Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގަތަރު-ރާއްޖެ

ގަތަރާ ގުޅުން ކަނޑާލީ އެހެން ގައުމެއްގެ ނުފޫޒަކުން ނޫން: އަނިލް

ގަތަރުން ވަކިވާން ރާއްޖެއިން ނިންމާފައިވަނީ ހޯމަދުވަހުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 5 ޖޫން 2017 | ހޯމަ 23:15
ހޯމަދުވަހުގެރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު ވާހަކަފުޅު ދައްކަވަނީ

ހޯމަދުވަހުގެރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު ވާހަކަފުޅު ދައްކަވަނީ

ގަތަރާ ގުޅުން ކަނޑާލުމަށް ނިންމީ އެހެން ގައުމެއްގެ ނުފޫޒަކުން ނޫން ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުމާއެކު އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުން އޮއްސާލުމާއެކު ހޯމަ ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނިލް ވިދާޅުވީ ގަތަރުން ވަކިވާން ނިންމީ ކެބިނެޓްގައި ވަރަށް ބޮޑަށް މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އެ މަޝްވަރާތަކުގައި ދިވެހި ރައްޔިތުންނަށް ލިބޭނެ ގެއްލުމާއި ފައިދާ އަށް ވެސް ވިސްނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ނަމަވެސް ގަތަރާ ގުޅުން ކަނޑާލައިގެން ލިބެނީ ކޮން ފައިދާއެއް ކަމެއް އަނިލް ވިދާޅު ނުވާއިރު، ނޫސްވެރިންގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެއް ވެސް ވިދާޅެއް ނުވެ އެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރުދީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާކަމަށް ތުހްމަތުކޮށް ސައުދީން ގުޅުން ކަނޑާލުމާއެކު އަރަބި ފަސް ގައުމަކުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލާފަ އެވެ. އަރަބި ނޫން ގައުމުން ގަތަރާ ގުޅުން ކަނޑާލާފައިވަނީ ރާއްޖެއިން ނެވެ. ގުޅުން ކަނޑާލި އެހެން ގައުމުތަކަކީ ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރެއިން، ލީބިއާ، ޔަމަން އަދި މިސްރުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލައިފަ އެވެ.

ޖޫން 5، 2017 ވަނަ ދުވަހުގެ ފެށިގެން ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލީ އާންމުންގެ ގިނަ ބަޔަކު އަދި ސިޔާސީ ބައެއް ފަރާތްތަކުން ތުހްމަތުކުރާ ގޮތުގައި ސައޫދީ އަަރަބިއްޔާގެ ނުފޫޒުންނެވެ.

ގަތަރާ ގުޅުން ކަނޑާލިއިރު، މިދިޔަ އަހަރު އިރާނާ ވެސް ރާއްޖެއިން ވަނީ ގުޅުން ކަނޑާލައިފަ އެވެ. ރާއްޖެއިން އިރާނާ ވެސް ގުޅުން ކަނޑާލީ ވެސް، ސައުދީން އިރާނާ ގުޅުން ކަނޑާލުމާއެކު ވަގުތުންނެވެ.

އަނިލް ވިދާޅުވީ ދިވެހިރާއްޖެއިން އެއްވެސް އިރެއްގައި ޓެރަރިޒަމް އަދި ހައްދު ފަހަނަ އަޅުމުގެ އަމަލުތަކަށް ތާއިދު ނުކުރާ ކަމަށާއި އެފަދަ ކަންކަމަށް ހިތްވަރު ދޭ ފަރާތްތަކަށް ތާއިދު ވެސް ނުކުރާ ކަމަށެވެ. ނަމަވެސް ގަތަރުން އެފަދަ އަމަލުތައް ހިންގާ ކަމަށް ނުވަތަ ހިތްވަރު ދޭ ކަމަށް ވެސް ސާފުކޮށް އޭނާ ވިދާޅެއް ނުވެ އެވެ.

"މިކަންތައްތަކާއި ގުޅޭގޮތުން ދުނިޔޭގެ މިހާރުގެ ސިޔާސީ މަޝްރަހަށް މިއަންނަ ބަދަލުތަކާއި އަދި ބައެއް ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި އަދި ޓެރަރިޒަމްއާއި ހައްދު ފަހަނައަޅައި ދިއުމަށް މަސައްކަތް ކުރަމުންދާ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކަށް ވާގިވެރިވާ ފަރާތްތަކަށް އޮންނަ ގުޅުމާއި ދޭތެރޭ އިތުރަށް ވިސްނަމުންދާތީއާއެކީގައި މިއަދުގެ ނިންމުން މިގޮތަށް ނިމިގެން މިދިޔައީ،" ބަންޑާރަނައިބު އަނިލް ވިދާޅުވިއެވެ.

އަނިލް މިހެން ވިދާޅުވި ނަމަވެސް، ގަތަރާ ގުޅުން ކަނޑާލަން ރާއްޖެއިން ނިންމީ އެ ގައުމާއެކު އޮތް 33 އަހަރުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުންނެވެ. މި މަޝްވަރާތައް ކުރީ ފޮރިން މިނިސްޓަރު ސްރީ ލަންކާ އަށް ވަޑައިގެންނެވި ދަތުރުފުޅުގަ އެވެ. ރާއްޖެ އާއި ގަތަރާ ދެމެދު ސިޔާސި ގުޅުން ގާއިމުކުރީ މެއި 26، 1984 އެވެ.

މިފަދަ ގޮތަކަށް ކަން ހިނގާފައި ވާއިރު، ގަތަރަކީ ޓެރަރިޒަމަށް ހިތްވަރު ދޭ ގައުމެއްކަން ދިވެހި ސަރުކާރަށް އެނގުނީ ކުއްލިއަކަށްތޯ ރާއްޖެޓީވީގެ މުހައްމަދު އަބްދުﷲ، ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރި އެވެ. އެ ސުވާލަށް ފޮރިން މިނިސްޓަރު ވެސް އަދި އެޓާނީ ޖެނެރަލް ވެސް ޖަވާބެއް ނުދެއްވަ އެވެ.

ގަތަރާ ގުޅުން ކަނޑާލުމަށް އެހެން ފަރާތެއްގެ ނުފޫޒެއް ނެތްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އަނިލް ތަކުރާރުކޮށް ވިދާޅުވީ ރާއްޖެއިން ނިންމާ ކޮންމެ ނިންމުމެއް ވެސް ނިންމަނީ ދިވެހިވަންތަ ކަމުގެ މައްޗަށާއި ދިވެހި އިސްތިގްލާލުގެ މައްޗަށް ކަމަށެވެ.

" ދިވެހި ރާއްޖެ އަދި ދިވެހި ސަރުކާރުން ނަގާ ކޮންމެ ފިޔަވަޅަކީ ނުވަތަ އަޅާ ކޮންމެ ފިޔަވަޅަކީ ދިވެހިރާއްޖގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރުމަތްތެރިކޮށް ހިތާ ދިވެހި ރައްޔިތުންނަށް ފައިދާ ވާނެ ގޮތުގެ މަތިން ދިވެހިރައްޔިތުންނާއި ދިވެހި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އެޅިގެންދާ ފިޔަވަޅުތައް އެއީ" އަނިލް ވިދާޅުވިއެވެ.

ގަތަރާ ސިޔާސީ ގުޅުން ކަނޑާލަން ނިންމި ނަމަވެސް، ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުކަނޑާ ކަމަށް އަނިލް ވެސް އަދި ޑރ. އާސިމް ވެސް ވިދާޅުވި އެވެ.

ބަންޑާރަނައިބު ވިދާޅުވީ ގަތަރާއި ގުޅުން ކަނޑާލުމުން ހުޅުމާލޭގައި އެޅުމަށް ނިންމާފައިވާ ޒަމާނީ ސްޓޭޑިއަމް ހުއްޓާލުން އެކަށީގެންވާކަމަށެވެ. އުރީދޫ މޯލްޑިވްސް ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ބައިނަލްއަގުވާމީ އަދި ޒަމާނީ، "ސްޓޭޓް އޮފް ދި އާޓް" ސްޓޭޑިއަމެއް ޤަތަރު ސަރުކާރުން އަޅައިދޭން ނިންމާފައިވެއެވެ. އެ ސްޓޭޑިއަމްގެ އަގަކީ 61 މިލިއަން ރުފިޔާ އެވެ.

އަނިލް ވިދާޅުވީ އެއްދިމާއަކުން އިންވެސްޓުމަންޓު ހުއްޓިއްޖެނަމަ އަނެއް ދިމާލުން އިންވެސްޓުމަންޓު އިތުރުކުރެވޭތޯ މަސައްކަތް ކުރަމުން ދާކަމަށް އަނިލް ވިދާޅުވިއެވެ. އަދި ސަރުކާރުން ދިވެހި ރައްޔިތުންނާއި ޒުވާނުންނަށް ކޮށްދޭން ރާވާފައިވާ ކަންކަން އެގޮތުގައި ކުރިއަށް ގެންދާނެ ކަމަށް އަނިލް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް

ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް

28 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

26 މާރިޗު 2017
މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

16 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު