Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާއިން ޗައިނާގެ އެހީއަށް އެދުން

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

14 މާރިޗު 2022 | ހޯމަ 05:24

ރަޝިޔާއިން އެދިފައިވާ އެހީތެރިކަމަށް ޗައިނާއިން އެއްބަސްވި ކަމަށް އެމެރިކާއިން ތުހުމަތުކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 މާރިޗު 2022 | ހޯމަ 05:24
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން (ކ) އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން (ވ) - ފޮޓޯ: ރޮއިޓަރސް

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން (ކ) އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން (ވ) - ފޮޓޯ: ރޮއިޓަރސް

ޗައިނާގެ އަސްކަރީ އެހީތެރިކަމާއި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ 2 އޮފިޝަލަކާއި ހަވާލާދީ ސީއެންއެންގައި ބުނެފައިވަނީ ރަޝިޔާއިން އެދިފައިވަނީ އަސްކަރީ އެހީތަކުގެ ތެރެއިން ޑްރޯން ފަދަ އާލާތްތައް ހޯދުމަށެވެ. އަދި މާލި އެހީތެރިކަމަށް ވެސް އެދިފައިވާއިރު، މި އެހީތެރިކަމަށް އެދިފައިވަނީ ހަނގުރާމައާއި ގުޅިގެން ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ރަޝިޔާއިން އެދިފައިވާ ކަންތަކާއި ގުޅިގެން ޗައިނާއިން ޖަވާބެއް ދީފައިވާ ކަމަށް ވެސް އޮފިޝަލުންނާއި ހަވާލާދީ ވަނީ ރިޕޯޓްކޮށްފައެވެ.

ރަޝިޔާއަށް ޗައިނާއިން އެހީތެރިކަން ދީފިނަމަ މިއީ ރަޝިޔާއިން ކުރަމުން އަންނަ ހަނގުރާމައަށް ލިބިގެންދާނެ އިތުރު މޮޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާއި ގުޅޭގޮތުން އެމެރިކާގައި ހުންނަ ޗައިނާގެ ސަފީރު ލިއު ޕެންގުއާއި ސުވާލުކުރުމުން ވިދާޅުވެފައިވަނީ އެފަދަ ވާހަކައެއް އަޑުއިވިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ޔޫކްރެއިން މައްސަލައިގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އެކަމަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ޗައިނާއިން ޔޫކްރެއިންއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.

ލިއު ވިދާޅުވީ މިވަގުތު އެންމެ މުހިންމު ކަމަކީ ކަންކަން އިތުރަށް ގޯސްވެ އަތުނުޖެހޭ ހިސާބަކަށް ދިޔުމުގެ ކުރިން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލު ކުރުން ކަމަށާއި، ޗައިނާއިން ބޭނުންވަނީ މިކަމަށް އަވަސް ހަލެއް ކަމަށެވެ.

ރަޝިޔާއިން ޗައިނާގެ އެހީތެރިކަމަށް އެދިފައިވާކަމުގެ ހަބަރު ފެތުރިފައިވަނީ ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯޖް ސުލިވަން ރޯމުގައި ޗައިނާގެ ސަފީރާއި ހޯމަ ދުވަހު ބައްދަލުކުރެއްވުމުގެ ކުރިންނެވެ. މި ބައްދަލުކުރެއްވުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ދެ ބޭފުޅުން ބޭއްވި ވަރޗުއަލް ބައްދަލުވުމާއި ގުޅިގެން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ރަޝިޔާއިން ޗައިނާގެ އެހީއަށް އެދިފައިވާ ކަމުގެ ހަބަރުތައް ފެތުރިފައިވާއިރު، އެކަމާއި ގުޅޭ ގޮތުން ސުލިވަން ވިދާޅުވީ ޗައިނާއިން ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ހުޅަނގަށް ޖެހިލާފައެވެ. ލިވިވް ސިޓީއަށް މިސައިލް ހަމަލާތައް ދީފައިވާއިރު، އެމީހުންގެ އެއް އަމަޒާކަށް އެ ސިޓީގައި ހުރި އަސްކަރީ މަރުކަޒަކަށް ވަނީ ދީފައެވެ. އެއީ ޕޮލެންޑު ބޯޑަރު ކައިރީގައި ހުންނަ މަރުކަޒެކެވެ. މި ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. މިއާއެކު ހަނގުރާމަ ވަނީ ނޭޓޯގެ މެންބަރު ގައުމުތަކުގެ ބޯޑަރާއި ކައިރިއަށް ޖެހިލާފައެވެ.

ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ ލިވިވްގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާގައި 35 މީހަކު މަރުވެފައިވާ އިރު، 134 މީހަކު ޒަހަމްވެފައި ވާކަމައެވެ. ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު އޮލެކްސީ ރެޒްނިކޮވް ވަނީ މި ހަމަލާއަކީ ހަމަޖެހުމާއި ރައްކާތެރިކަމަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ހިމެނިވަޑައިގަންނަވާ ގޮތަށް އެމެރިކާގެ އޮފިޝަލުން ވަނީ ރަޝިޔާއިން ޗައިނާގައި އެހީއަށް އެދުމާއި ގުޅިގެން އެކަމަށް އިޖާބަދީފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ޗައިނާއަށް ފާޑު ވިދާޅުވެފައެވެ. ނަމަވެސް ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ މައްސަލައިގައި ޗައިނާ އޮތީ ވަކިކޮޅަކަށް ނުޖެހިއެވެ.

ނަމަވެސް ޗައިނާގެ މީޑިއާއަކުން ވަނީ ރަޝިޔާ ޕްރޮމޯޓްކޮށް އެގައުމުން ކުރިއަށް ގެންދަނީ ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ކަމަށް ބުނެ ރިޕޯޓްކޮށްފައެވެ. ސާކީ ވަނީ އެމެރިކާއިން ޔޫކްރެއިންގައި ކެމިކަލް ހަތިޔާރު އުފައްދަމުން އަންނަ ކަމަށް ބުނެ ރަޝިޔާއިން ދައްކާފައިވާ ވާހަކަތައް ވެސް ދޮގުކޮށްފައެވެ.

ސުލިވަން ވިދާޅުވީ އެމެރިކާއިން ގަބޫލުކުރާ ގޮތުގައި ރަޝިޔާއިން ޔޫކްރެއިންއަށް އެރުމުގެ ކުރިން ވެސް ޕުޓިންގެ ޕްލޭންތައް ޗައިނާއަށް އެނގޭކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއި ކޮން ކަމެއް ސީދާ ޗައިނާއަށް ނޭންގިދާނެ ކަމަށާއި، ޔޫރަޕިއަން ޔޫނިއަން އަށް ދޮގު ހެއްދެވި ގޮތަށް ޗައިނާއަށް ވެސް ޕުޓިން އޮޅުވާލެއްވި ކަމަށް ސުލިވަން ވިދާޅުވިއެވެ.

އެމެރިކާގެ އޮފިޝަލުން ވަނީ ރަޝިޔާ އާއި ދެކޮޅަށް އެމެރިކާއާއި ގުޅިފައިވާ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް ޗައިނާއިން ރަޝިޔާއަށް އެހީތެރިވަމުން އަންނަ ކަމަށް ތުހުމަތުކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
05 އެޕްރީލު 2017

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް