Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޅިވަރުން ދަސްކޮށްދޭ ކަންކަން

ބަންޑާރަ ކަޕް- އޮފީސް މޭޒުން ދަސްނުވާ އެތައް ކަމެއް ދަނޑުމަތިން

މި މުބާރާތުގައި މާލޭގައި ހުރި ހުރިހާ ކޯޓުތަކުންނާއި، ބައެއް ޕްރައިވެޓް ލޯ ފަރމްތަކުން ވެސް ބައިވެރިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 މާރިޗު 2022 | އާދީއްތަ 07:22
ފުޓްސަލް މުބާރާތުގެ ތެރެއިން

ފުޓްސަލް މުބާރާތުގެ ތެރެއިން

''މިއަދު ވަރަށް ބިޒީ. އެހެން ދުވަހަކަށް ދޯ ހަނދާނީ''މިއީ މިޒަމާނުގައި އާއްމު ޖުމުލައެކެވެ. ކޮންމެ ދުވަހަކު ވެސް ދުލުން ބޭރުކުރަން ޖެހިފައިވާ ޖުމުލައެކެވެ. އާއިލާއާއި ރައްޓެހިން ދޭ ދައުވަތުތަކަށް އާނއެކޭ ނުވަތަ ‘ޕޮސިބަލް’ އޭ މިއަދު ބުނެވޭނީ މަދު ފަހަރެއްގައެވެ. އޮފީހުގައި ނުވަތަ އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި ވަރަށް ބުރައެވެ. ދުވާލުގެ ގިނަ ވަގުތު ވަޒީފާގައި އުޅުމަށްފަހު ދެން އެހެން ކަމެއް ކުރާނެ ވަގުތެއް ނޯވެއެވެ. އެހެންކަމުން މިއަދު ގިނަ ޒުވާނުންގެ ސޯޝަލް ލައިފް ވަނީ ގެއްލިފައެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސަށް ނޭދެވޭ އެތައް އަސަރެއް ކުރާއިރު ދޭދޭ ގުޅުންތަކަށް ވެސް ބުރޫ އަރައެވެ.

މިފަދަ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ބަންޑާރަ ނައިބު އޮފީހުގެ ރެކްރިއޭޝަން ކުލަބު، ބަންޑާރަ ކުލަބުން އިސްނަގައިގެން މާރިޗު 1 އިން 7 އަށް، ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އިދާރާތަކަށް ހުޅުވާލައިގެން ފުޓްސަލް މުބާރަތެއް ވަނީ ފަށާފައެވެ. މި މުބާރާތުގައި މާލޭގައި ހުރި ހުރިހާ ކޯޓުތަކުންނާއި، ބައެއް ޕްރައިވެޓް ލޯ ފަރމްތަކުން ވެސް ބައިވެރިވެއެވެ.

މި މުބާރާތުގައި ޕީޖީ އޮފީހުން ފިރިހެން އަދި އަންހެން ޓީމް ވެސް ބައިވެރިވެއެވެ. އަދި މި މުބާރާތުގައި ޕީޖީ ހުސެއިން ޝަމީމް ވެސް ބައިވެރިވެވަޑައިގެންފައިވާއިރު، އޭނާ ވަނީ މުބާރަތް ކުރިއަށްދާ ގޮތާއި މެދު ތައުރީފް ވެސް ކުރައްވާފައެވެ. މަސައްކަތުގެ މާހައުލުގައި ބުރަކޮށް އުޅޭ މީހުންނަށް މިއީ އެހީއެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި މުބާރަތް ކުރިއަށް ދަނީ ވަރަށް ވާދަވެރި، އެހާމެ އެކުވެރި މާޙައުލެއްގައެވެ. ދުވަސްތަކެއް ވަންދެން ބައްދަލުނުވެ ތިބި އެކުރިވެރިންނާއި ބައްދަލުވެ، ހާލު ބަލައިލާ އުޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި ކުޅުމާއި ސަޕޯޓުކުރުމުގައި، މުވައްޒަފުންގެ ހުނަރާއި ހިތްވަރު ވަރަށް ގާތުން ފެންނަމުންދާކަމަށް ވިދާޅުވިއެވެ.

ކުޅިވަރަކީ ވަގުތަށް ފަށައި ކުރިއަށް ގެންދާ މުބާރާތްތަކެއްކަން ފާހަގަކުރައްވައި ޕީޖީ ޝަމީމް ވިދާޅުވީ މި ފުޓްސަލް މުބާރާތުން އާއްމު ރައްޔިތުންނަށް ވަރަށް ގިނަކަންކަން ފެނިގެންދާނެ ކަމަށާއި، ކޮންމެ ވަކީލަކު ވެސް، ފަނޑިޔާރަކު ވެސް، ގަޑިއަށް ކަމޭހިތައި ވަގުތަށް ކަންކަން ކުރާނެކަމުގެ ޔަގީން ލިބޭނެ ކަމަށެވެ.

އެގޮތުން މިހާރު ޕީޖީ އޮފީހުން މަސައްކަތް ފަށާފައިވަނީ ނެތެމުންދާ ކުޅިވަރާއި ދުޅަހެޔޮކޮށް ތިބުމުގެ ސަގާފަތް ދިރުވައި އާލާކުރުމަށެވެ. ޕީޖީ ޝަމީމް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ވަޒީފާގައި ތިބޭ މީހުން ބީއެފްޓީ (ބޭސިކް ފިޓްނަސް ޓެސްޓް) ހަދަންޖެހޭ ގޮތަށް ޕީޖީ އޮފީހުގެ މުވައްޒަފުނަށް ވެސް ޓެސްޓެއް ތަޢާރަފުކޮށް އަހަރަކު އެއްފަހަރު އެ ޓެސްޓުން ފާސްވާންޖެހޭ ގޮތަށް ހަދައި ދުޅަހެޔޮ ލައިފްސްޓައިލަކަށް މަގުފަހިކުރެވޭނެ ގޮތްތަކަކާމެދު މަޝްވަރާކުރަމުންދާ ކަމަށެވެ.

ފުޓްސެލް މުބާރާތުގެ ފޯރީގައި ޕީޖީ އޮފީހުން މިފެށި މަސައްކަތުގައި މުއައްސަސާތަކާއި، ކުންފުނިތަކުން ބައިވެރިވާން ޖެހެއެވެ. އެއީ ކުޅިވަރުގެ މުބާރާތްތަކުން އެތައް ކަމެއް ދަސްކޮށްދޭތީއެވެ. ކުޅިވަރަކީ ބާރުގަދަ އިޖްތިމާއީ ހަރަކާތަކަށްވާއިރު، މިފަދަ މުބާރާތްތަކުން އެތައް ކަމެއް ހާސިލް ކުރެވެއެވެ. އެގޮތުން ހީނަރުވެފައިވާ ގުޅުންތައް ބަދަހިވެ، ބީރައްޓެހިކަން ފިލައިދެއެވެ. އެކިއެކި މުއައްސަސާތަކުގެ މުއައްޒަފުން ދަސްވެ އެކުގައި މަސައްކަތްތައް ކުރުމަށް ފަސޭހަވާނެއެވެ.

ޕީޖީ ޝަމީމްވެސް ވިދާޅުވާ ބީދައިން އެކަމުގެ ސަބަބުން ދައުލަތުގެ ތެރޭގައި ސިޓީބިޓީ ބަދަލުކުރަންޖެހޭ މިންވަރު ދަށްވެ، ކުރިން ހައްލުނުވާ އެތައް ކަމެއް، އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން ހައްލުވާނެއެވެ.

ކުޅިވަރަކީ ތަފާތު ހަރަކާތަކަށްވާއިރު، އެއް ޓީމުން މޮޅުވާއިރު، އެނެއް ޓީމު ބަލިވާނެއެވެ. ޗެމްޕިއަންކަން ލިބޭނީ އަބަދުވެސް އެއް ޓީމަކަށެވެ. ގާނޫނީ ޒުވާބުތައް ވެސް ދަނީ މިބީދައިން ކަމަށްވާއިރު، އާއްމު ދިރިއުޅުމުގައި މިކަން ދަންނަން ޖެހެއެވެ. ޓީމް ވޯކް ވަރުގަދަ ކަމާއި، އެކަނިވެރިވެ ގަތުމަކީ ބަލިކަށިކަމެއްކަން ހާމަވެއެވެ. އަދި ތިމާއަށް ލިބިފައިވާ ހުނަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، އެ ހުނަރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރަންޖެހޭކަން ވެސް ހާމަވަގެންދެއެވެ.

މީގެ އިތުރުން ކުޅިވަރުގައި މޮޅުވާ ޓީމު އިހްތިރާމާއި އިހްސާންތެރިކަމާއި، އޯގާތެރިކަމާއެކު މޮޅުވާން ދަސްކޮށްދެއެވެ. އަދި ބަލިވާ ފަހަރު އިހްތިރާމާއި ގަދަރުވެރިކަމާއެކު ބަލި ގަބޫލުކުރަން ވެސް ދަސްކޮށްދެއެވެ. މިއާ ހިލާފަށް އަމަލު ކުރާނަމަ ކުޅިވަރު އަދި ދަސްނުވަނީއެވެ.

މިއީ މަސައްކަތުގެ މާހައުލުގައި ވެސް ކަން ހިނގާ އުސޫލެވެ. ތިމާ މަސައްކަތް ކުރާ މާހައުލުގައި މުއައްޒަފުންނާއި ގުޅުންބަދަހިނުކޮށް، ރުޅިވެރިކަމާއެކު އުޅޭ ކަމަށްވާނަމަ އެވަޒީފާއަކީ ތިމާއަށް އެންމެ އެކަށީގެންވާ ވަޒީފާތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން ރަނގަޅުވާނެއެވެ.

ކުޅިވަރުން އަހުލާގު ވެސް ދަސްކޮށްދެއެވެ. އެއް ޓީމެއްގެ ބެންޗަށް، ކޮންމެ މެޗެއްގައި ކާޑު ދައްކާނަމަ، އެއީ ރަސްމީ މަސައްކަތުގެ ދާއިރާގައި ވެސް ވިސްނާލަންޖެހޭނެ އެވެ. ކުޅިވަރުގެ ފޯރީގައި ބައެއް ކަންކަން ކުރެވޭނެއެވެ. ނަމަވެސް ހަމަ ކޮންމެ މެޗެއްގައި އެއް ކުޅުންތެރިއަކަށް ނުވަތަ އޮފިޝަލަކަށް، ތަކުރާރުކޮށް އެކި ރެފްރީންގެ ފަރާތުން އަދަބު ލިބޭނަމަ، މިއީ އިތުރަށް ވިސްނާލަން ޖެހިދާނެ ކަމެކެވެ. އަމިއްލަ އަހުލާގާ މެދު ވިސްނާ، ރަނގަޅު މަގަށް ރުޖޫއަވާން ދަސްކުރަންޖެހޭ ކަމުގެ ހެއްކެވެ.

އެހެންކަމުން މުވައްޒަފުންގެ މެދުގައި ހީނަރުވެފައިވާ ގުޅުން އިތުރަށް ބަދަހިކޮށްލުމަށް މުއައްސަސާތަކުން ތަފާތު ކުޅިވަރު މުބާރާތްތައް ބާއްވައި، ޒުވާނުންގެ ގެއްލިފައިވާ ސޯޝަލް ލައިފް ހޯދައިދިނުމަކީ ބޭނުންތެރިކަމެކެވެ. އެފަދަ ހަރަކާތްތަކާއެކު މަސައްކަތުގެ ހެޔޮ ނަތީޖާ ވެސް ފެންނާނެ ކަމާއި މެދު ޝައްކެއްނެތެވެ. އެއީ އޮފީސް މޭޒުން ދަސްނުވާ އެތައް ކަމެއް ދަނޑުމަތިން ދަސްކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާތީއެވެ.

ނޯޓް: މިއީ ހުސެއިން ޝަމީމްގެ ބުލޮގްގައި ލިޔެފައިވާ ލިއުމަކަށް ބަލައިގެން ލިޔެފައިވާ ރިޕޯޓެކެވެ.

ފީޗަރ ރިޕޯޓްހުސައިން ޝަމީމްަބަންޑާރަ ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025
ބޭންކުން ބަޣާވަތް ކުރިިިކަމަށް ބުނާ މައްސަލައިގައި އަސްލު ތުހުމަތު ރައްދުވާ ފަރާތް ސާފުވާން ޖެހޭނެ: ޝަމީމް

ބޭންކުން ބަޣާވަތް ކުރިިިކަމަށް ބުނާ މައްސަލައިގައި އަސްލު ތުހުމަތު ރައްދުވާ ފަރާތް ސާފުވާން ޖެހޭނެ: ޝަމީމް

27 އޯގަސްޓު 2024
ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި

ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި

23 ޖުލައި 2024
"ވާނުވާ" އަކީ މިހާރު ސިޔާސީ ވާހަކައެއް، އެކަން ޙައްލުކުރެވޭނީ ކޯޓުތަކަށް ވަސީލަތްތައް ދީގެން: ޝަމީމް

"ވާނުވާ" އަކީ މިހާރު ސިޔާސީ ވާހަކައެއް، އެކަން ޙައްލުކުރެވޭނީ ކޯޓުތަކަށް ވަސީލަތްތައް ދީގެން: ޝަމީމް

21 މާރިޗު 2024
ޝަމީމަށް ހަމަލާދިން މީހުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޝަމީމަށް ހަމަލާދިން މީހުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

01 ފެބުރުއަރީ 2024

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު