Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކުވެރި މުޖުތަމައެއް ބިނާކުރުން

މުޖުތަމައުން ބައިބައިވުމާއި ފިތުނަ ފަސާދަ ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ފުވައްމުލައް ސިޓީގެ މޭޔަރު

ޝަހީދުންގެ ދުވަސް ކުލަގަދަކޮށް ފުވައްމުލައް ސިޓީގައި ބޭއްވުމަކީ ހަމައެކަނި މާލެއަށް ބަރޯސާނުވެ މަސައްކަތް ކުރާކަމުގެ ހެއްކެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 މާރިޗު 2022 | ހޮނިހިރު 10:50
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން

މުޖުތަމައުން ބައިބައިވުމާއި ފިތުނަ ފަސާދަ ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ހޯމް މިނިސްޓްރީން މިފަހަރު ޝަހީދުންގެ ދުވަސް ފާހަގަކުރީ ފުވައްމުލައް ސިޓީ ކައުންސިލާ ގުޅިގެން އެސިޓީގައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ހަސަންއެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި މޭޔަރު ވިދާޅުވީ އެއްވެސް ރަށެއް, އަދި އެއްވެސް މީހެއްވެސް މިސަރުކާރުގައި ބާކީ ނުކުރާނެ ކަމަށާއި، އެކަން މިއަދު ސާބިތުކޮށްދެމުންދާ ކަމަށެވެ. މީގެ ކުރިން މިފަދަ ހުރިހާ ޖަލްސާތަކާއި ހަރަކާތްތައް ބާއްވަމުން ދަނީ މާލެ ސިޓީގައި ކަމަށާއި، ނަމަވެސް މިހާރު އަތޮޅުތެރެއަށް އިސްކަންދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޝަހީދުންގެ ދުވަސް ކުލަގަދަކޮށް ފުވައްމުލައް ސިޓީގައި ބޭއްވިގެން ދިއުމަކީ ހަމައެކަނި މާލެއަށް ބަރޯސާނުވެ މަސައްކަތް ކުރާކަމުގެ ހެތްކެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ މަގުސަދަށް އިޝާރަތްކުރައްވައި މޭޔަރު ވިދާޅުވީ, މިފަދަ ދުވަސްތައް ފާހަގަކުރުމުގެ ބޭނުމަކީ ހަމައެކަނި ޖަލްސާ ބާއްވާފައި ނިންމާލުން ނޫން ކަމަށާއި، މިކަހަލަ ހާދިސާތަކުން އިބުރަތް ހާސިލްކޮށް, ފިލާވަޅުތައް ހޯދައި، އެގޮތަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ފިތުނަ ފަސާދައާއި ބައިބައިވުން އޮތުމަކީ އަޅުވެތިވުމަށް މަގުފަހިވާ ކަމެއްކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ, މި މުޖުތަމައުން ބައިބައިވުމާއި ފިތުނަފަސާދަ ނައްތާލަން ޖެހޭކަމަށެވެ. އެހެންކަމުން އެންމެ އެކުވެރިވެ، އެކުގައި މަސައްކަތް ކުރުމަށް މޭޔަރު އެދިވަޑައިގަތެވެ.

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދުވަހާ ގުޅިގެން ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ ސުވާލު މުބާރާތާއި, ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަތަކަށް އައި ފަރާތްތަކަށް އިނާމުދިނެވެ. މީގެއިތުރުން ފުވައްމުލަކުގެ ދަރިވަރުންގެ ފަރާތުން ދުވަހާ ގުޅޭ ޚާއްސަ ހަރަކާތެއް ހުށަހަޅައިދިނެވެ.

ފުވައްމުލައް ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު