Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މާލެ ވަޑައިގަތުން

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެންފި

ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަތީ 23 ފެބްރުއަރީގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 މާރިޗު 2022 | އާދީއްތަ 18:24
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ރާއްޖެވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ރާއްޖެވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އާދީއްތަ ދުވަހުގެރޭ ރާއްޖެވަޑައިގެންފިއެވެ.

ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަތީ 23 ފެބްރުއަރީ 2022ގައެވެ. އެގޮތުން ސިންގަޕޫރުގައި ކުރިއަށްދިޔަ މި ސަރޖަރީއަށްފަހު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ސަރޖަރީ ނިމިއްޖެކަމަށާއި ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޞާލިޙު ގެންދަވަނީ އެމަނިކުފާނުގެ ހާލުކޮޅާގުޅޭ މައުލޫމާތު ޓްވިޓަރ މެދުވެރިކޮށް އަމިއްލަފުޅަށް ހިއްސާ ކުރައްވަމުންނެވެ. އެގޮތުން އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ހޮސްޕިޓަލުން ދޫކޮށްލެއްވިކަން އިއުލާނު ކުރައްވާފައެވެ. އަދި ހާލުކޮޅު ރަނގަޅުކަމަށާއި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެނބުރި ރާއްޖެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދުނު ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ސަރޖަރީ ކުރައްވާތީ 25 ފެބްރުއަރީގައި ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާ ނައިބު ރައީސް ފައިސަލް ނަސީމް ވަގުތީ ގޮތުން ހަވާލުވެވަޑައިގަތެވެ. އަދި އޮޕަރޭޝަނަށްފަހު ރައީސް ވަނީ, ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އެދުވަހު ހަވާލުވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު