Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖައިލަމްގެ މަރުގެ މައްސަލަ

ޖައިލަމްގެ މަރުގެ ހުކުމް: ސިއްރުހެކިން ހާޒިރުނުވުމާއި، ސީސީޓީވީ ފުޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ ނެތުން

މި މައްސަލާގައި 4 މީހަކަށް ދައުވާކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 މާރިޗު 2022 | ހޮނިހިރު 06:55
ޖައިލަމްގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ 4 މީހެއްގެ މައްޗަށް

ޖައިލަމްގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ 4 މީހެއްގެ މައްޗަށް

ހ. ހަންޑްރެޑް ފްލާވަރސް, ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ 4 މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 10 މާރޗު 2022ގައެވެ. ހާދިސާ ހިނގިތާ 7 އަހަރުފަހުން މިވަނީ ދައުވާ ލިބޭ އެންމެންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް ނިންމައި، މައްސަލަ ނިމިގެން ގޮސްފައެވެ.

ޖައިލަމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ ނަސީބު ސައީދު، އިސްމާއިލް އަނީގު، އަލީ އިރުފާން އަދި މުހައްމަދު ހުމައިދުއެވެ.

ޙާދިސާ ހިނގިކަމަށް ދައުލަތުން ބުނާ ގޮތް:

ދައުލަތުން ބުނާ ގޮތުގައި ދައުވާލިބޭ މީހުން ހަންޑްރެޑް ފްލާވަރސް ކައިރިއަށް ދިޔައިރު ޖައިލަމް އެތަނުގައި ހުއްޓެވެ. ފުރަތަމަ ޖައިލަމްއާ މާރާމާރީ ހިންގީ އިސްމާއިލް އަނީގްއާއި މުހައްމަދު ހުމައިދުއެވެ. އޭރު ހުމައިދުގެ އަތުގައި ތިލައިގެ ދިގުމިނުގައި 12 އިންޗި ހުރި ވަޅިއެއް އޮތެވެ. ދައުލަތުން ބުނާ ގޮތުގައި އެމީހުން އެތަނަށް ދިޔައީވެސް އަދި ފިލަން ދިޔައީވެސް ނަސީބު ސައީދާއި އަލީ އިރުފާންއާ އެކުގައެވެ.

ދައުލަތުން ހުށައެޅި ހެކިވެރިން ބުނާ ގޮތުގައި ޖައިލަމް އޭޑީކޭއަށް ގެންދިޔައިރުވެސް ހަރަކާތެއް ނެތެވެ. އޭނާގެ ފުއްޕާމެއާއި، ބޮޑެތި ލޭނާރުތަކަަށް އަނިޔާވެފައިވެއެވެ. ތޫނު އެއްޗަކުން ހަމަލާދީ ގިނަ ޒަޚަމްތަކެއް ދީފައިވާތީ، ޝޮކެއް ޖެހި މީހާ މަރުވާ ވަރަށް ހަށިގަނޑުން ލޭ ބޭރުވެފައި ހުއްޓެވެ. ހެކިތަކުން ދައްކާ ގޮތުގައި ޖައިލަމް މަރުވީ "ހައިޕޯވޮލެމިކް ޝޮކް"އެއް ޖެހިގެންނެވެ.

- ކަނދުރާގެ ކަނާތްފަރާތުން 4 އިންޗި ހުންނަވަރުގެ ޒަޚަމެއް

- އަރިކަށީގެ ވާތް ފަރާތުން 2 އިންޗި ހުންނަވަރުގެ ޒަޚަމެއް

- ބުރަކަށީގެ ކަނާތްފަރާތު ކޮނޑުހުޅާ ދިމާލު ތިރިން 2 އިންޗި ހުންނަވަރުގެ ޒަޚަމެއް

- ބުރަކަށީގެ ވާތް ފަރާތު ކޮނޑުހުޅާ ދިމާލު ތިރިން ދޮޅު އިންޗި ހުންނަވަރުގެ ޒަޚަމެއް

ދައުލަތުން ހުށައެޅި ހެކިތައް:

ދައުލަތުން ވަނީ 21 ފެބްރުއަރީ 2015ގައި ދައުވާ ލިބޭ ފަރާތްތައް ފެންނަ އަދި އެއާ ގުޅުންހުރި 19 ސީޑީއެއް ހުށައަޅާފައެވެ. އަދި ދައުވާލިބޭ މީހުން ފާހަގަކޮށް ސިއްރު ހެކިވެރިން ދީފައިވާ ބަޔާންތައްވެސް ދައުލަތުން ހުށައެޅިއެވެ. ހާދިސާގެ ތެރެއިން ދައުވާލިބޭ ހުމައިދުއަށް އަނިޔާވިކަމާއި، އެކަން ބަޔާންކޮށް މެޑިކަލް ލިއުންތަކާއި އިތުރު ހެކިތައްވެސް ދައުލަތުން ހުށައެޅިއެވެ.

މި މައްސަލައިގައި ދައުވާލިބޭ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ހުށައަޅާފައިވަނީ ހާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ސާބިތު ކުރުމަށް ހުށައަޅާފައިވާ ޝަފަހީ ހެކިންނެވެ. ނަމަވެސް އެމީހުންގެ ހެކިބަސް ނަގަން ބޭނުން ނުވާކަން ދިފާއުން ފާހަގަ ކޮށްފައިވާތީ ހެކިބަސް ނަގާފައެއް ނުވެއެވެ.

5 ސިއްރު ހެކިވެރިއެއް ޝަރީއަތަށް ހާޒިރުނުވޭ:

މި މައްސަލައިގައި ދައުލަތުން 8 ސިއްރު ހެކިވެރިއަކު ހުށައެޅި ނަމަވެސް އޭގެ ތެރެއިން 5 ހެކިވެރިއަކު ހާޒިރުވެފައެއް ނުވެއެވެ. އެކި ފަހަރު އެމީހުން ހާޒިރު ކުރުމަށް މަސައްކަތްވެސް ކުރެވުނެވެ. ވުމާއެކު، އެމީހުން ތަހުގީގަށް ދީފައިވާ ބަޔާނަށްވެސް ޝަރީއަތުން ރިއާޔަތް ކޮށްފައެއް ނުވެއެވެ.

ހާޒިރުވި 3 ހެކިންގެ ތެރެއިންވެސް 2 މީހުން ބުނެފައިވަނީ ހާދިސާ ހިނގި މަންޒަރު ނުފެންނަކަމާއި، ދައުވާލިބޭ ފަރާތްތައް އައިޑެންޓިފައި ކުރަން ނޭނގޭކަމަށެވެ.

ދެން ހުރި ހެކިވެރިޔާވެސް ފަހުން ވަނީ އެއީ އޭނާ މަސްތުގެ ހާލަތުގައި ހުރެ ދިން ހެކިބަހެއްކަމަށް ބުނެ ކޯޓަށް ސިޓީއެއް ހުށައަޅާފައެވެ. އެކަން އިތުރަށް ކަށަވަރުކުރުމަށް އެ ހެކިވެރިޔާ ހާޒިރު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އޭނާ ހާޒިރުވެފައެއްވެސް ނުވެއެވެ.

މި މައްސަލައިގައި ފުލުހުން ހިންގި ތަހުގީގު ރިޕޯޓުގައިވެސް ސިއްރު ހެކިވެރިންގެ ހެކިބަހަށް ރިއާޔަތް ކޮށްފައިވެއެވެ. އެ ހެކިވެރިންގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސްއާއި، ސީންގައި ހަރަކާތްތެރިވި ފުލުހުންގެ ބަސް ފަދަ މައުލޫމާތުތައްވެސް މި ރިޕޯޓުގައި ހިމެނިފައިވީނަމަވެސް، ތަހުގީގަށް ބަޔާން ދިން ސިއްރު ހެކިވެރިން ހާޒިރުވެފައިނުވާތީ އެ ރިޕޯޓަށްވެސް ޝަރީއަތުން ރިއާޔަތް ކޮށްފައެއް ނުވެއެވެ.

އިންޓެލިޖެންސް ރިޕޯޓަކީ އޭގެ ޒާތުގައި ދައުވާލިބޭ މީހުންނަށް އޭގައި ހުރި މައުލޫމާތު ބަލައި ސުވާލު ކުރުމުގެ ފުރުސަތު އޮތް އެއްޗަކަށް ނުވާއިރު، އެ ރިޕޯޓު ތައްޔާރުކުރުމަށް މައުލޫމާތު ދިން ފަރާތްތައް ހާޒިރު ކުރެވިފައިނުވާތީ މައްސަލައިގެ ނިންމުމަށް ވާސިލުވުމަށް އިންޓެލިޖެންސް ރިޕޯޓަށް ޝަރީއަތުން ރިއާޔަތެއް ނުކުރެއެވެ. ގާޒީ ވިދާޅުވާ ގޮތުގައި އެމީހުން ހާޒިރު ކުރެވުނު ނަމަ އެ ހާލަތު ތަފާތުވީހެވެ.

ސީސީޓީވީ ފުޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ ދިމައެއް ނުވޭ:

ދައުލަތުން ހާދިސާ ހިނގިއިރު ދައުވާ ލިބޭ ފަރާތްތަކުގެ އަމަލުތައް ފެންނަ އަދި އެއާ ގުޅުންހުރި 19 ސީޑީއެއް ހުށައަޅާފައިވާއިރު، އޭގެ މައްޗަށް 4 "ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓް"އެއް ހުށައަޅާފައިވެއެވެ. އެހެންނަމަވެސް، ފުޓޭޖްތައް ނެގި ލޮކޭޝަންއާއި، ފުލުހުންގެ މުއައްސަސާއާ ހަމައަށް އެ ފުޓޭޖްތައް އައި ގޮތް ބަޔާންކޮށްދޭ ޗެއިން އޮފް ކަސްޓަޑީއެއް އެއްވެސް ސީޑީއަކާއި ގުޅިގެން ފުލުހުން ހުށައަޅާފައެއް ނުވެއެވެ.

އޭގެ ނަތީޖާއަކަށްވީ ދައުވާލިބޭ ފަރާތްތައް ފެންނަކަމަށް ބުނާ ފުޓޭޖްތަކެއް ނަމަވެސް، އެއީ ހަގީގަތުގައިވެސް އެ ބުނާ ތަންތަނުން ނެގުނު ފުޓޭޖްތޯ ދިފާއަށް ސުވާލު އުފެއްދުމުގެ ޖާގަ ލިބިގެން ދިއުމެވެ. ކުޑަމިނުން އެ ފުޓޭޖްތައް ފުލުހުންގެ ފޮރެންސިކް ލެބޯޓަރީއަށް ދިޔަގޮތްވެސް ސާފުކޮށް އެނގޭކަށް ނެތެވެ. ވުމާއެކު، ޝަރީއަތުން އެ ހެކިތަކަށްވެސް ބުރަދަން ދީފައެއް ނުވެއެވެ.

ގާޒީ ވިދާޅުވާ ގޮތުގައި ބަހުސްގެ ބޭނުމަށް ފުޓޭޖްތަކަށް ރިއާޔަތް ކުރި ނަމަވެސް، އެއީ ދައުވާލިބޭ ފަރާތްތައްކަން ކަނޑައެޅިގެން ސާފުނުވާކަން ފުލުހުންގެ ރިޕޯޓުން އެނގެއެވެ.

ސީން އޮފް ކްރައިމް ރިޕޯޓުގައި ކުށުގެ އަމަލު ދައްކުވައިދޭވަރު ހެއްކެއް ނެތް:

މި މައްސަލައިގައި ދައުލަތުން 3 ސީން އޮފް ކްރައިމް ރިޕޯޓެއް ހުށައެޅިއެވެ. އޭގެ ތެރެއިން އެއް ރިޕޯޓުގައި ހިމެނެނީ ޙާދިސާ ހިނގިފަހުން ތަން އޮތް ގޮތެވެ. ދެވަނަ ރިޕޯޓުގައި ހިމެނެނީ ދައުވާލިބޭ ފަރާތެއްގެ އެޕާޓްމަންޓަކަށް ދިއުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ދެން ހިމެނެނީ ޖައިލަމްއަށް ލިބިފައިވާ އަނިޔާތައް ބަޔާންކޮށް ހުށައަޅާފައިވާ ރިޕޯޓެކެވެ.

އޭގެ އިތުރުން، ސީން އިން ނެގުނު ތަކެތިންނާއި، އެ ސަރަހައްދުން ނެގުނު ފިންގަރ ޕްރިންޓް އަދި ޑީއެންއޭ މައްސަލައިގައި ދައުވާލިބޭ އެއްވެސް މީހަކާ ދިމާނުވާކަމަށްވެސް ހުކުމުގައި ގާޒީ ފާހަގަ ކުރެއްވިއެވެ.

ކޮންމެއަަކަސް، މި ހުރިހާ ކަމަކަށް ރިއާޔަތް ކުރައްވައި، މައްސަލަ ނިމިގެން ދިޔައީ ދައުވާލިބޭ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައެޅިގެންނެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

ކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު