Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022

އުންމީދަކީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ދިގު މުއްދަތަކަށް ދެމިގެން ދިޔުން: އަކްރަމް

މީގެ ސަބަބުން އެތުލީޓުންނަށް އިތުރު ހިތްވަރެއް ލިބޭނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 13 މާރިޗު 2022 | އާދީއްތަ 08:58
ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ)

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ)

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ދިގު މުއްދަތަކަށް ދިގުދެމިގެން ދާނެކަމަށް އުންމީދުކުރާކަމަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ބުނެފިއެވެ.

ސްޕޯޓްސް އެވޯޑްސްއާއި ގުޅޭގޮތުން ރާއްޖެޓީވީއަށް އަކްރަމް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ކޮންމެ މަސައްކަތެއްގައިވެސް އެމީހަކު ކުރާ މަސައްކަތެއް ބަލައިގަތުމަކީ އެމީހަކު އެކަމެއްގައި ކުރިއަރާ ދިއުމަށް ލިބޭނެ އިތުރު ހިތްވަރަކަށް ވާނެ ކަމަށެވެ. އަދި މިކަހަލަ ބޮޑު އެވޯޑެއް ރާއްޖެއަށް ތައާރަފްކުރުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މި އެވޯޑު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަންވެސް އަކްރަމް ފާހަގަކުރިއެވެ.

މީގެ ކުރިން ހާވިރުންނާއި އެފްއޭއެމްއިން ވެސް ކުޅިވަރު އެވޯޑުތަކެއް ދިންކަން ފާހަގަކޮށް އަކްރަމް ބުނީ މިހާރު އެކަންވެސް ވަނީ ހުއްޓިފައިކަމަށެވެ. އެހެންކަމުން އުންމީދަކީ މި އެވޯޑު ދިގުމުއްދަތަކަށް ދެމިގެން ދިޔުންކަމަށެވެ. އަދި މިއެވޯޑާއެކު ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް އަކްރަމް ބުންޏެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އޮންނާނީ މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ސިންތެޓިކް ޓްރެކުގައެވެ. މި ހަފްލާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އެކި ކުޅިވަރު ޝަހުސިއްޔަތުން ބައިވެރިވާނެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022އަކުރަމް އަބްދުލް ޣަނީ

އިތުރަށް ކިޔާލަން

18 އެޕްރީލު 2022

ބަންގްލަދޭޝް ސަރުކާރަށް ދިން ސްޕޯޓްސް އައިކަން ޕްރައިމް މިނިސްޓަރަށް އަރުވައިފި

18 އެޕްރީލު 2022
ބަންގްލަދޭޝް ސަރުކާރަށް ދިން ސްޕޯޓްސް އައިކަން ޕްރައިމް މިނިސްޓަރަށް އަރުވައިފި
28 މާރިޗު 2022

ސްޕޯޓްސް އެވޯޑްސް: ލެޖެންޑުންނާއި ޚާއްސަ މެހެމާނުންނަށް ޚަރަދުވީ 2.2 މިލިއަން

28 މާރިޗު 2022
ސްޕޯޓްސް އެވޯޑްސް: ލެޖެންޑުންނާއި ޚާއްސަ މެހެމާނުންނަށް ޚަރަދުވީ 2.2 މިލިއަން
22 މާރިޗު 2022

ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންގެ ހުނަރު ރަނގަޅު- ސުރޭޝް ރެއިނާ

22 މާރިޗު 2022
 ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންގެ ހުނަރު ރަނގަޅު- ސުރޭޝް ރެއިނާ
22 މާރިޗު 2022

"ޓެކްނިކަލް އޮފިޝަލުންނާއި، މެޑިކަލް އޮފިޝަލުންގެ އަގު ވަޒަންކުރަން ފެށުމުގެ ނަތީޖާއަކަށްވާނީ އެތުލީޓުންގެ ފެންވަރު މަތިވުން"

22 މާރިޗު 2022
"ޓެކްނިކަލް އޮފިޝަލުންނާއި، މެޑިކަލް އޮފިޝަލުންގެ އަގު ވަޒަންކުރަން ފެށުމުގެ ނަތީޖާއަކަށްވާނީ އެތުލީޓުންގެ ފެންވަރު މަތިވުން"
22 މާރިޗު 2022

ޒޯރާންއާއެކު ޓީޓީއަށް ދޮރުތަކެއް ހުޅުވިއްޖެ

22 މާރިޗު 2022
ޒޯރާންއާއެކު ޓީޓީއަށް ދޮރުތަކެއް ހުޅުވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު