Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީ ކޮންގްރެސް

އެމްޑީޕީގެ ބޮޑު ސައްލާއަށް އުކުޅަސް ފައްކާވެފައި!

ރަށުގެ އާބާދީއަށް ވުރެ ގިނަ މީހުން ރަށަށް އަރާނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 27 ޖޫން 2018 | ބުދަ 19:22
އެމްޑީޕީގެ ކޮންގްރެސް ބާއްވާ ޓެންޓު ތައްޔާރުކޮށްފައި

އެމްޑީޕީގެ ކޮންގްރެސް ބާއްވާ ޓެންޓު ތައްޔާރުކޮށްފައި

އަންނަ ހޮނިހިރު ދުވަހު އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްއަކީ އަތޮޅުތެރޭގެ ރަށެއްގައި ބާއްވާ ފުރަތަމަ ކޮންގްރެސްއެވެ. ސަރުކާރުގެ ފިއްތުންތަކާއި ހުރަސް އެޅުންތަކާއި ގޮންޖެހުންތަކުގެ ތެރޭގައި މާލޭއިން ބޭރުގައި އެމްޑީޕީން ބާއްވާ ފުރަތަމަ ކޮންގްރެސްއަކީ "އާދަޔާ ހިލާފު" ކޮންގްރެސްއެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން އުފެދުނުތާ 13 އަހަރު ފުރުނު މުނާސަބާ ފާހަގަ ކުރަމުންދާ ދަނޑިވަޅުގައި، އުކުޅަހުގައި ބާއްވާ ކޮންގްރެސްއަށް އެ ރަށަށް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މުޅި ރަށް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. އެމްޑީޕީއަށް އާދަޔާ ހިލާފު ބޮޑު ސަޕޯޓެއް އޮންނަ އުކުޅަހުގެ ގިނަ ބަޔަކު ދަނީ ކޮންގްރެސްގެ ތައްޔާރީތަކުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

ކޮންގްރެސްއާ ގުޅިގެން އުކުޅަހުގައި ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް އެ ރަށަށަށް ގޮސްތިބި ރާއްޖެޓީވީގެ ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ ހޮނިހިރު ދުވަހަކީ އުކުޅަހަށް ތާރީހީ ދުވަހަކަށް ވެގެންދާނެ ކަމަށެވެ. ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ އުކުޅަހުގެ އާބާދީއަށް ވުރެ ގިނަ މީހުން އެ ދުވަހު އެ ރަށަށް އަންނާނެތީ ކަމަށާއި އެގޮތުން ކޮންގްރެސްގެ މަންދޫބުނާއި އެމްޑީޕީގެ ސަޕޯޓަރުންނާއި ކައިރި ރަށްތަކުން އަންނަ މީހުންނާ އެކު 1،500 ވުރެ ގިނަ މީހުން އެ ރަށަށް އަރާނެ ކަމަށެވެ.

އާބާދީގައި 1105 މީހުން ހިމެނޭ އުކުޅަހަކީ އެމްޑީޕީގެ ތާއީދު ބޮޑު ރަށެކެވެ. މިހާތަނަށް ބޭއްވި އާންމު އިންތިހާބުތަކުގައި އެ ރަށުގައި ބެހެއްޓި ވޯޓު ފޮށިތަކުން ކުރި ހޯދާފައި ވަނީ އެމްޑީޕީންނެވެ. އިންތިހާބުތަކުގައި އެމްޑީޕީއަށް ސާފު އަޣުލަބިއްޔަތު އަބަދު ވެސް އުކުޅަހުން ލިބެއެވެ.

ތައްޔާރީތަކުގައި ރަށުގެ އަންހެނުން ހަރަކާތްތެރިވަނީ-- ރާއްޖެއެމްވީ ފޮޓޯ/ އަހުމަދު ސާޖިދު

ހޮނިހިރު ދުވަހު އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު ލިބިގެން ވަނީ 1184 މީހުންނަށެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ، ކޮންގްރެސްގައި ބައިވެރި ވާނީ ޖުމްލަ 800 އެއްހާ މަންދޫބުން ކަމަށް އެމްޑީޕީން ވަނީ އަންދާޒާ ކޮށްފައެވެ.

ކޮންގްރެސްގައި ބައިވެރި ވެވެނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ގައުމީ ހިންގާ ކޮމެޓީގެ މެމްބަރުންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ ކައުންސިލަރުންނާއި އެ ޕާޓީގެ ގޮފިތަކުގެ ރައީސުންނަށެވެ. އޭގެ އިތުރުން އެ ޕާޓީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ފަރާތުން ވެސް ކޮންގްރެސްގައި މަންދޫބުން ބައިވެރިވާނެއެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، އެމްޑީޕީން ބާއްވާ ކޮންގްރެސްގައި މުހިއްމު ބޮޑެތި ނިންމުންތަކެއް ނިންމާނެ ކަމަށް ވަނީ ބެލެވިފައެވެ. އެ ގޮތުން އެ ޕާޓީގެ އަސާސީގަވާއިދަށް އިސްލާހުތަކެއް ގެންނާނެ ކަމަށް ބެލެވެއެވެ.

ތައްޔާރީތަކުގައި ރަށުގެ ފިރިހެންވެރިން ހަރަކާތްރިވަނީ-- ރާއްޖެއެމްވީ ފޮޓޯ/ އަހުމަދު ސާޖިދު

އިންތިހާބާ ދިމާކޮށް، އެމްޑީޕީން މިހާތަނަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ފުލުހުން ހުރަސް އަޅަމުން ގެންދާއިރު، އެމްޑީޕީ ކޮންގްރެސް ހުއްޓުވުމަށް ފުލުހުން އަދި މިހާތަނަކަށް މަސައްކަތެއް ނުކުރެއެވެ. ނަމަވެސް ފަހު ވަގުތު އުކުޅަހަށް ފުލުހުން އަރައި، ކޮންގްރެސްއަށް ހުރަސް އަޅައިފިނަމަ، މަސްރަހު އިތުރަށް ހޫނުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު