Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީޕީއޭއިން ކޮށްފައިވާ ޖޫރިމަނާ ދެއްކުން

ފުށިދިއްގަރު ފަރަށް ދެ އުޅަނދެއް އެރުމުން ކުރި 100 މިލިއަން ރުފިޔާގެ ޖޫރިމަނާ މިނިސްޓަރުވެސް ދަމަހައްޓަވައިފި

އީޕީއޭއިން މިހާރު ވަނީ ޖޫރިމަނާ ފައިސާއަށްވާ 100 މިލިއަން ރުފިޔާ 15 ދުވަސް ތެރޭގައި ދެއްކުމަށް އަންގާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 މާރިޗު 2022 | ހޯމަ 06:50
ފުށިދިއްގަރު ފަރަށް ދެ ބޯޓު އަރާފައި- އޭރު އުޅަނދުތައް ނަގައި އެންވަޔަރމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް އަންގާފައިވަނީ 19 މާރޗު 2017 ގައި

ފުށިދިއްގަރު ފަރަށް ދެ ބޯޓު އަރާފައި- އޭރު އުޅަނދުތައް ނަގައި އެންވަޔަރމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް އަންގާފައިވަނީ 19 މާރޗު 2017 ގައި

ކ. ފުށިދިއްގަރު ފަރަށް ދެ އުޅަނދެއް އެރި މައްސަލައިގައި ކުރި 100 މިލިއަންގެ ޖޫރިމަނާ މިނިސްޓަރ އޮފް އެންވަޔަރމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާވެސް ދަމަހައްޓަވައިފިއެވެ.

"މުތާ ރޯޔަލް" ކިޔާ ޓަގު ބޯޓާއި "މުތާ ގްރޭސް" ކިޔާ ބާޖު ފުށިދިއްގަރު ފަޅަށް އަރާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އޭރު އުޅަނދުތައް ނަގައި އެންވަޔަރމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް އަންގާފައިވަނީ 19 މާރޗު 2017 ގައެވެ.

Advertisement - newsAdvertisement

އީޕީއޭއިން އެ ސަރަޙައްދު ބެލުމަށްފަހު ސާރވޭއެއް ކޮށްފައިވެއެވެ. އަދި ސާރވޭގެ މަސައްކަތް ނިންމާފައިވަނީ 18 ސެޕްޓެމްބަރު 2017 ގައެވެ. އެއަށްފަހު އެ ފަރާތް ޖޫރިމަނާ ކޮށްފައިވަނީ 14 މާރޗު 2018 ގައެވެ. އެއީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުންނެވެ.

އަދި ޖޫރިމަނާއަށްވާ 100 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ދެ އުޅަަނދުގެ ލޯކަލް އޭޖެންޓުގެ ގޮތުގައި ހަރަކާތްތެރިވަމުން އައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް އޭރު އީޕީއޭއިން އެންގިއެވެ.

އެހެންނަމަވެސް، އީޕީއޭގެ މި ނިންމުން މިނިސްޓަރުގެ އަރިހުގައި އިސްތިއުނާފު ކޮށްފައިވާއިރު، އިސްތިއުނާފު މަރުޙަލާއަށް ގިނަ ދުވަސްތަކެއް ހޭދަވުމަށްފަހު މިހާރު އެ މައްސަލަ މިވަނީ ނިންމާފައެވެ.

އެކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، އޭރު ޖޫރިމަނާ ކުރި ނަމަވެސް، އެޕީލް މަރުޙަލާގައި ގިނަ ދުވަސްތަކެއް ވެގެން ދިޔަ ކަމަށެވެ. އަދި މިހާރު އީޕީއޭއިންވެސް ނިންމާފައިވާ ގޮތަށް، އެ ޖޫރިމަނާ ދެއްކުމަށް މިނިސްޓަރުވެސް އަންގަވާފައިވާކަމަށް ނައީމް ވިދާޅުވިއެވެ.

އީޕީއޭއިން މިހާރު ވަނީ ޖޫރިމަނާ ފައިސާއަށްވާ 100 މިލިއަން ރުފިޔާ 15 ދުވަސް ތެރޭގައި ދެއްކުމަށް އަންގާފައެވެ. އެގޮތުން އުޅަނދުތައް ފަރަށް އެރުމުގެ ސަބަބުން ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވިކަން އީޕީއޭއިން ފާހަގަކުރެއެވެ.

އަދި، ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާގެ ޢަދަދަކީ 110.39 މިލިއަން ރުފިޔާ ކަމަށް އީޕީއޭއިން ބުނެ އެވެ. ނަމަވެސް، ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ކަމުގައިވާތީވެ، ޖޫރިމަނާކޮށްފައިވަނީީ 100 މިލިއަން ރުފިޔާއިންކަމަށް އެޖެންސީން ބުނެ އެވެ. 

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުއެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު