Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް

ޕީޖީ އޮފީހުން ފުރަތަމަ ފަހަރަށް، ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލައެއް ހުށަހަޅައިފި

ފުލުހުން މަޝްވަރާ ބޭނުންވާ މައްސަލަތަކުގައި މަޝްވަރާ ކުރެވޭނެ އޮންލައިން ޕޯޓަލެެއް ވަނީ ޤާއިމުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މާރިޗު 2022 | ހޯމަ 07:11
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް- ޝަމީމް ވަނީ ރާއްޖޭގެ ހުރިހާ ކޯޓުތަކަށް މިގޮތަށް މައްސަލަ ހުށަހެޅޭގޮތް ވެއްޖެނަމަ ބޮޑު ބަދަލެއް ފެންނާނެކަމަށް ވިދާޅުވެފައި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް- ޝަމީމް ވަނީ ރާއްޖޭގެ ހުރިހާ ކޯޓުތަކަށް މިގޮތަށް މައްސަލަ ހުށަހެޅޭގޮތް ވެއްޖެނަމަ ބޮޑު ބަދަލެއް ފެންނާނެކަމަށް ވިދާޅުވެފައި

ފުރަތަމަ ފަހަރަށް، ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލައެއް ހުށަހަޅައި އެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންފިއެވެ.

އެކަން ހާމަ ކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ޝާއިއު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ، މަޤާމާއި ޙަވާލުވެވަޑައިގަތީއް ސުރެ ޓެކްނޮލޮޖީއަށް އިންވެސްޓު ކުރައްވައި، މަސައްކަތްތައް މިހާރަށްވުރެ "އޮޓޮމޭޓް" ކޮށްގެން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. ޝަމީމް ވަނީ އެގޮތުުގެ މަތިން ގެނެވިފައިވާ ބައެއް ބަދަލުތައް ހިއްސާ ކުރައްވާފައެވެ.

އޭގެ ތެރޭގައި ޑާޓާ އެންޓްރީގެ މަސައްކަތް މަދު ކުރުމާއި، ތަހުގީގީ އިދާރާތަކުން ހުށައަޅާ މައްސަލަތައް ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރގެ ތެރެއަށް ނެގުމާއި، ފުލުހުން މަޝްވަރާ ބޭނުންވާ މައްސަލަތަކުގައި މަޝްވަރާ ކުރެވޭނެ އޮންލައިން ޕޯޓަލެެއް ޤާއިމު ކުރެއްވުން ހިމެނެއެވެ.

މީގެއިތުރުން، ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރގެ އޭޕީއައި އަކުން ކޯޓާއި ގުޅާލެވި، އެ ލިންކު މެދުވެރިކޮށް، ޕީޖީ އޮފީހުން މައްސަލައެއް އަޕްލޯޑް ކުރުމުން، ކޯޓުން އެމައްސަލައިގެ ލިޔުންތައް ބަލައިގަނެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ޝަމީމް ވިދާޅުވާ ގޮތުގައި އެ މަސައްކަތް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ނިންމައި ވަނީ އަޖުމަ ބެލިފައެވެ.

އެއާއެކު، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސްނެންގެވުމަކާއެކު، އޮންލައިންކޮށް މައްސަލަ ބަލައިގަތުމުގެ ކަންތައް ރަސްމީކުރުމަށް ނިންމަވާފައިވާކަން ޝަމީމް ފާހަގަކުރެއްވިއެވެ. އަދި އާދިއްތަ ދުވަހު ރަސްމީކޮށް އެ މަސައްކަތް މިހާރު ފެށިފައިވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. މިއީ ޕީޖީ އޮފީހާއި ކޯޓުގެ ވަގުތު އެތައް ގޮތަކުން ސަލާމަތް ކުރެވޭނެ ކަމެއްކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މި ބަދަލު ގެންނެވުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވީތީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ޝަމީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޕީޖީ އޮފީހުގެ ނިޒާމު އޮތީ، މުޅި ރާއްޖޭގައިވެސް މިކަން ކުރެވޭ ވަރަށް ތައްޔާރަށްކަން ފާހަގަކުރައްވައި ޝަމީމް ވަނީ ރާއްޖޭގެ ހުރިހާ ކޯޓުތަކަށް މިގޮތަށް މައްސަލަ ހުށަހެޅޭގޮތް ވެއްޖެނަމަ ބޮޑު ބަދަލެއް ފެންނާނެކަމަށް ވިދާޅުވެފައެވެ. އެކަންކަން ވީހާވެސް އަވަހަކަށް ހަމަޖެހިގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު