Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ އާރަށު ހިޔާނަތް

ޝަރީއަތުގެ މަރުޙަލާ ފެށެންވާއިރަށް އާރަށު ޚިޔާނާތުގެ އަޑުއެހުންތައް ލައިވް ކުރެވޭނެކަމުގެ އިޝާރާތެއް

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މާރިޗު 2022 | ހޯމަ 06:38
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް

ޝަރީއަތުގެ މަރުޙަލާ ފެށެންވާއިރަށް ވ.އާރަށު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ލައިވް ކުރެވޭނެކަމުގެ އިޝާރާތެއް މައްސަލަ ބައްލަވާ ގާޒީ ދެއްވައިފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، 13 ޖެނުއަރީ 2022 ގައި ބޭއްވިއަޑުއެހުމުގައި ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މިމައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްގެން ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ.

އެހެންނަމަވެސް، އެކަމަށް ގޮތެއް ނިންމަވައި 27 ޖެނުއަރީގައި ބޭއްވި އަޑުއެހުމުގައި ގާޒީ ޝަކީލު ވަނީ, ޝަރީއަތް ލައިވް ނުކުރެވެނީ މިވަގުތު ކޯޓުގެ އިދާރީ އިންތިޒާމުތައް ހުރި ގޮތުން އެކަމުގައި ދަތިތަކެއް ހުރުމުންކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި 10 ފެބްރުއަރީގައި ބޭއްވި އަޑުއެހުމުގައިވެސް ދިފާއުން ވަނީ ކޯޓުގައި ވަސީލަތް ނެތްނަމަ، އަމިއްލަ ބަޔަކާއި ހަވާލުކޮށްގެންވެސް ލައިވްކޮށްދޭން އެދިފައެވެ.

އޭގެ އިތުރުން، 16 ފެބްރުއަރީ 2022 ގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ އަޑުއެހުންތައް ލައިވް ކުރެވެންދެން ޝަރީއަތް ލަސްކޮށްދިނުމަށް އެދިފައެވެ. އެ ދުވަހު ގާޒީ ވަނީ އެކަމަށް ޙައްލެއް ހޯދުމަށް ކުރެވެން އޮތް މަސައްކަތެއް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މިހާރުވެސް ކޯޓުން އައިޓީ އޮފިސަރެއް ހޯދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންދާކަން ގާޒީ އޭރު ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ޑރ މުޙައްމަދު ޖަމީލް އަހުމަދު ވަނީ އެ ނުކުތާ ނަންގަވާފައެވެ. އެކަމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ޝަރީއަތްތައް ލައިވް ކުރުމަށް މަގުފަހި ކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި މިހާރު ކުރިއަށްދަނީ އިބްތިދާއީ މަރުޙަލާ ނަމަވެސް، ޝަރީއަތުގެ މަރުޙަލާތައް ފެށެންވާއިރަށްވެސް، ޝަރީއަތް ލައިވް ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 31 މާރޗުގައެވެ. އެއީވެސް މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!

23 އެޕްރީލު 2017
ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!
19 އެޕްރީލު 2017

ޚިޔާނާތުގެ ރިޕޯޓް މިމަހު ނެރޭނަން، ވަކި ދުވަހެއް ބުނަން ނޭނގޭ: އޭސީސީ

19 އެޕްރީލު 2017
ޚިޔާނާތުގެ ރިޕޯޓް މިމަހު ނެރޭނަން، ވަކި ދުވަހެއް ބުނަން ނޭނގޭ: އޭސީސީ
12 އެޕްރީލު 2017

ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްތި ދުވަހު!

12 އެޕްރީލު 2017
ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްތި ދުވަހު!
10 އެޕްރީލު 2017

ޝުމްބާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި

10 އެޕްރީލު 2017
ޝުމްބާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި
09 އެޕްރީލު 2017

ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް އަނެއްކާވެސް ތާވަލުކޮށްފި

09 އެޕްރީލު 2017
ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް އަނެއްކާވެސް ތާވަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު