Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

2013ގައި ވިވައުދުތައް ނުފުއްދުނު ބަޔަކަށް ދެންވެސް ފުއްދޭނެ ވައުދެއް ނޯންނާނެ!

2018ގައި ވައުދުތައްވާއިރު، 2013ގައި ވިވައުދުތައް އޮތީ ނުފުއްދާ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2018 | ހުކުރު 14:45
ޕީޕީއެމްގެ ޖަލްސާއެއްގައި، ރައީސް ޔާމީނާއި، ބައެއް އިސްބޭފުޅުން

ޕީޕީއެމްގެ ޖަލްސާއެއްގައި، ރައީސް ޔާމީނާއި، ބައެއް އިސްބޭފުޅުން

މިއީ ރިޔާސީ އިންތިހާބްގެ ދުވަސްވަރު އެވެ. އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ އެކި ވައުދުތައް މިދުވަސްވަރުވާނެ އެވެ. ރައްޔިތުންގެ ހުރި ހުރިހާ އުދަނގުލަކަށް ހައްލު ހޯދަވައިދެއްވާނެކަމަށްވެސް ވިދާޅުވާނެ އެވެ. ރައްޔިތުންނަށް ފޮނި ހުވަފެންތައް ދައްކާނެ އެވެ.

ބޯމަތީގައި އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންގެ ފަރާތުންވެސް ފެންނަނީ އެ މަންޒަރު އެވެ. ބޮޑެތި ވައުދުތައްވެވަޑައިގަންނަވާ މަންޒަރު އެވެ. އެބޭފުޅުންގެ ތަސައްވަރުތައް އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ކޮންމެ ޕޯޑިއަމެއްގައި ގެންދަވަނީ ހާމަކުރައްވަމުންނެވެ. ނަމަވެސް ރައްޔިތުންނަށް އެ ފޮނި ހުވަފެންތައް ދައްކައި، ބޮޑެތި ވައުދުތައްވާއިރު، ރައްޔިތުންގެ ވިސްނުމުގައިވެސް ބަހައްޓަންޖެހޭ ގިނަ ކަންތައްތަކެއް ހުރެ އެވެ.

ރައްޔިތުންގެ ކުރިމަތީ ބޮޑެތި ވައުދުތައްވެވަޑައިގަންނަވަމުންދާއިރު، ވައުދުވެ، އެ ވައުދު ފުއްދީ ކޮން ބަޔެއްތޯ ރައްޔިތުން ރަނގަޅަށް ހިސާބު ޖަހަންޖެހެއެވެ. ވައުދުވެ، ވައުދު ނުފުއްދާ, އަނެއްކާވެސް ބޮޑެތި ވައުދުތައް ވަނީ ކޮން ބަޔެއްތޯވެސް ބަލަންޖެހެ އެވެ. ވެރިކަން ލިބުމާއެކު ވިވައުދުތައް މަތިން ހަނދާން ނެތި، އެއީ ކެމްޕޭންގައި އުޅުނު ކުދިބަޔަކު ދެއްކި ވާހަކަތަކަކަށް ހެއްދެވީ ކޮން ބޭފުޅުންނެއްކަންވެސް ވޯޓު ކަރުދާސްކޮޅާއި ހިސާބަށްދާއިރު ރައްޔިތުންގެ ވިސްނުމުގައި ބަހައްޓަންޖެހެ އެވެ.

2013 ގައިި ރައީސް އަބްދުﷲ ޔާމީންވެވަޑައިގެންނެވި ވައުދުތަކާއި، މިއަދު އެ ވައުދުތައް ފުއްދުނު މިންވަރު ރައްޔިތުން ބަލައި ދިރާސްކުރަންޖެހޭނެ އެވެ. އެ ވައުދުތައް ފުއްދިފައިވާ މިންވަރު މިނެ ކިރަންްޖެހޭނެ އެވެ. އައު ވައުދުތައްވެވަޑައިގަންނަވާއިރު، ހަމަ އެ ދާއިރާގައި ކުރިންވެވަޑައިގެންނެވި ވައުދަށްވީ ކިހިނެއްތޯ ސުވާލުކުރަންޖެހެ އެވެ.

ބައެއް ވައުދުތަކަށް ޖެހިލާނަމެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދެއްވާނެކަމަށް ވިދާޅުވެ، "ހިޔާ އެކޮމްޕްލިޝްޑް"ގެ ނަމުގައި ރައްޔިތުންނަށް އިތުރު ހުވަފެނެއް ދެއްކެވި އިރު، 2013 ގައި އަލަތު ކައިވެންޏާއެކު ކޮންމެ ޒުވާނަކަށްދޭނެކަމަށް ވައުދުވެވަޑައިގެންނެވި ފްލެޓަށްވީ ކިހިނެއްތޯ ރައްޔިތުން ސުވާލުކުރަންޖެހެ އެވެ. އެ ވައުދު ނުފުއްދިވަނީ ކީއްވެތޯ ޒުވާނުން ރައީސް ޔާމީންގެ އަރިހުގައި އައްސަވަންޖެހެ އެވެ. ކޮންމެ ޒުވާނަކަށް ފްލެޓެއްދޭނެކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެން ފަސް އަހަރު ނިމިގެންދިޔައިރު، އެމަނިކުފާނު ފެއްޓެވި ފްލެޓް މަޝްރޫއަކުން ބޯހިޔަވެހިކަން ލިބުނު އެންމެ އާއިލާއެއްވެސް ނެތެވެ. ކުރެއްވުނުކަމަކީ ކުރީގެ ސަރުކާރުތަކުން ނިންމި ފްލެޓްތައް އަރިސް ބޭފުޅުންނަށް ބައްސަވާލެއްވުން އެކެނި އެވެ. ވައުދު ނުފުއްދުނުތާ، އަނެއްކާވެސް ވެވަޑައިގެންނެވީ އިތުރު ވައުދެކެވެ.

315000 މީހުންނަށް ވިލިމާލެ 2 އިން ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ވެވަޑައިގެންނެވި ވައުދާއެކު، ރައީސް ޔާމީންގެ ކެމްޕޭންގައި އުޅޭ ފަރާތްތަކަށް ހިސާބު ޖައްސަވަން އެނގޭތޯވެސް ސުވާލު އުފެދުނު އެވެ.

ހަމައެކަނި އެ ވައުދާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. ރިސޯޓްތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް، ރިސޯޓް ހިއްސާ ދެއްވާނެކަމަށްވެވަޑައިގެންނެވި ވައުދު އޮތްތާނގައި އޮއްވަ، މި އިންތިހާބަށްވެވަޑައިގެންނެވިތަން ފެނުނީ މުޅިން އައު ވައުދެކެވެ. ރިސޯޓް މުވައްޒިފުންނަށް ހާއްސަ ސްކީމެއް ތައާރަފްކުރައްވާނެކަމުގެ ވައުދު އެވެ. ވައުދު ނުފުއްދުނުތާނގާއި ވެރިކަމުގެ 5 އަހަރުގެ ތެރޭގައި އެ ވައުދު ނުފުއްދުނު ސަބަބެއްވެސް ބުނެއެއް ނުދެވުނު އެވެ.

ރާއްޖެއިން ތެޔޮ ނަގާނެކަމާއި، ކޮންމެ އަތޮޅެއްގައި ހުޅުމާލެއެއް ތަރައްޤީކުރައްވާނެކަމާއި، އައިހެވަން ޕްރޮޖެކްޓެއް ކުރިއަށްގެންދަވާނެ ކަމާއި، 94000 ވަޒީފާ އުފައްދާނެކަމަށްވީ ވައުދުތަކާއި، ރާއްޖޭގެ ދެ ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލްތައް ތަރައްޤީކުރައްވޭނަކަމަށްވި ވައުދުތައްވެސް އޮތީ ހަމަ އޮތް ތަނގާއެވެ. އެ ވައުދުތަކަކަކީ ހަމައެކަނި އިންތިހާބަށް ކަރުދާސްކޮޅެއްގައި ލިޔެލި ލިޔުމަކަށްވެ، އޮތީ ނިމިފަ އެވެ.

ރައްޔިތުންނެވެ. ސިޔާސީ މީހުން ރިވެތި ހުވަފެންތައް ރައްޔިތުންނަށް މި ދުވަސްވަރުދައްކާނެ އެވެ. ބޮޑެތި، މާސިްނގާ ވައުދުތައްވާނެ އެވެ. ކިތަންމެެ މޮޅު ވާހަކަތަކެއް ދައްކައި، ބޮޑެތި ވައުދުތަކެއްވިނަމަވެސް، އެ ދުވަހު ނުފުއްދުނު ވައުދެއް މާދަމާވެސް އެ މީހުންނަށް ނުފުއްދޭނެކަން ރައްޔިތުންގެ ވިިސްނުމުގައިި ބަހައްޓާށެވެ.

ހަރު މީހުން ބުނާތީ އަޑުއިވެއެވެ. މާޒީއަކީ، މުސްތަގުބަލުގެ މޫނު ބަލާ ލޯގަނޑު ކަމަށެވެ. މަޒީގައި އެ މީހުންނަށް ވި ވައުދުގެ މަތިން ކުޑައިންވެސް ހަނދާނެ ހުރި ބަޔެއް ނޫނެވެ. ވައުދު ފުއްދަން މަސައްކަތްކުރި ބަޔެއް ނޫނެވެ. ވިވައުދުތަކަކީ ބަޔަކު ވިވައުދުތަކަކަށް ހަދާ، އެކަން އެއޮތީ ނިންމާލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔާ މަޝްރޫއުގެ އެންމެ ބޮޑު ފައިދާ އެއް ކުރި އެއް ބަޔަކަށް މިނިވަން މުއައްސަސާތަކުގެ ވެރިން!

ހިޔާ މަޝްރޫއުގެ އެންމެ ބޮޑު ފައިދާ އެއް ކުރި އެއް ބަޔަކަށް މިނިވަން މުއައްސަސާތަކުގެ ވެރިން!

24 އޯގަސްޓު 2020
ކުރީ ސަރުކާރުން ވަކި ބަޔަކަށް ފްލެޓް ދިނުމަށް މަކަރާ ހީލަތް ހަދާފައިވާ ކަމުގެ އެތައް ހެއްކެއް!

ކުރީ ސަރުކާރުން ވަކި ބަޔަކަށް ފްލެޓް ދިނުމަށް މަކަރާ ހީލަތް ހަދާފައިވާ ކަމުގެ އެތައް ހެއްކެއް!

24 އޯގަސްޓު 2020
5 އަހަރުވަންދެން މަރުކަޒީ ބާރު ހިންގި ބަޔަކަށް ލާމަރުކަޒެއް ނުކުރެވޭނެ، އެމީހުން އުޅެނީ ކަޅުފައިސާ ދޮވުނު ވެރިޔަކު ސަލާމަތް ނުކުރެވިގެން

5 އަހަރުވަންދެން މަރުކަޒީ ބާރު ހިންގި ބަޔަކަށް ލާމަރުކަޒެއް ނުކުރެވޭނެ، އެމީހުން އުޅެނީ ކަޅުފައިސާ ދޮވުނު ވެރިޔަކު ސަލާމަތް ނުކުރެވިގެން

03 މާރިޗު 2020
މަރުކަޒީ ފިކުރުގެ ބަޔަކަށް ލާމަރުކަޒީ ނިޒާމެއް ތަންފީޒެއް ނުކުރެވޭނެ!

މަރުކަޒީ ފިކުރުގެ ބަޔަކަށް ލާމަރުކަޒީ ނިޒާމެއް ތަންފީޒެއް ނުކުރެވޭނެ!

16 ޑިސެމްބަރު 2019
ސަރުކާރު ހިންގާ ބަޔަކަށް މަޖިލީހުގެ ޢައުލަބިއްޔަތު ލިބެން ޖެހޭ

ސަރުކާރު ހިންގާ ބަޔަކަށް މަޖިލީހުގެ ޢައުލަބިއްޔަތު ލިބެން ޖެހޭ

04 އެޕްރީލު 2019

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު