Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝެއިޚް އިމްރާން

ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!

އަޑުއެހުންތައް ދެ ފަހަރެއްގެ މަތިން ނިންމާލި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 23 އެޕްރީލު 2017 | އާދީއްތަ 09:25
އެންމެ ފަހުން ބޭއްވި އަޑުއެހުމަށް އިމްރާން ހާޒިރުކޮށްފަ

އެންމެ ފަހުން ބޭއްވި އަޑުއެހުމަށް އިމްރާން ހާޒިރުކޮށްފަ

އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާން އަބްދުﷲ ގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދަށް ތާވަލުކޮށްފި އެވެ.

ޝެއިޚް އިމްރާންގެ މައްޗަށް ޓެރަރިޒަމުގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ، 2015 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ.

އިމްރާނުގެ މައްޗަށް މިދިޔަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު އިއްވި ހުކުމް ހަފްތާއެއް ތެރޭގައި ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފަށާފައި ވަނީ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ.

އިމްރާނުގެ އިސްތިއުނާފު އަޑުއެހުންތައް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޮތީ ނިންމާލާފަ އެވެ. އަޑުއެހުންތައް ނިންމާލުމަށްފަހު މައްސަލައިގެ ހުކުމް ނުކޮށް، އިސްތިއުނާފު ދިގުދެމިގެންދާތާ 10 މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އިސްތިއުނާފު މައްސަލަ ނުނިމި ދިގުދެމިގެންދާއިރު، މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުޖާއު އުސްމާން ހައިކޯޓުގެ ދެކުނު ގޮތްޕަށް ވަނީ ބަދަލުކޮށްފަ އެވެ. އެ މައްސަލައިގެ ރިޔާސަތު މިހާރު ބަލަހައްޓަވަނީ ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

މައްސަލައިގެ އަޑުއެހުންތައް ކުރިން ނިންމާލާފައި އޮތް ނަމަވެސް، ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައި ވާތީ މާޗް މަހުގެ 21 ވަނަ ދުވަހު އަޑުއެހުމެއް ބާއްވައި އިޖުރާއަތުތައް ވަނީ ފުރިހަމަ ކޮށްފަ އެވެ.

އެ އަޑުއެހުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ އިތުރަށް ސާފުކުރަންޖެހޭ ކަމެއް ނެތް ދެން އޮންނަ އަޑުއެހުމެއްގައި މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ. އެހެންކަމުން މިއަދު ހެނދުނު 10:45 ގައި ބާއްވާ އަޑުއެހުމުގައި މައްސަލައިގެ ހުކުމް އިއްވާނެ އެވެ.

އިމްރާންގެ މައްޗަށް ދަށު ކޯޓުން ހިންގި ޝަރީއަތުގައި އިޖުރާއަތުތައް ފުރިހަމަކޮށްފައިނުވާ ކަމާއި، ގާނޫނު އަސާސީއާއި ގާނޫނުތަކުގެ އިތުރުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް ކަށަވަރުކޮށްދީފައިނުވާ ކަމަށް ބުނެ، 12 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ވަނީ ހުށަހަޅާފަ އެވެ.

އިމްރާންގެ މައްސަލައިގައި އދ. ގެ ވޯކިން ގްރޫޕުން މިހާތަނަށް އަދި ނިންމުމެއް ނިންމާފައިނުވާއިރު، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލައާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލައިގައި ވޯކިން ގްރޫޕުން ވަނީ އެ ދެ ބޭފުޅުން މިނިވަންކުރުމަށާއި ޖަލުގައި ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ގޮވާލާފަ އެވެ. ނަމަވެސް، ސަރުކާރުން ވަނީ އދ. ގެ ނިންމުން ބަލައިނުގަންނަ ކަމަށާއި އެ ގޮވާލުމާ އެއްގޮތަށް އަމަލުކުރުން ލާޒިމް ނޫން ކަމަށް ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު