Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ސްޕޯރޓްސް އެވޯޑްސް 2022

"ޓެކްނިކަލް އޮފިޝަލުންނާއި، މެޑިކަލް އޮފިޝަލުންގެ އަގު ވަޒަންކުރަން ފެށުމުގެ ނަތީޖާއަކަށްވާނީ އެތުލީޓުންގެ ފެންވަރު މަތިވުން"

22 މާރިޗު 2022 | އަންގާރަ 09:33

ނަތީޖާއަކީ އެތްލީޓުންނާއި، ކުޅުންތެރިންގެ ފެންވަރު މަތިވުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 22 މާރިޗު 2022 | އަންގާރަ 09:33
އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް ޕުޗޫ (ވ) އާއި، މެޑިކް ރާއްޕެ (ކ) ކުޅިވަރު ފައިލް ސެޓްގައި

އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް ޕުޗޫ (ވ) އާއި، މެޑިކް ރާއްޕެ (ކ) ކުޅިވަރު ފައިލް ސެޓްގައި

ވަކިވަކި އެސޯސިއޭޝަންތަކުންނާއި, އަމިއްލަ ބައެއް ފަރާތްތަކުންވެސް ކުޅިވަރުގެ އެވޯޑްތައް މީގެކުރިންވެސް ދެމުން އައެވެ. އެކަމަކު އެއެވޯޑްތައް މައިގަނޑުގޮތެއްގައި ލިބެނީ ކުޅުންތެރިންނަށެވެ. އެވޯޑްތަކުގެ ހިތްހަމަޖެހުން ހަޤީޤަތުގައި އޮންނަނީ އެތްލީޓުންނަށެވެ. އެންމެ މޮޅު ފުޓްބޯޅަ ރެފްރީ ހޮވުން ހަވީރުން އަދި އޭގެ ފަހުން މިހާރުން ކުރިއަށްގެން ދިޔައެވެ. އެހެން ކުޅިވަރުތަކުގެ އޮފިޝަލުންނަށް އެފުރުޞަތެއްވެސް ނުލިބެއެވެ.

ޓެކްނިކަލް އޮފިޝަލުންނާއި, ރެފްރީންނަށްވުރެވެސް ފަނޑުކޮށް ފެންނަން އޮތީ މެޑިކަލް އޮފިޝަލުންގެ މަސައްކަތެވެ. ހަޤީޤަތުގައި އެތުލީޓުންގެ ކާމިޔާބީތަކުގެ އެންމެ މުހިއްމު މަސައްކަތްތަކެއް ކުރާ ފަރާތްތަކެވެ. އެމީހުންގެ ނަން ދުލަކުން އިވުމަކީވެސް ނާދިރުކަމެކެވެ. އެކަމަކު މިމަހު ސަރުކާރުން ބޭއްވި މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސް އަކީ އެކަންކަން ބަދަލުވެގެންދިޔަ އެވޯޑެކެވެ. ނުވަތަ ބަދަލުވުމުގެ ފެށުމެކެވެ. ކުލަގަދަ އެވޯޑް ހަފްލާގައި މެޑިކަލް އޮފިޝަލުންގެ ތެރެއިން އެންމެ މޮޅު އަދި ޓެކްނިކަލް އޮފިޝަލުންގެ ތެރެއިން އެންމެ މޮޅު ފަރާތްތައް ހޮވާ އެވޯޑްދޭން ފެށުން އެއީ އެމީހުންނަށް ލިބުނު އުފަލަކާއި, ހިތްހަމަޖެހުމަކަށްވުރެ ބޮޑަށް އެތުލީޓުންނަށް, ކުޅުންތެރިންނަށް ލިބުނު އުފަލެކެވެ. ހިތްހަމަޖެހުމެކެވެ. ދިވެހި ކުޅިވަރަށް ލިބޭނެ ކުރިއެރުމެކެވެ.

ދިވެހި ވަކިވަކި އެތުލީޓުންނަށްވުރެ ގިނައިން ނުވަތަ އެއާ އެއްހަމައެއްގައި ރާއްޖޭގެ ރެފްރީން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މުބާރާތްތަކާއި, ގޭމްސްތަކުގައި އިންސާފް ކުރެއެވެ. އެކަމަކު އެމީހުންގެ ވާހަކަ ދައްކާ އަޑު މަޑެވެ. ރާއްޖޭގެ މުބާރާތްތަކުގައިވެސް އިންސާފްކުރަނީ އެމީހުންނެވެ. ހަޤީޤަތުގައި ރެފްރީން ނުވަތަ ޓެކްނިކަލް އޮފިޝަލުންގެ ކޮންމެ ނިންމުމަކީ ޓީމެއް, ކުޅުންތެރިއެއް ނުވަތަ އެތްލީޓެއް މާޔޫސްކޮށްލާނެ ނިންމުމަކަށް ވެދާނެއެވެ. ނިންމޭ ކޮންމެ ގޯސް ނިންމުމެއްގެ އަސަރު މުޅި ކުރިއަވަރަށް ކުރެއެވެ. އެފަދަ ގޯސް ނިންމުންތައް ކުޑަކުރުމަށް ރެފްރީންނާއި, ޓެކްނިކަލް އޮފިޝަލުން އެކަމުގައި ދެމިތިބެންވީ ސަބަބުތަކެއް މެދުވެރިކުރަން ޖެހެއެވެ. ހަމައެކަނި ޝައުޤުވެރިވެގެން ކުރާ ކަމެއްގެ ބަދަލުގައި އެމީހުންނަށްވެސް މާލީ އެހީތެރިކަން ނުވަތަ އިނާޔަތްތައް ކުޅުންތެރިންނާ އެއްގޮތަށް ލިބިދިނުން މުހިއްމެވެ. އެމީހުންގެ އަގު ވަޒަންކުރުން މުހިއްމެވެ. މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްއަކީ އޭގެ ފެށުމެއްކަމަށް ޓެކްނިކަލް އޮފިޝަލުން އުއްމިދުކުރެއެވެ. އެއީ އެމީހުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. 

ޕުޗޫ ބުނީ ކުޅިވަރުތަކުގެ ޓެކްނިކަލް އޮފިޝަލުންގެ އަގުވަޒަންކޮށް އެވޯޑެއް ދޭން ފެށުމުން އެކަން ހުރިހާ ކުޅިވަރެއްގެ ޓެކްނިކަލް އޮފިޝަލުންވެސް ފާހަގަކުރާ ކަމަށެވެ. އަދި މިއީ ހަމައެކަނި އޭނާއަށް ލިބުނު އެވޯޑެއްގެ ބަދަލުގައި ހުރިހާ ޓެކްނިކަލް އޮފިޝަލުންނަށް ލިބުނު އެވޯޑެއްކަން ދެކޭކަމަށެވެ. އެކަމަކު އޭނާވެސް ޤަބޫލުކުރާ ކަމަކީ ތަފާތު އެކި ކުޅިވަރުތައް އެއްކޮށްލައިގެން އެންމެ މޮޅު އެކަކު ހޮވުމަކީ އުނދަގޫ ކަމެއްކަމެވެ. މެޗު ލިބޭ މިންވަރުގައިވެސް ބޮޑު ތަފާތުތަކެއް ހުރުމުން އެއީ އިތުރަށް ވިސްނާލަން ޖެހޭކަމެއްކަމަށް އޭނާވެސް ޤަބޫލުކުރެއެވެ. އެހެންނަމަވެސް މިއެވޯޑަކީ ކުރިއަށްދާން ލިބުނު ހިތްވަރެއްކަމަށް ޕުޗޫ ޤަބޫލުކުރެއެވެ.

ކުޅުންތެރިންނަށް އެންމެ މުހިއްމު ޚިދުމަތެއް ދޭ ބަޔަކީ ހަޤީޤަތުގައި މެޑިކަލް އޮފިސަރުންނެވެ. ފުރިހަމަ ޞިއްހަތެއްގައި ހުރެގެން މެނުވީ ކުޅުންތެރިއަކަށް ރަނގަޅަށް ޕާފޯމެއް ނުކުރެވެއެވެ. ކުޅުންތެރިޔާ ކުރާ ހުރިހާ މަސައްކަތެއް ބިނާވަނީ ރަނގަޅަށް ޕާފޯމް ކުރުމަށެވެ. އަޅުގަނޑުމެން އެންމެންގެވެސް ފޯކަސް ހުންނަނީ އެތްލީޓުންގެ ޕާފޯމަންސަށެވެ. އެކަން ވާންއޮތީ ކުޅުންތެރން ރަނގަޅު ޞިއްހަތުގައި ތިބެގެންނެވެ. އެއީ ހަމައެކަނި އަނިޔާއެއްވެސް ނޫނެވެ. މެންޓަލީ, ފިޒިކަލީ އަދި ސައިކޮލޮޖީވެސް ކުޅުންތެރިން ތައްޔާރަށް ތިބެންޖެހެއެވެ. މިއިން ކޮންމެ ކަމަކީވެސް ކުޅުންތެރިންގެ ޕާފޯމަންސަށް އަސަރުކުރާނެ ކަންކަމެވެ. މިކަމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ މެޑިކަލް އޮފިޝަލުންނެވެ.

އެހެންކަމުން ރަނގަޅު މެޑިކަލް އޮފިޝަލުން, ޑޮކްޓަރުން ކުޅުންތެރިންނަށް ބޭނުންވެއެވެ. ޓީމްތަކާއި, އެތްލީޓުންވެސް ފިޓްކޮށް, ރަނގަޅު ހާލަތުގައި ތިބުމަށް މެޑިކަލް އޮފިޝަލުންގެ އެހީތެރިކަން ބޭނުންވެއެވެ. މެޑިކަލް އޮފިޝަލުން ކުޅިވަރުގެ ތެރެއަށް ޝައުޤުވެރިކުރުވަން ޖެހެއެވެ. އެކަން ކުރުމަށް އެމީހުންގެ އަގު ވަޒަން ކުރަން ޖެހެއެވެ.

ހަޤީޤަތުގައި ވަޒަންކުރެވުނީ މެޑިކަލް އޮފިޝަލުންނާއި, ޓެކްނިކަލް އޮފިޝަލުންގެ އަގެއް ނޫނެވެ. ދިވެހި ކުޅިވަރު ކުރިއަށް ގެންދަން އެޅުނީ މުހިއްމު ފިޔަވަޅެކެވެ. މީގެކުރިން ނާޅާ ދޫކޮށްލެވިފައި އޮތް ފިޔަވަޅެއް އެޅުނީއެވެ. އެކަމަކު ފިޔަވަޅު އެޅުމަކުން އަދި ނުފުދެއެވެ. އެކަން އެގޮތުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން އޮންނަން ޖެހެއެވެ. އެއީ އެތްލީޓުންނާއި, ކުޅުންތެރިންގެ ކާމިޔާބީއާއި ގުޅިފައިވާ މުހިއްމު ނިންމުމެކެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 އެޕްރީލު 2022

ބަންގްލަދޭޝް ސަރުކާރަށް ދިން ސްޕޯޓްސް އައިކަން ޕްރައިމް މިނިސްޓަރަށް އަރުވައިފި

18 އެޕްރީލު 2022
ބަންގްލަދޭޝް ސަރުކާރަށް ދިން ސްޕޯޓްސް އައިކަން ޕްރައިމް މިނިސްޓަރަށް އަރުވައިފި
28 މާރިޗު 2022

ސްޕޯޓްސް އެވޯޑްސް: ލެޖެންޑުންނާއި ޚާއްސަ މެހެމާނުންނަށް ޚަރަދުވީ 2.2 މިލިއަން

28 މާރިޗު 2022
ސްޕޯޓްސް އެވޯޑްސް: ލެޖެންޑުންނާއި ޚާއްސަ މެހެމާނުންނަށް ޚަރަދުވީ 2.2 މިލިއަން
22 މާރިޗު 2022

ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންގެ ހުނަރު ރަނގަޅު- ސުރޭޝް ރެއިނާ

22 މާރިޗު 2022
 ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންގެ ހުނަރު ރަނގަޅު- ސުރޭޝް ރެއިނާ
22 މާރިޗު 2022

ޒޯރާންއާއެކު ޓީޓީއަށް ދޮރުތަކެއް ހުޅުވިއްޖެ

22 މާރިޗު 2022
ޒޯރާންއާއެކު ޓީޓީއަށް ދޮރުތަކެއް ހުޅުވިއްޖެ
21 މާރިޗު 2022

ފާޑުކިޔުން އަމާޒުވިޔަސް ސްޕޯޓްސް އެވޯޑްސްގެ ސަބަބުން ދުނިޔެއަށް ރާއްޖެ އިޝްތިހާރުވެއްޖެ

21 މާރިޗު 2022
ފާޑުކިޔުން އަމާޒުވިޔަސް ސްޕޯޓްސް އެވޯޑްސްގެ ސަބަބުން ދުނިޔެއަށް ރާއްޖެ އިޝްތިހާރުވެއްޖެ
13 މާރިޗު 2022

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ރެފްރީ މާކަސް މާކްވެސް ސްޕޯރޓްސް އެވޯޑްސްއަށް!

13 މާރިޗު 2022
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ރެފްރީ މާކަސް މާކްވެސް ސްޕޯރޓްސް އެވޯޑްސްއަށް!
13 މާރިޗު 2022

ސްޕޯޓްސް އެވޯޑާއެކު އެތުލީޓުން މިހާރު ކުރާ މަސައްކަތް ޑަބަލްވާނެ: ސާއިދު

13 މާރިޗު 2022
ސްޕޯޓްސް އެވޯޑާއެކު އެތުލީޓުން މިހާރު ކުރާ މަސައްކަތް ޑަބަލްވާނެ: ސާއިދު
13 މާރިޗު 2022

އުންމީދަކީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ދިގު މުއްދަތަކަށް ދެމިގެން ދިޔުން: އަކްރަމް

13 މާރިޗު 2022
އުންމީދަކީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ދިގު މުއްދަތަކަށް ދެމިގެން ދިޔުން: އަކްރަމް
13 މާރިޗު 2022

ސްޕޯޓްސް އެވޯޑްސް 2022: ފަބްރީޒިއޯ ރޮމާނޯ ރާއްޖެއަށް

13 މާރިޗު 2022
ސްޕޯޓްސް އެވޯޑްސް 2022: ފަބްރީޒިއޯ ރޮމާނޯ ރާއްޖެއަށް
13 މާރިޗު 2022

މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްއަކީ ރާއްޖޭގެ ޗެމްޕިއަނުންގެ މެދުގައި ވާދަވެރިކަން އުފައްދައިދޭނެ އެވޯޑެއް- މުންތަޤިމް

13 މާރިޗު 2022
މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްއަކީ ރާއްޖޭގެ ޗެމްޕިއަނުންގެ މެދުގައި ވާދަވެރިކަން އުފައްދައިދޭނެ އެވޯޑެއް- މުންތަޤިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް