Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ސްޕޯރޓްސް އެވޯޑްސް 2022

އެވޯޑްގެ ސަބަބުން ޗެމްޕިއަނުންގެ ރޫހު ވަރަށް ބޮޑުވެގެންދާނެ- މޫސާ ނާޝިދު

މިހާބޮޑުކޮށް އެވޯޑް ހަފްލާ ބޭއްވުމަކީ ޝޮކެއް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 16 މާރިޗު 2022 | ބުދަ 09:29
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު

މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްގެ ސަބަބުން ކުޅުންތެރިންނާއި, އެތްލީޓުންގެ މެދުގައި ޗެމްޕިއަނުންގެ ރޫހު ވަރަށް ބޮޑުވެގެންދާނެކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެއެވެ. ކުރިން ބެޑްމިންޓަންގެ އެއްވަނަ ކުޅުންތެރިޔާ މޫސަ ވިދާޅުވީ އެވޯޑްގެ ސަބަބުން ޗެމްޕިއަނަކަށްވުމަށް ކުރާ މަސައްކަތް އެކިއެކި ނަޒަރިއްޔާތުން މުޖުތަމައުއަށް ހާމަވެގެންދާނެކަމަށެވެ.

އަދި މިއެވޯޑްގެ ސަބަބުން ކުޅިވަރުގެ މުހިއްމުކަން ހާމަވެ, ކުޅިވަރު ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފުޅާވެގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށްވެސް މޫސަ ވިދާޅުވިއެވެ. ކުޅުންތެރިންނާއި, އޮފިޝަލުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަން މިހާބޮޑުކޮށް އެވޯޑް ދިނުން ވެގެންދާނީ އެކުޅުންތެރިންނަށާއި, އޮފިޝަލުންނަށް އަދި ކުޅިވަރު ކުރިއަރުވަން ތިބި މީހުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށްކަން މޫސަ ފާހަގަކުރެއްވިއެވެ.

މޫސާ ނާޝިދު ވިދާޅުވީ މިއެވޯޑް ހަފްލާ ބޭއްވިގެން މިދަނީ އެއްގޮތަކަށްވެސް އުއްމީދުކުރި ވަރަށްވުރެ މާބޮޑުކޮށްކަމަށެވެ. އޭނާ ވިދާޅުވީ އެވޯޑް މިހާ ބޮޑުކޮށް ބޭއްވުމަށް ސަރުކާރުން ނިންމެވުން ވެގެން ދިޔައީ ވަރަށް ބޮޑު ޝޮކަކަށްކަމަށެވެ. މިކަމުގައި އޮތް އެންމެ ބޮޑު އުފަލަކީ އަދި ފުރިހަމަކަމަކީ މުޅި ކުޅިވަރު މުޖުތަމައު ހިމެނޭ ގޮތަށް މިކަން ވެގެންދާކަންކަމަށް މޫސަ ވިދާޅުވިއެވެ. މިއީ ކުޅިވަރަށް ލިބިގެންދާނެ ވަރަށް ބޮޑު އުޖާލާކަމެއް އަދި ކުރިއެރުމެއްކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ވިދާޅުވިއެވެ. އޭނާގެ ހަމައެކަނި ކަންބޮޑުވުމަކީ އެކަށީގެންވާ ވަގުތު ނުލިބުމެވެ.

މޫސަ ވިދާޅުވީ މިއެވޯޑް ވެގެންދާނީ ޒުވާން ޖީލްގެ ތެރޭގައި ޗެމްޕިއަނަކަށް ވުމުގެ ވިސްނުން ވަރަށް ބޮޑަށް ދައުރުވެގެން ދާނެ އެވޯޑަކަށް ކަމަށެވެ. އެވޯޑް ހަފްލާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭއެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު