Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އއ. އުކުޅަސް

އެމްޑީޕީގެ ތާރީހީ ބޮޑު ނިންމުމުގެ ފަހުރު އުކުޅަހަށް

791 މެމްބަރުންގެ އިއްތިފާގުން ކެންޑިޑޭޓަކަށް އިބޫ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 1 ޖުލައި 2018 | އާދީއްތަ 16:10
އިބޫގެ ނަމަށް ތާއިދުކޮށް، ކޮންގްރެސްގެ މަންދޫބުން އަތް ނަގައިގެން: އިބޫގެ ނަން ފާސްކުރީ 791 މެމްބަރުންގެ ވޯޓުން--

އިބޫގެ ނަމަށް ތާއިދުކޮށް، ކޮންގްރެސްގެ މަންދޫބުން އަތް ނަގައިގެން: އިބޫގެ ނަން ފާސްކުރީ 791 މެމްބަރުންގެ ވޯޓުން--

އއ. އުކުޅަހުގައި އެމްޑީޕީގެ ކޮންގްރެސް ބޭއްވީ އެ ޕާޓީގެ ކޮންގްރެސް ނުބާއްވާތާ، ހަތް އަހަރު ފަހުންނެވެ. އެއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ފުރަތަމަ ފަހަރަށް އަތޮޅު ތެރޭގެ ރަށެއްގައި ބޭއްވި ކޮންގްރެސްއެވެ. އެމްޑީޕީގެ ކޮންގްރެސްއަކީ އެ ޕާޓީގެ އެންމެ މުހިއްމު ގުނަވަނެވެ. ކޮންގްރެސްއަށް ގާނޫނީ ހައިސިއްޔަތު ލިބިގެން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ޕާޓީގެ އެންމެ މުހިންމު މީހުން ބައިވެރިވުމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުންނާއި ގޮފިތަކުގެ ރައީސުންގެ މައްޗަށް އެކުލެވޭ ކޮންގްރެސްގެ ތާރީހީ ބައްދަލުވުން އުކުޅަހުގައި ފެށީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުގައި ވާދަ ނުކުރައްވާނެކަން އިއުލާން ކުރެއްވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. އެއާއެކު، އެންމެ ބޮޑު އިދިކޮޅު ޕާޓީން، ދެން ނިންމާނެ ގޮތަކާމެދު މުޅި ރާއްޖެ ކެތްމަދުވެފައި އޮތް ދަނޑިވަޅުގައި އުކުޅަހު ރައްޔިތުން ދިޔައީ ބުރަ މަސައްކަތާއެކު ކަށިން ހިތްވަރު ނެރެމުންނެވެ. ޝުއޫރުތައް ހުރީ އުތުރި އަރާފައެވެ.

މަސައްކަތުގައި އަންހެނުން: ގިނަ އަންހެންވެރިން މަސައްކަތް ކުރީ ނުނިދާ ހޭލާ ތިބެ-- ފޮޓޯ/ ސާޖިދު

އުކުޅަހުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި ކޮންގްރެސްގެ މަންދޫބުންގެ ވާހަކަތަކުން އެކަން ސާފުވާނެއެވެ.

"ރެ އާއި ދުވާލު މި އަންހެނުންނާއި ފިރިހެނުން ނުނިދާ ހޭލާ އެއުޅެނީ. މި އަންހެންވެރިން އެއުޅެނީ ނުނިދާ ހޭލާ. ފެހިފެހުމާއި ދެމުމާއި އެކަންތައްތަކުގައި އުޅޭތާ ބަރާބަރު ދެ ހަފްތާވަނީ. އެހެންވީމަ އަޅުގަނޑު ވަރަށް ނަލަވޭ މި ރަށުގައި މި މަސައްކަތް ކުރާތީ. އަޅުގަނޑުމެންގެ ރަށަށް ލިބޭ ވަރަށް ބޮޑު ފަހުރެއް މީ. އަޅުގަނޑުމެންނަށް އަންނަ އީދެއް މީ އިރާދަ ކުރެއްވިއްޔާ،"

ނުނިދާ ހޭލާ އުޅުނު އަންހެން ވެރިންގެ ވާހަކަތަކުން އެ ކަމުގެ ހަގީގަތް ސާފުވެއެވެ.

"މި ރަށުގެ މި އުޅޭ ހުރިހާ ބޭފުޅުންނަކީ ވެސް ޔާމީގެ ނުބައި ނުލަވާކަމުން ސަލާމަތްވުމަށްޓަކާ މަސައްކަތް ކުރާ މީހުން. އަދި ރައީސް ނަޝީދާއި އެމްޑީޕީއަށް ކުރާ ތާއީދުގެ އިތުރަށް މި ސިޔާސަތަށް ކުރާ އިތުބާރުގެ ބޮޑު ކަމުން ހުރިހާ ކަނބަލުންނާއި ބޭފުޅުން ވެސް މަސައްކަތް ކުރަނީ،"

އެމްޑީޕީއަށް އާދަޔާ ހިލާފު ބޮޑު ތާއީދަކާއި ލޯތްބެއް އޮތް އުކުޅަހަށް އެ ޕާޓީގެ ތާރީހުގައި މިހާތަނަށް ނުބާއްވާ ވަރުގެ ބޮޑު ކޮންގްރެސްއެއް އެ ރަށުގައި ބޭއްވުމުން ކަންކަން ހަމަޖައްސައި އިންތިޒާމު ކޮށްލިލެއް މޮޅެވެ. މިއީ އެ ޕާޓީގެ ތާރީހުގައި އެންމެ ގިނަ މަންދޫބުންނާއެކު ކޮންގްރެސްއެއް ބޭއްވި ފުރަތަމަ ފަހަރެވެ. ދެހާސް ފަސް ވަނަ އަހަރުގެ އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވީ 300 ވުރެ ގިނަ މެމްބަރުންނެވެ. އަދި 2010ގެ ކޮންގްރެސްގައި ބައިވެރިވީ 500އެއްހާ މެމްބަރުންނެވެ. އެމްޑީޕީގެ 13 ވަނަ އަހަރީ މުނާސަބާ ފާހަގަ ކުރަމުންދަނިކޮށް ބޭއްވި މިފަހަރުގެ ކޮންގްރެސްގައި ބައިވެރީ 812 މެމްބަރުންނެވެ.

ކުޑަކުޑަ އާބާދީއެއް އޮތް އުކުޅަހުން އެ ހުރިހާ މެމްބަރުންނަށް ކަންކަން މެނޭޖު ކޮށްލި ގޮތުގެ މޮޅު ވާހަކަ އާއި ތައުރީފު ބަންޑުންކޮށްލީ އެ މަންދޫބުންގެ އަމިއްލަ އިހްތިޔާރުގައެވެ. ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރާއްޖޭގެ 200 އަށް ވުރެ ގިނަ ރަށަކުން އުކުޅަހަށް ދިޔަ މަންދޫބުންގެ ތެރެއިން ރާއްޖެޓީވީއަށް އިންޓަވިއު ދެއްވި ބޭފުޅުންގެ ވާހަކަތަކުން އެކަން ސާފުވާނެއެވެ.

"އަޅުގަނޑު މިހުރީ ހައިރާންވެފަ. އަޅުގަނޑުމެން މި ރަށަށް އައިސް ފޭބީސްސުރެ، މިއަދުގެ މި ވަގުތާ ހަމައަށް ވެސް ވަރަށް ގިނަ ކަންތައްތައް އަޅުގަނޑު ބަލައިފިން އިންތިޒާމްތަކުގެ ތެރެއިން އަޅުގަނޑުމެން އަޅައިގަންނަ ނުވަތަ މީހުންނަށް ކޮން ކަމެއްތޯ ގޯސްކޮށް ކުރެވިފަ އޮތީ. އެއްވެސް ކަމެއް އަޅުގަނޑަށް ފާހަގައެއް ނުކުރެވުނު،" ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގު ވިދާޅުވިއެވެ.
"ރަށުގެ އިންތިޒާމުތަކަށް ބަލާއިރު ވަރަށް ފުރިހަމައަށް ތައްޔާރުވެފައި އޮތް ކަމަށް ބެލެވޭ. އަތޮޅު ތެރޭގައި މީހުން ދިރިއުޅޭ ރަށަކަށް ބަލާ ވަރަށް ފުރިހަމަ ވަރަށް ރަނގަޅު ތައްޔާރީތަކަކާއެކު މި ކޮންގްރެސް،" ވިލުފުށީ ކައުންސިލްގެ ނައިބު ރައީސް ޝާފިއު ވިދާޅުވިއެވެ.

އަސްލަމް ހުށަހެޅުއްވި ގަރާރާއެކު، ޝުއޫރުފާޅު ކުރަން ފެށުމުން އަތްތިލަ ބަޑި ޖަހައި އުފާފާޅު ކުރަނީ-- ފޮޓޯ/ މުހައްމަދު ޝަރުހާން

ތައުރީފާއި ބަރުތީލަތަކުން، އުކުޅަހަށް ރައްދު ކުރި ހެޔޮ ބަސްތަކުގެ ނަތީޖާއަކަށް ވެގެން ދިޔައީ ތަފާތު ފިކުރުތަކުގެ އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓެއް އެ ރަށުގެ ފަސްގަނޑަށް އެއްވި ބޮޑު އެއްވުމުން ނިންމިގެން ދިއުމެވެ. ދިވެހިރާއްޖޭގެ ތާރީހުގައި ސިޔާސީ ގޮތުން ފާހަގަ ކުރެވޭ ސިޔާސީ ޝަހުސިއްޔަތަކު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަކީ ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުންގެ ހިތަށް ވެސް ލިބުނު ތަސައްލީއެވެ. ކިލަނބުވެ، ގަނޑުބަނޑު ކޮށްލާފައިވާ ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަމަ މަގަށް އެޅުވޭނެ ކަމުގެ ފެހި ސިގުނަލް އުކުޅަހުގެ ބޮޑު ސައްލާއިން ނިންމުމަކީ ރައްޔިތުންގެ މުސްތަގުބަލަށް ކޮށާލެވޭ ފަހި މަގެކެވެ. ޖީލުތަކަށް ދެމިގެންދާ ގޮތަށް އެ ނިންމުގެ ވާހަކަ ދައްކާނެއެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް ކޮންގްރެސްގައި އެ ވަގުތު ބައިވެރިވެވަޑައިގެން ތިއްބެވި 791 މެމްބަރުންގެ އިއްތިފާގުން ނިންމި ނިންމުން ތާރީހުގައި އިބުރަތަކަށް ފުދޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު