Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަތިވެރި އައުޓް ޑޯ ވޮލީ ކޯޓު

ކުޅިވަރާއި ބެހޭ ވަޒީރު މަތިވެރި ވޮލީކޯޓު ހުޅުވައިދެއްވައިފި

މިއީ ސަރުކާރުން އަތޮޅުތެރޭގައި އެޅި 4 ވަނަ އައުޓް ޑޯ ވޮލީ ކޯޓު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 13 މާރިޗު 2022 | އާދީއްތަ 02:19
ކުޅިވަރާއި ބެހޭ ވުޒާރާއިން މަތިވެރީގައި އެޅި އައުޓް ޑޯ ވޮލީ ކޯޓު

ކުޅިވަރާއި ބެހޭ ވުޒާރާއިން މަތިވެރީގައި އެޅި އައުޓް ޑޯ ވޮލީ ކޯޓު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އއ. މަތިވެރީގައި އެޅި އައުޓް ޑޯ ވޮލީބޯލް ކޯޓު، ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު މަތިވެރީގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވަޒީރުގެ އިތުރުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ރަނޭޝް އާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ، މި ކޯޓު މިހާ ފުރިހަމަކޮށް ނިންމާލެވުނީ ދާއިރާގެ މެމްބަރު ޒަރީރާއި، ކައުންސިލްގެ ރައީސް އަސްލަމްގެ ވަރަށް ބޮޑު އެއްބާރުލެއްވުމާ އެކުގައި ކަމަށެވެ. އަދި މިއީ މި ސަރުކާރުން ނިންމާލި ހަތަރުވަނަ ވޮލީ ކޯޓު ކަމަށާއި، މި ސަރުކާރުން ޖުމްލަ 50 ވޮލީ ކޯޓު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.

މަޚްލޫފް ވިދާޅުވީ، ވޮލީ ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްދެވިއްޖެ ކަމަށާއި، ހަމައެކަނި ނިމިފައިވާ ވޮލީ ކޯޓުތަކަށާއި، ވޮލީއަށް ކޮށްދިން ކަންކަމަށް ބަލާލި ނަމަވެސް މި ސަރުކާރުން ކުޅިވަރަށް ކޮށްދިންކަންކަން ފެނިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވީ، ޒުވާނުންގެ ކަންބޮޑުވުންތަކާއި ޒުވާނުންގެ ބޭނުންތައް ފުއްދައިދިނީ މި ސަރުކާރުން މިނިސްޓަރު މަޚްލޫފްގެ ބެއްލެވުމުގެ ދަށުން ކަމަށާއި، އެހެންކަމުން މަޚްލޫފަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަސްލަމް ވިދާޅުވީ، މަތިވެރި ވޮލީ ކޯޓަކީ އެ ރަށުގެ ޒުވާނުން ދެކެމުން އައި ހުވަފެނެއް ކަމަށާއި، މިއަދު އެކަން ހަގީގަތަކަށް ވެގެން ގޮސްފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވީ، މި ސަރުކާރުން މަޚްލޫފްގެ ބެލުމުގެ ދަށުން ވޮލީ ކޯޓުތައް އަތޮޅުތެރޭގައި އެޅުމުގެ ސަބަބުން ވީއޭއެމްއަށް އެކަމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް ފަންނު ހުރި ކުޅުންތެރިން ހޯދުމަށް މިފަދަ ކޯޓުތަކުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރަނޭޝް ވިދާޅުވިއެވެ. ރަނޭޝް ވިދާޅުވީ މިނިސްޓަރު ވަކި ކުޅިވަރަކަށް ނުބައްލަވާ ހުރިހާ ކުޅިވަރެއް ކުރިއެރުއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތައް ތައުރީފު ހައްގު ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަތިވެރި ކައުންސިލްގެ ރައީސް އަޙްމަދު އަސްލަމް ވަނީ ނުވަ މަސްދުވަހުގެ ކުރިން ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް އަޅުއްވައިދެއްވީތީ މިނިސްޓަރު މަޚްލޫފަށް އަދި ދާއިރާގެ މެމްބަރަށް ޝުކުރު އަދާކުރައްވާފައެވެ.

އައުޓް ޑޯ ވޮލީ ކޯޓު ހުޅުވުމައްފަހު ވަނީ ގައުމީ ސީނިއާ އަންހެން ވޮލީބޯލް ޓީމާއި، މަތިވެރި ވޮލީބޯލް ޓީމާއި ދެމެދު މެޗެއް ކުޅެފައެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައިވަނީ ގައުމީ ސީނިއާ އަންހެން ޓީމުންނެވެ.

މަތިވެރި އައުޓް ޑޯ ވޮލީ ކޯޓު ހެދުމަށް ސަރުކާރުގެ ބަޖެޓުން ވަނީ 851،200 ރުފިޔާ ޚަރަދުކޮށްފައެވެ.

އަހުމަދު މަޚްލޫފްކުޅިވަރާ ބެހޭ ވުޒާރާ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
01 ސެޕްޓެމްބަރު 2023

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި
18 ޖުލައި 2023

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

18 ޖުލައި 2023
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް
22 ޖޫން 2023

ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

22 ޖޫން 2023
ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި
09 މެއި 2023

ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

09 މެއި 2023
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް
08 މެއި 2023

ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް

08 މެއި 2023
ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު