Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޅުވާލައިގެން ފައިސާ ހޯދުން

އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަނީ، ސްކީމްތަކުގައި ބައިވެރިނުވޭ

10 މާރިޗު 2022 | ބުރާސްފަތި 17:32

އެ ސްކީމް ހިންގަމުންދަނީ ފޭސްބުކާއި ޓެލެގްރާމް މެދުވެރިކޮށް

އަމްނާ އިމާދު
އަމްނާ އިމާދު | 10 މާރިޗު 2022 | ބުރާސްފަތި 17:32
އޮންލައިން ކޮން ފައިސާ ބަދަލުކުރެވޭ މުއާމަލާތްތަކުގައި އިތުރަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރޭ

އޮންލައިން ކޮން ފައިސާ ބަދަލުކުރެވޭ މުއާމަލާތްތަކުގައި އިތުރަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރޭ

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކީމްތަކުގައި ބައިވެރިނުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިއްޖެއެވެ.

އެމްއެމްއޭއިން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް، ފޭސްބުކާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ ސްކީމްއެއްގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށް ދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށެވެ. އަދި ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިންނެވެ.

އެހެންކަމުން މިފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫނެވެ. އަދި ސްކީމް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ފަރާތްތަކަށް އެފަރާތްތަކުން ދިން ފައިސާ ވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ސްކީމްއަށް ދޭ ފައިސާ އަކީ ސްކީމް ހިންގާ ފަރާތުން އަނބުރާ ނުދީފި ނަމަ، ފައިސާ ޖަމާވާ ބޭންކަށް ވެސް އަނބުރާ ދެވޭނެ އެއްޗެއް ނޫނެއެވެ.

އެހެންކަމުން މިފަދަ ސްކީމްތަކާ މެދު ސަމާލުވުމަށާއި، އޭގައި ބައިވެރި ނުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއެމްވީއަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި އެ ސްކީމް ހިންގަމުންދަނީ މީގެ ކުރިން ސިޔާސީ މައިދާނުގައި މަސައްކަތް ކުރި ބައެއް މީހުން އަޑީގައި ތިބިގެންނެވެ. ޓެލެގްރާމްގައި ޚާއްސަ ގުރޫޕެއް ހަދައި ބައެއް މީހުންގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ބުނެފައިވެއެވެ. މި މަސައްކަތް ކުރަމުންދަނީ ވަރަށް ބޮޑަށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ދިނުމަށްފަހުއެވެ. ބައެއް ސްކީމްތައް ޕްރޮމޯޓް ކުރުމަށް އިޝްތިހާ ޕޯސްޓުތައް ދައުރުކުރަމުން ދެއެވެ. އެގޮތުން ދައުރުވަމުންދާ އެއް ޕޯސްޓުގައި ބުނެފައިވަނީ އެއްލައްކަ ރުފިޔާ އިންވެސްޓްކޮށްފިނަމަ ދެލައްކަފަންސާސްހާސް ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ކޮންމެ މަހަކު 20،833.34 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ފުރަތަމަ އެއްލައްކަ ރުފިޔާ އިންވެސްޓްކުރި މީހުންނަށް ކޮންމެ މަހެއްގައި ލިބޭ ރުފިޔާ ބީއެމްއެލް އެކައުންޓަކުން ޓްރާންސްފަރ ކޮށްފައިވާ ކަމަށެވެ. އެގޮތަށް ރުފިޔާ ފޮނުވައި ބައެއް މީހުންގެ އިތުބާރު ހޯދާފައިވާ ކަމަށާއި، އެމީހުން މެދުވެރިކޮށް ސްކީމަށް އިތުރު މީހުން ވައްދާފައިވާ ކަމަށެވެ. ނަމަވެސް ދޭން ބުނެފައިވާ އަދަދަށް ފައިސާ ދީފައިނުވާ ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ. އަދި ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު 15 ފެބްރުއަރީ 2022ން 31 މާޗް 2022ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ބައެއް ވިޔަފާރިވެރިން ވެސް މި ސްކީމްގެ ދަށުން އިންވެސްޓް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާ މެދުވެރިކޮށް މިފަދަ ސްކީމްތައް ހިންގާ މީހުންގެ އެކައުންޓްތަކުން ވަރަށް ގިނަ ރިކުއެސްޓްތައް އާދެއެވެ. ޓްރޭޑް ކުރުމާއި ގުޅޭ މައުލޫމާތުތައް ފޯރުކޮށްދީ، އެކަމަށް ޝައުގުވެރިކުރުވުމަށް ގިނަ މަސައްކަތްތައް ކުރެއެވެ.

މިފަދަ ސްކީމްތަކަށް ސަމާލުވުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފައިވާއިރު، ބުދަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އައިބޭ މެދުވެރިކޮށް ނުވަތަ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް މަކަރާއި ހީލަތުން މުދާ ނުވަތަ މޯބައިލް ފޯނު ފަދަ އިލެކްޓްރޯނިކް ޑިވައިސްތައް ހޯދަމުންދާ ގިނަ މައްސަލަތައް ހުށަހެޅެމުންދާ ކަމަށް ބުނެފައެވެ. އަދި އެގޮތަށް ގުޅާ މަކަރާއި ހީލަތުގެ ކޯލުތަކުގައި، މުދާ ގަތުމަށްފަހު މޯލްޑިވްސް އިސްލާމިކް ބެންކު މެދުވެރިކޮށް ފައިސާ ދައްކާފައިވާކަމަށް ބުނެ ސައްހަނޫން ސްލިޕެއް ފޮނުވައެވެ. އެ ފައިސާ, ތަކެތި ވިއްކާ ފަރާތުގެ އެކައުންޓަށް ޖަމާނުވާކަން އެނގެނީ މުދާ ޑެލިވަރީކުރާތާ 24 ގަޑިއިރު ފަހުން ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން އޮންލައިން ވިޔަފާރިކޮށް ފައިސާދެއްކިކަމުގެ ބޭންކް ސްލިޕް، މުދާ ގަންނަ ފަރާތުން ފޮނުވި ކަމުގައި ވިޔަސް ފައިސާ ލިބުމުން ނޫނީ މުދާ ޑެލިވަރީ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެމްއޭވަގުން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
25 އޮކްޓޯބަރު 2025

ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި

25 އޮކްޓޯބަރު 2025
ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި
23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އިސްތިއުފާ ދެއްވައިފި

22 އޮކްޓޯބަރު 2025
ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އިސްތިއުފާ ދެއްވައިފި
22 އޮކްޓޯބަރު 2025

ޕެންޝަން އޮފީސް މެދުވެރިކޮށް އެ ޗާޕް ކުރަނީ ކައުންސިލް އިންތިޚާބުގައި ޙަރާމް ރިޝްވަތުގެ ގޮތުގައި ބަހާ ފައިސާ: އިމްރާން

22 އޮކްޓޯބަރު 2025
ޕެންޝަން އޮފީސް މެދުވެރިކޮށް އެ ޗާޕް ކުރަނީ ކައުންސިލް އިންތިޚާބުގައި ޙަރާމް ރިޝްވަތުގެ ގޮތުގައި ބަހާ ފައިސާ: އިމްރާން
21 އޮކްޓޯބަރު 2025

އިޤްތިޞާދު ހަލާކުވާނެ ކަންކަން ނުކުރަން ޝާހިދު އެމް.އެމް.އޭ އަށް ގޮވާލައްވައިފި

21 އޮކްޓޯބަރު 2025
އިޤްތިޞާދު ހަލާކުވާނެ ކަންކަން ނުކުރަން ޝާހިދު އެމް.އެމް.އޭ އަށް ގޮވާލައްވައިފި
21 އޮކްޓޯބަރު 2025

ދެއްކި ވާހަކަތަކާއި ހިލާފަށް މިސްމެނޭޖްމަންޓުގެ ސަބަބުން މި ސަރުކާރަށް ފައިސާ ޗާޕުކުރުން ނޫން އެހެން ގޮތެއް ނެތް: ފައްޔާޒު

21 އޮކްޓޯބަރު 2025
ދެއްކި ވާހަކަތަކާއި ހިލާފަށް މިސްމެނޭޖްމަންޓުގެ ސަބަބުން މި ސަރުކާރަށް ފައިސާ ޗާޕުކުރުން ނޫން އެހެން ގޮތެއް ނެތް: ފައްޔާޒު
19 އޮކްޓޯބަރު 2025

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފަށް ކުރާ ކަމެއް: އަމީރު

19 އޮކްޓޯބަރު 2025
ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފަށް ކުރާ ކަމެއް: އަމީރު
19 އޮކްޓޯބަރު 2025

ޕެންޝަން ގާނޫނުގެ ދަށުން އެމްއެމްއޭ ގެ ބޮންޑު ގައި އިންވެސްޓު ކުރެވިދާނެތޯ ސުވާލު އުފެދިއްޖެ، ސަރުކާރަށް 2.5 ބިލިއަން ރުފިޔާ ހޯދަައިދޭން މެދުވެރިއެއްގެ ދައުރު އަދާކޮށްދީފިނަ ޑޮލަރުން އިންޓަރެސްޓް ދޭނެ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް