Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ރަޝިޔާ އިން ޔޫކްރެއިންގައި ހިންގަނީ ދިފާއުގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއް - ސީރިއާ

ރަޝިޔާއިން ދެކެނީ ހުޅަނގަކީ އެކުރެވިން ކަމުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 މާރިޗު 2022 | ހޮނިހިރު 13:12
ސީރިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ބައްޝާރު އަލް-ޖާފަރި އިންޓަވިއުއެއް ދެއްވަނީ

ސީރިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ބައްޝާރު އަލް-ޖާފަރި އިންޓަވިއުއެއް ދެއްވަނީ

ރަޝިޔާ އިން ޔޫކްރެއިންގައި ކުރަމުންދަނީ ހަނގުރާމައެއް ނޫންކަމަށާއި، އެއީ އަމިއްލަ ދިފާއުގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ވިދާޅުވެ ސީރިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ބައްޝާރު އަލް-ޖާފަރި ރަޝިޔާ ދިފާއު ކުރައްވައިފިއެވެ.

ރަޝިޔާ ޔޫކްރެއިންގައި ހިންގަނީ ދިފާއުގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ވިދާޅުވެ ރަޝިޔާގެ ދިފާއުގައި ޖަފާރި ވާހަކަދައްކަވާފައިވަނި ޗައިނާގެ ސީއެމްޖީއާއި ވާހަކަދައްކަވަމުންނެވެ. ބުރާސްފަތި ދުވަހު ދެއްވި އިންޓަރވިއުގައި ޖަފާރި ވިދާޅުވީ ރަޝިޔާ އިން އަބަދުވެސް ހުޅަނގަކީ އެކުވެރިން ކަމަށް ބަލައިގަނެފައިވާ ކަމަށާއި، ނަމަވެސް ހުޅަނގުގެ ގައުމުތަކުން ރަޝިޔާ އާއި ދޭތެރޭގައި އަމަލުކުރަމުން އަންނަނި ދުޝްމަނެއް ކަމަށް ބަލައިގެން ކަމަށެވެ.

ޖާފަރި ވިދާޅުވީ ރަޝިޔާގެ އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ނޭޓޯއިން އިރުމައްޗަށް އެމީހުންގެ ނުފޫޒު ފޯރުވުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓުވުން ކަމަށެވެ.

މި ފަހުން، އަޒަރބައިޖާނުންނާއި، އަލް-ތަންފް، އަފްގާނިސްތާން އަދި ބުކީނާ ފާސޯއިން ޓެރަރިސްޓުން އެހެންތަނަކަށް ގެންދިޔަކަމަަށް ވިދާޅުވެ ޖާފަރި ވިދާޅުވި ޓެރަރިސްޓުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ބައިނަލްއަގުވާމީ ފޯސް އެއް މިކަމުގެ ފަހަތުގައިވާ ކަމަށާއި، އެމީހުން އެތައް ހާސް ޓެރަރިސްޓުންނެއް އެއްތަނުން އަނެއް ތަނަށް ވިސާ އަކާ ނުލާ އަވަސް އަވަހަށް ބަދަލުކުރާ ކަމަށެވެ.

ޖާފަރި ވިދާޅުވީ މި ފޯސް އިން ޓެރަރިޒަމް ބޭނުން ކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށާއި، އެކަން ފުރަތަމަ ފެށީ ސީރިއާގައި ނަމަވެސް އެކަން ޔޫކްރެއިންއާއި ހަމައަށް ދެން ގެންދާނެ ކަމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަސީރިޔާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު