Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖެ އަންނަ ފަތުރުވެރިން މަދުވުން

ހޯމަ ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށަށް

10 މާރިޗު 2022 | ބުރާސްފަތި 09:53

ހޯމަ ދުވަހު ރާއްޖެ އައިސްފައިވަނީ 3،939 ފަތުރުވެރިން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 މާރިޗު 2022 | ބުރާސްފަތި 09:53
ރާއްޖެ އަންނަ ފަތުރުވެރިން

ރާއްޖެ އަންނަ ފަތުރުވެރިން

ހޯމަ ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށްވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ރަޝިޔާ މާކެޓުންނެވެ. އެހެންނަމަވެސް ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރަޝިޔާއާ ދެމެދު ގައުމުތަކުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއިން ވަނީ ބައިނަލްއަގުވާމީ ދަތުރުތައް ކުރުން ހުއްޓާލާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ރާއްޖެއަށް ދަތުރުކުރަމުން އައި އެއިރޯފްލޮޓް ހިމެނެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވާފައިވާ އިންޓަރވިއުއެއްގައި ހޯމަ ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތައް ވަރަށް ބޮޑުތަނުން ދަށްވެފައިވާކަމަށް އެމްއޭސީއެލްގެ ޓަރމިނަލް އޮޕަރޭޝަން ޖެނެރަލް މެނޭޖަރު އިބްރާހިމް ހުސައިން ވަނީ ވިދާޅުވެފައެވެ. އިބްރާހިމް ވިދާޅުވީ ހޯމަ ދުވަހު ރާއްޖެ އައިސްފައިވަނީ 3،939 ފަތުރުވެރިން ކަމަށެވެ. ހޯމަ ދުވަހު ރާއްޖެ އައިސްފައިވަނީ ބައިނަލްއަގުވާމީ 70 އުޅަނދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ މިއަހަރުގެ ޖެނުއަރީން ފެށިގެން އާންމުގޮތެއްގައި ދުވާލަކު 5،000 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ. ރާއްޖެ އެތެރެވާ ފަތުރުވެރިންގެ އަދަދު 3،000 އަށް ވެއްޓިފައިވަނީ މަދު ދުވަހެއްގައި ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ ހޯމަ ދުވަހު އޮޕަރޭޓްކޮށްފައިވާ ޖެޓުތައްވެސް ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. ހޯމަ ދުވަހު އޮޕަރޭޓްކޮށްފައިވަނީ އެންމެ ދެ ޖެޓު ކަމަށާއި، އެއީ މާފަރުން އެއް ޖެޓު އަދި ސްޕެއިނުން އެއް ޖެޓު ކަމަށް އޭނާ ވިދާޅުވިއެވެ. އިބްރާހިމް ވިދާޅުވީ މީގެ ކުރިން ވަރޭޖްކޮށް 12 އާއި 15 އާއި ދެމެދުގެ އަދަދަކަށް ޖެޓުތައް އޮޕަރޭޓުކޮށްފައިވާކަމަށެވެ. މީގެ ތެރޭގައި ގިނައިން ހިމެނޭނީ ދުބާއީއާއި ރަޝިއާއިން ޖެޓުތައް ކަމަށާއި، މިހާރު ރަޝިޔާއިން ޖެޓުތައް އައުން އެއްކޮށް ހުއްޓިފައިވާއިރު، ދުބާއީއިންވެސް އެއްވެސް ޖެޓެއް އައިސްފައިނުވާކަމަށް އިބްރާހިމް ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް 321،304 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މީގެ 15 އިންސައްތަ ހިއްސާކުރަނީ ރަޝިޔާގެ ފަތުރުވެރިންނެވެ. އެހެންނަމަވެސް ރަޝިޔާއިން ކުރާ ދަތުރުތައް ހުއްޓާލުމާއި ގުޅިގެން ކުރިއަށްއޮތްތަނުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްއެމްއޭސީއެލް

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި
21 އޮކްޓޯބަރު 2025

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން
21 އޮކްޓޯބަރު 2025

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
17 އޮކްޓޯބަރު 2025

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
09 އޮކްޓޯބަރު 2025

ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ

09 އޮކްޓޯބަރު 2025
ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް