެވޭ މީހުން

އެމްޑީޕީގެ އިންތިޚާބުގައި 94،000ށް އަށްވުރެ ގިނަ މީހުންނަށް ވޯޓުލެވޭ

މެއި މަހުގެ 14 ވަނަ ދުވަހަށް އިންތިޚާބު ވަނީ ފަސްކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 މާރިޗު 2022 | ހޮނިހިރު 03:31
އެމްޑީޕީ ގެ ޖަލްސާއެއް

އެމްޑީޕީ ގެ ޖަލްސާއެއް

މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އިންތިޚާބުގައި 94،000އަށް ވުރެ ގިނަ މީހުންނަށް ވޯޓުލެވޭ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބުގައި ވޯޓުލެވޭ އެމް.ޑީ.ޕީ މެންބަރުންގެ ދާއިމީ ލިސްޓު އާންމުކޮށް ވަނީ އިއުލާންކޮށްފިއެވެ. ދާއިމީ ލިސްޓުގައި ނަން ހިމެނިފައި ނުވާ އެއްވެސް ފަރާތަކަށް ވޯޓު ނުލެވޭނެކަމަށް އެޕާޓީން ބުނެއެވެ. އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ދީފައިވަނީ ކެންޑިޑޭޓުން ކުރިމަތިލުމުގެ މުއްދަތު ހަމަވުމާ ހަމައަށް ޕާޓީގައި ތިބި މެމްބަރުންނަށެވެ. އެޕާޓީން އާންމުކޮށްފައިވާ ލިސްޓުން ހާމަވެފައިވާ ގޮތުގައި 94،214 މީހުންނަށް ވޯޓުލެވެއެވެ.

Advertisement - newsAdvertisement

ނަމަވެސް އިލެކްޝަން ކޮމިޝަންގެ ދަފުތަރުން ހާމަވާ ގޮތުގައި އެޕާޓީގައި ތިބީ 54،782 މެމްބަރުންނެވެ.

އެމްޑީޕީން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ކުރިޔަށްގެންދިޔަ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލެވޭ ގޮތަށް އޮތީ 93,612 މެމްބަރުންނަށެވެ. ނަމަވެސް ވޯޓުލާން ނިކުމެފައިވަނީ 47،100 މީހުންނެވެ.

ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބު ކުރިން ބޭއްވުމަށް ހަމަޖެހިފައިއޮތީ އޭޕްރީލް މަހުއެވެ. ނަމަވެސް ފަހުން ވަނީ މެއި މަހުގެ 14 ވަނަ ދުވަހަށް އިންތިޚާބު ފަސްކޮށްފައެވެ.

ތިން މަގާމަކަށް މެމްބަރުން އިންތިޚާބުކުރުމުގެ ކެމްޕެއިން ކުރިޔަށްދާއިރު އެންމެ ފޯރިއާއެކު ކުރިޔަށްދަނީ ޗެއަރޕާސަންގެ ކެމްޕެއިނެވެ. ޗެއަރޕާސަން ކަމަށް ކުރިމަތިލާފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ކެމްޕެއިންގެ ވާދަވެރިކަން ބޮޑުވެ ދެފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތައް އަންނަނީ ބަދަލުކުރަމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ޗެއަރޕާސަންއަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވައި އިންތިޒާމުކޮށް، ހިންގައި ބެލެހެއްޓުމުގެ ޒިންމާ އަދާކުރައްވާ ޕާޓީގެ އެންމެ އިސް ފަރާތެވެ. އެމްޑީޕީގެ އެންމެ އިސް ގުނަންތައް ކަމަށްވާ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ވެސް ޗެއަރޕާސަންއެވެ.

ޕާޓީގެ އިންތިހާބުތައް ރާވައި އިންތިޒާމްކުރުމާއި ދާއިރާތަކުގެ އިންތިހާބާއި އިދާރީ ކަންކަމާއި ޕާޓީގެ އުސޫލުތަކަށް ރައްކާތެރިވެ، މެމްބަރުންގެ ތެރޭގައި ޑިމޮކްރަސީގެ މިންގަނޑުތަކާއި ބައިވެރިވުމާއި ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތް ކުރެއްވުމަކީ ވެސް ޗެއަރޕާސަން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމް އެންމެ ފަހުން ފުރުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު