Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީގެ މެނިފެސްޓޯ

ބޯހިޔާވަހިކަން ފަހިކޮށްދިނުމަކީ އެމްޑީޕީގެ ވައުދެއް

ހުސް އެކަނި ޝަރުތު ކަނޑައެޅުމަކުން ނުފުދޭ ކަމަށް މެމްބަރުން ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 މާރިޗު 2022 | އަންގާރަ 12:12
މަޖިލިސް- މިއަދު މަޖިލީހުގައި އޮޕޮޒިޝަންގެ ދައުރު އަދާކުރާތަންވެސް ބައެއް ފަހަރު ފެންނަމުންދަނީ ވެރިކަން ކުރާ މައި ޕާޓީ ކަމަށް ބުނާ މީހުންވެސް މަދެއް ނޫން

މަޖިލިސް- މިއަދު މަޖިލީހުގައި އޮޕޮޒިޝަންގެ ދައުރު އަދާކުރާތަންވެސް ބައެއް ފަހަރު ފެންނަމުންދަނީ ވެރިކަން ކުރާ މައި ޕާޓީ ކަމަށް ބުނާ މީހުންވެސް މަދެއް ނޫން

އެމްޑީޕީގެ ސްލޮޓެއްގައި ވަޒީރުކަން ކުރައްވަމުން ގެންދަވާ ވަޒީރެއްކަމަށްވާ, މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވަނީ, މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ދޫކުރަން ސަރުކާރުން ނިންމާފައިވާ ގޯތިތަކަށް ކުރިމަތިލުމަށް ކަނޑައަޅާފައިވާ ޝަރުތުތަކާ ގުޅޭގޮތުން ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވާފައެވެ.

މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ މަސައްކަތް ފެށޭނެ ތާރީޚަކާއި އެއަށް ކަނޑައެޅިފައިވާ ޝަރުތުތަކާ ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ވަނީ ޖަވާބުދެއްވާފައެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ ޝަރުތުތަކަކީ، މާލެއަށް އުފަން މާލެ ރައްޔިތަކަށްވުމާއި، އެ މީހެއްގެ ނަންމަތީގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނެތުމާއި އަދި ވާރުތަކުރަން ވެސް އެވަރުގެ ބިމެއް ނެތުމާއި, އެވަރުގެ ބިމެއް ލިބިއްޖެނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތް ތަނެއްވެސް ދޫކޮށްލުމެވެ. ތިންވަނަ ޝަރުތެއްގެ ގޮތުގައި ވިދާޅުވީ، ދަފްތަރަށް އުފަން މީހުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށެވެ.

މި ޝަރުތުތައް ހިއްސާ ކުރެއްވުމުން މެމްބަރުން ދެއްކެވި ވާހަކަތަކަށް ބަލާއިރު، ހުސް އެކަނި ޝަރުތު ކަނޑައެޅުމަކުން ނުފުދޭ ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ވަނީ މަޖިލީހުގައި ޝުއޫރު ފާޅުކުރައްވާފައެވެ. އެގޮތުން ޝަރުތު ކަނޑައެޅުމަކުން މިކަމެއް ނުނިމޭ ކަމަށާއި, ކަމެއް ކުރެވުނު ކަމަށް ވާނީ އެތަންތަން މާލޭ މީހުންނަށް ދެވުމުން ކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުންވެސް ވާހަކަ ދައްކަވާފައިވެއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންގެ ވާހަކަތައް ބައެއް ފަރާތްތަކުން ސިފަކުރަމުންދަނީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރާ ޕާޓީއެއްގެ ބަސްމަގު ފަދައިންނެވެ. އެގޮތުން ސަރުކާރަށް ކަމެއް ކުރެވުނުކަމަށް ވާނީ އެކަމެއް ކޮށް، އެ މަންޒަރު ދެއްކުމުން ކަމަށް ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ވިދާޅުވާއިރު، މިއީ ވަކި ސިޔާސީ ޕާޓީއެއްތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު ކުރަމުންނެވެ. ނުވަތަ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އަމާޒާއި، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ކުރައްވާ މަސައްކަތްތަކުގެ އަމާޒު މުޅިން ތަފާތީތޯވެސް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

ބޯހިޔާވަހިކަން ފަހިކޮށްދިނުމަކީ އެމްޑީޕީގެ އެޖެންޑާ 19 މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. އޭރު އެމްޑީޕީ ވެރިކަމަށް އައީ އެއް އަމާޒެއްގައި އެ މަސައްކަތް ކުރުމަށެވެ. މަޖިލީހަށް މެމްބަރުން ކެމްޕޭންކުރިއިރު ވީ އެންމެ ބޮޑު އެއް ވައުދަކީ ސަރުކާރުގެ ވައުދުތައް ފުއްދުމާއި، އެޖެންޑާ 19ގެ ލަނޑުދަނޑިތައް ޙާސިލު ކުރުމަށް މަސައްކަތް ކުރުމެވެ. އެއީ ބޯހިޔާވަހިކަން ވިޔަސް، ބޭސް ފަރުވާ ވިޔަސް، ޖުޑީޝަރީ އިސްލާހުކުރުން ކަމުގައިވިޔަސް، ނުވަތަ މިނިވަން މުއައްސަސާތައް އިސްލާހުކުރުން ކަމުގައި ވިޔަސްވެހެވެ.

އެހެންނަމަވެސް މިއަދު މަންޒަރު ފެންނަނީ އެހެނެއް ނޫނެވެ. އެޖެންޑާ 19ގެ ވައުދުތައް ފުއްދުމުގައި ސަރުކާރާއެކު އޮންނާނެކަމަށް ބުނަމުންދިޔަ މަޖިލިސް މިއަދު ފެންނަނީ ސަރުކާރާ ނުހަނު ބީރައްޓެހި ކޮށެވެ. ކަމެއް ހާސިލުކުރުމަށް އެކުގައި މަސައްކަތް ކުރުމުގެ ރޫހަށްވުރެ ބޮޑަށް ފެންނަނީ, ސަރުކާރަށް ކަމެއް ވަންޏާ ކޮށްފައި ދައްކާށޭ ބުނެ ހަޖޫ ޖަހާ މަންޒަރެވެ. މިއަދު މަޖިލީހުގައި އޮޕޮޒިޝަންގެ ދައުރު އަދާ ކުރާތަންވެސް ބައެއް ފަހަރު ފެންނަމުންދަނީ ވެރިކަން ކުރާ މައި ޕާޓީންކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

ބޯހިޔާވަހިކަން ފަހިކޮށްދިނުމަކީ އެމްޑީޕީގެ ވައުދެކެވެ. ސަރުކާރުގެ، މަޖިލީހުގެ ވައުދަކަށްވުރެ ބޮޑަށް، އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައި، ރައްޔިތުންނަށް ވީ ވައުދެކެވެ. އެކަމުގައި ސަރުކާރެއް މަޖިލީހެއް ތަފާތެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!

އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!

17 ޖެނުއަރީ 2019
2013ގައި ވިވައުދުތައް ނުފުއްދުނު ބަޔަކަށް ދެންވެސް ފުއްދޭނެ ވައުދެއް ނޯންނާނެ!

2013ގައި ވިވައުދުތައް ނުފުއްދުނު ބަޔަކަށް ދެންވެސް ފުއްދޭނެ ވައުދެއް ނޯންނާނެ!

24 އޯގަސްޓު 2018
އެމްޑީޕީގެ ޖަޒީރާ ދިރިއުޅުމުގެ ވައުދުން ތަރައްގީ އާއި ހިތްހަމަޖެހުން

އެމްޑީޕީގެ ޖަޒީރާ ދިރިއުޅުމުގެ ވައުދުން ތަރައްގީ އާއި ހިތްހަމަޖެހުން

05 ޖުލައި 2018
އެމްޑީޕީގެ ކެމްޕެއިން: ސްޓައިލް ފައްކާ، އެހެން ޕާޓީތަކަށް ވެސް ކަމުދޭ!

އެމްޑީޕީގެ ކެމްޕެއިން: ސްޓައިލް ފައްކާ، އެހެން ޕާޓީތަކަށް ވެސް ކަމުދޭ!

02 ޖުލައި 2018
އެމްޑީޕީގެ ތާރީހީ ބޮޑު ނިންމުމުގެ ފަހުރު އުކުޅަހަށް

އެމްޑީޕީގެ ތާރީހީ ބޮޑު ނިންމުމުގެ ފަހުރު އުކުޅަހަށް

01 ޖުލައި 2018

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު