Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީ ޕްރައިމަރީ 2019

އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!

އޮފިޝަލުންގެ ގޮތުގައި 700 މީހުން ހަރަކާތްތެރިވާއިރު، އޮބްޒާވަރުންގެ ގޮތުގައި 1195މީހުން ހަރަކާތެރިވޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2019 | ބުރާސްފަތި 23:34
ފޮށިތަށް ބެލެހެއްޓުމުގައި މިނިސްޓަރުން ހަރަކާތެރިވޭ

ފޮށިތަށް ބެލެހެއްޓުމުގައި މިނިސްޓަރުން ހަރަކާތެރިވޭ

މި ހުކުރަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި ތާރީޚީ ދުވަހެކެވެ. ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ސިޔާސީ ހަރަކާތް ބާއްވާ ދުވަހެވެ. އެންމެ ބޮޑު ޕްރައިމަރީ އެވެ. އެންމެ ގިނަ މީހުން ވާދަކުރާ ޕްރައިމަރީ ބާއްވާ ދުވަހެވެ. އެންމެ ގިނަ މީހުން ވޯޓްލާ ޕްރައިމަރީ އެވެ. އިންތިޚާބުތަކަށް އެންމެ ފަރިތަ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީގައި 86191 މެމްބަރުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެ އެވެ. މި ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީއަށް ގާތްގަނޑަކަށް 30000 މެމްބަރުން އިތުރަށް ވަނެވެ. ހަމައެކަނި މާލެ ސިޓީގެ ރަށްވެހިންގެ ތެރެއިން މި ޕްރައިމަރީގައި 32،000 މީހުން ވޯޓްލާނެ އެވެ.

ޕްރައިމަރީ ހުކުރު ދުވަހު 14:30 އިން 20:30 އަށް ގެންދިއުމަށް ނިންމާފައިވާއިރު، އޮފިޝަލުންގެ ގޮތުގައި 700 މީހުން ހަރަކާތްތެރިވެ އެވެ. އޮބްޒާވަރުންގެ ގޮތުގައި އޮބްޒާވަރުންގެ ގޮތުގައި 1195މީހުން ހަރަކާތެރިވެ އެވެ.

މި ޕްރައިމަރީގައި އެއް ދާއިރާއަކުން އެންމެ ގިނަ މީހުން، ވޯޓް ލާނީ އައްޑޫސިޓީ ދެކުނު ދާއިރާގަ އެވެ. މި ދާއިރާގައި ބަހައްޓާ ވޯޓް ފޮއްޓަށް ވޯޓް ލާން 2000 މީހުންވަނީ ރެޖިސްޓްރީ ވެފައެވެ. އިންތިޚާބީ 86 ދާއިރާއެއްގައި ޕްރައިމަރީ ބާއްވާއިރު، އެންމެ މަދުން ވޯޓްލާ ދާއިރާއަށް ވެސް 700 އަށް ވުރެ ގިނަ މީޙުން ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ.

އަނެއް ތަފާތަކީ މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ބަޔަކު ވާދަކުރާ ޕްރައިމަރީ އަށް ވެސް ވުމެވެ. 279 ކެންޑިޑޭޓުން މި ޕްރައިމަރީގައި ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން އެއް ދާއިރާއަކަށް ވާދަކުރަނީވެސް ހަމަ މި ޕްރައިމަރީގައެވެ. އެގޮތުން ވިލިމާލެ ދާއިރާއަށް 9 ކެންޑިޑޭޓުން ވާދަކުރެ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ބޭއްވި މަޖިލިސް ޕްރައިމަރީގައި 11 އަންހެން އަންހެނުން ވާދަކުރިއިރު، މި ފަހަރު 21 އަންހެނުން ވާދަކުރެއެވެ. މިއީ އަންހެނުން ބާރުވެރިކުރުމަށް އެމްޑީޕީން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި ޕްރައިމަރީގައި 270 ވޯޓް ފޮށި ބަހައްޓާއިރު، ރާއްޖެއިން ބޭރުން މެލޭޝިޔާ، ލަންކާ، އިންޑިޔާގައިވެސް ވޯޓް ފޮށި ބަހައްޓައެވެ.

ބޮޑު ކާނިވަލެއް ސިފަވެގެންދާ ގޮތަށް ކުރިއަށް ގެންދެވޭ މި ޕްރައިމަރީ ތަފާތުވާ އަނެއް ސަބަބަކީ މި ޕްރަމަރީގައި ވޯޓް ފޮށިތައް ބެލެހެއްޓުމުގައި ދައުލަތުގެ މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުން ހަރަކާތްތެރިވުމެއެވެ. އެގޮތުން ބަލާއިރު، އެޑިޔުކޭޝަން މިނިސްޓަރާއި، ޔޫތް މިނިސްޓަރުގެ އިތުރުން، ސްޓޭޓް މިނިސްޓަރުންނާއި، ރައީސް އޮފީހުގެ މިނިސްޓަރުން ވޯޓް ފޮށި ބެލެހެއްޓުމުގައި ހަރަކާތްތެރިވެވަޑައިގަންނަވާނެ އެވެ. މިއީ މިފަދަ އިންތިޚާބެއްގައި މި ފަންތީގެ ގިނަ ބަޔަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ފައްކާވަމުންދާކަން ވެސް މި ޕްރައިމަރީން އެނގެ އެވެ. ސުލަހެވރިކަމާއެކު ވާދަކުރުމަށް ފަހު، ބަލިވާން ކެންޑިޑޭޓުގެ ފަހަތަށް އެރުމަކީ ކަޑަކަމެއްގެ ގޮތުގައި އެމްޑީޕީން މިހާރު ނުދެކެ އެވެ. މިއީ ތަސައްރަފު ފުދުމެވެ. ނަމޫނާއެވެ.

އިންތިޚާބުގެ ވޯޓް ކަރުދާސްކޮޅުގެ ސަލާމަތީ ކަންކަމަކީ އެންމެ މުހިންމުކަން ކަމަށްވާއިރު، ވޯޓް ކަރުދާސްކޮޅަކީ އެއްވެސް ގޮތަކަށް ނުލިޔެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ވޯޓް ކަރުދާސްކޮޅެއް ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ. ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން ވޯޓް ލާ މަރުކަޒުގައި ވޯޓް ކަރުދާސްކޮޅު ވޯޓް ލާ މީހާ އަތަށް ދޫކުރުމުގެ ކުރިން އޭނާގެ ނަން ގޮވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ޕްރިމަރީގައި ގިނަ އަދަދެއްގެ މީހުން ވޯޓްލާން ނިކުންނައިރު، ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެއެވެ. މިއީ ހުރިހާ ގޮތަކުން ވެސް ތަފާތު ޕްރައިމަރީ އެކެވެ. ނަމޫނާއެކެވެ. ގިނަ ފިލާވަޅުތަކެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު