21 ފުޅި ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށްފި
16 މާރިޗު 2022 | ބުދަ 17:43މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އަންގާރަ ދުވަހުގެ ރޭ

އަމްނާ އިމާދު | 16 މާރިޗު 2022 | ބުދަ 17:43

މީގެ ކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަނެފައިވާ ބަނގުރާފުޅިތަކެއް
މާލެ ސީޓީ އިން ބަނގުރާފުޅިތަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައި ފާސްކޮށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި މާފަންނު ގެއަކުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެ ގެ ބަލައި ފާސްކުރިއިރު 21 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.




