Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022

ޓްރެކުގައި ސްޕޯޓްސް އެވޯޑްސް ބާއްވަނީ އެހެން ސަރަހައްދުތައް ކުޑަވުމުން

ޓްރެކް އެއްކޮށް ބަންދު ކުރާނީ އެންމެ ކުރު މުއްދަތަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 9 މާރިޗު 2022 | ބުދަ 09:06
ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް

ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް

ކުޅިވަރުގެ ވުޒާރާއިން މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022، ސިންތެޓިކް ޓްރެކްގައި ބޭއްވުމަށް ނިންމާފައިވަނީ މި ހަފްލާ ބޭއްވުމަށް އެހެނިހެން ކުޅިވަރު ސަރަހައްދުތައް ކުޑަވުމުންކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ 550 އަށްވުރެ ގިނަ ބޭފުޅުންނާއިއެކު ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ގާލާ ބޭއްވުމަށް ރީތި ސިންތެޓިކް ޓްރެކް ވަގުތީގޮތުން ބަންދުކުރަންޖެހޭތީ ޓްރެކް ބޭނުންކުރާ ފަރާތްތަކުގެ އަރިހުން މަޢާފަށް އެދޭ ކަމަށެވެ. ނަމަވެސް މިގޮތަށް ނިންމަންޖެހުނީ ހެންވޭރު ދަނޑު، ގަލޮޅު ދަނޑު އަދި ކާނިވާ ސަރަހައްދުވެސް މިހަފްލާއަށް ކުޑަވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ހަފްލާއަށް ޓްރެކް ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. ހަފްލާގެ ތައްޔާރީތަކަށް ކުރަންޖެހޭ ބައިވަރު އަދި ބުރަ މަސައްކަތަށް ތާށިވެ ދަތިވިނަމަވެސް ޓްރެކް އެއްކޮށް ބަންދު ކުރާނީ އެންމެ ކުރު މުއްދަތަށް ކަމަށާއި، އެމައުލޫމާތު ހިއްސާކުރަމުން ގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކުޅިވަރު އެވޯޑުތަކަކީ ވަރަށް ކުލަގަދަކޮށް ކުރާކަމެކެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖެއިންވެސް މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް ކުލަގަދަކޮށް، ބޭރުގެ ފަރާތްތަކުގެ ސަމާލުކަން ލިބޭނެ ފަދަ ގޮތަކަށް މަސައްކަތް ކުރުން ކަމަށެވެ.

މިހަފްލާގައި ބައިވެރިވާ ލެޖެންޑުން މެދުވެރިކޮށް އެތަށް މިލިއަން ބައެއްގެ މެދުގައި ރާއްޖެ ކުޅިވަރުގެ ޒަރިއްޔާއިން އިޝްތިހާރުވެގެންދާނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ލިބޭނެ ކުރިއެރުމަކަށް ވާއިރު، މިކަމަށް އެންމެހާ ބޭފުޅުންގެ ބައިވެރިވުމާއި އެއްބާރުލުން ދެއްވާވާނެކަމަށް ޔަޤީންކޮށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ އެކިފަރާތްތައް އަގުވަންކުރުމަށް ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 އަކީ ދުނިޔޭގެ ސަމާލުކަން ލިބޭފަދަ އިވެންޓަކަށް ހެދުމަށް މިނިސްޓަރު މަހްލޫފް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދުނިޔޭގެ އެހާރާއި މިހާރުގެ މަޝްހޫރު 15 ކުޅުންތެރިން ނުވަތަ ކުޅިވަރުގެ ޝަހުސިއްޔަތުން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބަންގްލަދޭޝް ސަރުކާރަށް ދިން ސްޕޯޓްސް އައިކަން ޕްރައިމް މިނިސްޓަރަށް އަރުވައިފި

ބަންގްލަދޭޝް ސަރުކާރަށް ދިން ސްޕޯޓްސް އައިކަން ޕްރައިމް މިނިސްޓަރަށް އަރުވައިފި

18 އެޕްރީލު 2022
ސްޕޯޓްސް އެވޯޑްސް: ލެޖެންޑުންނާއި ޚާއްސަ މެހެމާނުންނަށް ޚަރަދުވީ 2.2 މިލިއަން

ސްޕޯޓްސް އެވޯޑްސް: ލެޖެންޑުންނާއި ޚާއްސަ މެހެމާނުންނަށް ޚަރަދުވީ 2.2 މިލިއަން

28 މާރިޗު 2022
 ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންގެ ހުނަރު ރަނގަޅު- ސުރޭޝް ރެއިނާ

ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންގެ ހުނަރު ރަނގަޅު- ސުރޭޝް ރެއިނާ

22 މާރިޗު 2022
"ޓެކްނިކަލް އޮފިޝަލުންނާއި، މެޑިކަލް އޮފިޝަލުންގެ އަގު ވަޒަންކުރަން ފެށުމުގެ ނަތީޖާއަކަށްވާނީ އެތުލީޓުންގެ ފެންވަރު މަތިވުން"

"ޓެކްނިކަލް އޮފިޝަލުންނާއި، މެޑިކަލް އޮފިޝަލުންގެ އަގު ވަޒަންކުރަން ފެށުމުގެ ނަތީޖާއަކަށްވާނީ އެތުލީޓުންގެ ފެންވަރު މަތިވުން"

22 މާރިޗު 2022
ޒޯރާންއާއެކު ޓީޓީއަށް ދޮރުތަކެއް ހުޅުވިއްޖެ

ޒޯރާންއާއެކު ޓީޓީއަށް ދޮރުތަކެއް ހުޅުވިއްޖެ

22 މާރިޗު 2022

އަހަރުތަކުން މިއަދު

1 މާރިޗު
ވަރމިސެއްލީ ޕުޑިންގ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވަރމިސެއްލީ ޕުޑިންގ

"ދިރިއުޅުން، މުސީބާތަކަށް ވެއްޖެ... އަހަރެމެންގެ ވީޑީއޯ ނަގާ، މީސްތަކުންނަށް ދައްކައިދީ"
20242 އަހަރު ކުރިން
ރިޕޯޓު

"ދިރިއުޅުން، މުސީބާތަކަށް ވެއްޖެ... އަހަރެމެންގެ ވީޑީއޯ ނަގާ، މީސްތަކުންނަށް ދައްކައިދީ"

މަތީ ތައުލީމު ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

މަތީ ތައުލީމު ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްފި

ތުއްތު ކުއްޖެއްގެ ނޭވާހޮޅިން ކަރަންފުލެއް ނަގައިފި
20224 އަހަރު ކުރިން
ސިއްހަތު

ތުއްތު ކުއްޖެއްގެ ނޭވާހޮޅިން ކަރަންފުލެއް ނަގައިފި

ޖިންނި ފައްސާލަން ހެދި ފަންޑިތަޔަކުން 9 އަހަރުގެ ކުއްޖަކު މަރުވެއްޖެ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ޖިންނި ފައްސާލަން ހެދި ފަންޑިތަޔަކުން 9 އަހަރުގެ ކުއްޖަކު މަރުވެއްޖެ

މޭގަން މާކަލް ދެކެ ޕްރިޔަންކާ ރުޅިއަތުވެއްޖެ
20197 އަހަރު ކުރިން
ތަފާތު ޚަބަރު

މޭގަން މާކަލް ދެކެ ޕްރިޔަންކާ ރުޅިއަތުވެއްޖެ

އީޔޫއިން ރާއްޖެ އަށް ދިން އިންޒާރު، ދިވެހި ބަހުން ވެސް ނެރެފި
20188 އަހަރު ކުރިން
ރާއްޖެ

އީޔޫއިން ރާއްޖެ އަށް ދިން އިންޒާރު، ދިވެހި ބަހުން ވެސް ނެރެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު