Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކަސްޓަމްސްގެ ތަފާސްހިސާބު

ފެބްރުއަރީމަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަގު އިތުރުވެއްޖެ

ފެބްރުއަރީ މަހު 309 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 15 މާރިޗު 2022 | އަންގާރަ 02:04
ކަސްޓަމްސް

ކަސްޓަމްސް

މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އަގު 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާ ބަލާއިރު އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން އާންމުކޮށްފައިވާ ފެބްރުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ 239 މިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރު މި އަދަދު ވަނީ 309 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 29 އިންސައްތައިގެ އިތުރުވުމެއް ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.

ފެބްރުއަރީ މަހު ރާއްޖެ އެތެރެކޮށްފައިވާ މުދަލުގެ އަގުވެސް މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 39 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އެތެރެކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ. މި އަދަދު މިއަހަރު ވަނީ 3.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ކަސްޓަމްސްއިން ބުނީ ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، ޔޫއޭއީ އަދި އިންޑިއާ އާއި ޗައިނާ އިން ކަމަށެވެ. އޮމާން އިން 621 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޔޫއޭއީ އިން 613 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އިންޑިއާއިން 509 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 442 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ފެބްރުއަރީ މަހު އަގުގެ ގޮތުން އެންމެ ގިނަ މުދާ ރާއްޖެއަށް އިމްޕޯޓުކޮށްފައިވަނީ އޮމާން އަދި ޔޫއޭއީން ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ. ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ 16 އިންސައްތަ ހިއްސާކުރަނީ މި ދެ ގައުމުންނެވެ. އަދި 13 އިންސައްތަ މުދާ އިންޑިއާއިން އެތެރެކޮށްފައިވާއިރު، ޗައިނާއިން 12 އިންސައްތަ އަދި ސިންގަޕޫރުން 8 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައެވެ.

ފާއިތުވި މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށްކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ. ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 56 އިންސައްތަ މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށް ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ. އިންގިރޭސިވިލާތް އަދި ޖަރުމަނުވިލާތަށް 7 އިންސައްތަ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، އިންޑިއާއަށް އެކްސްޕޯޓުކޮށްފައިވަނީ 6 އިންސައްތަ މުދަލެވެ. އަދި ފަރަންސޭސިވިލާތަށް 3 އިންސައްތަ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ.

ކަސްޓަމްސްއިން ބުނީ ފެބްރުއަރީ މަހު ރާއްޖެއިން ބޭރުން އައިސްފައިވާ 134 އުޅަނދަކަށް ކްލިއަރެންސް ދެވިފައިވާކަމަށެވެ. އަދި ރާއްޖެއިން ފުރާފައިވާ 136 އުޅަނދަކަށް ކްލިއަރެންސް ދެވިފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސްއިން ބުނީ ފެބްރުއަރީ މަހު 325 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވާކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީއަށްވިރެ 27 އިންސައްތަ އިތުރު އަދަދެކެެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް ލިބިފައިވަނީ 256 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއަހަރުގެ ފެބްރުއަރީ މަހު ރޯޔަލްޓީގެ ގޮތުގައި 13.1 މިލިއަން ރުފިޔާ ލިބިފައިވާކަންވެސް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

10 އެޕްރީލު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު