Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިސޯޓްތަކުގެ މުވައްޒަފުން ބޫސްޓަރ ޑޯޒް ޖެހުން

ރިސޯޓްތަކުގެ 61 އިންސައްތަ މުވައްޒަފުން ބޫސްޓަރ ޑޯޒް ޖަހައިފި

ރިސޯޓްތަކުގައި މަސައްކަތްކުރާ 97.6 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 މާރިޗު 2022 | ހޮނިހިރު 02:17
ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ވެކްސިން ޖަހަން ފެށުމުގެ ތެރެއިން

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ވެކްސިން ޖަހަން ފެށުމުގެ ތެރެއިން

ރިސޯޓުތަކުގައި މަސައްކަތްކުރާ 61.8 އިންސައްތަ މުވައްޒަފުން ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މާޗް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް, ރިސޯޓްތަކުގައި މަސައްކަތްކުރާ 97.6 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 99.8 އިންސައްތަ މުވައްޒަފުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.

Advertisement - newsAdvertisement

ރާއްޖޭގައި މިވަގުތު އޮޕަރޭޓުކުރާ 152 ރިސޯޓެއް އޮތްއިރު، މިރިސޯޓުތަކުގައި ޖުމްލަ 41،431 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފަތުރުވެރިކަމުގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން އެއަރޕޯޓުގައި މަސައްކަތް ކުރާ ޓޫރިސްޓު ރެޕުންނަށް ފަސޭހަކަމާއެކު ބޫސްޓަރ ޑޯޒު ޖެހޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި އިންތިޒާމު ހަމަޖައްސާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމާއި މޯލްޑިވެސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް ގުޅިގެންނެވެ.

އެންމެ އިސްކަމެއް ދީގެން ވެކްސިން ދެމުން އަންނަނީ ފަތުރުވެރިންނާ ގާތުން ޚިދުމަތް ދިނުމުގައި މަސައްކަތް ލކުރާ މުވައްޒަފުންނަށެވެ.

މީގެއިތުރުން ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, 2020 ވަނަ އަހަރުގެ ޖުލައި މަހުން ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 0.19 އިންސައްތައިގައެވެ. 2021 ވަނަ އަހަރު މިނަމްބަރު ހުރީ 0.30 އިންސައްތައިގައެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 2 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 0.49 އިންސައްތައިގައެވެ. ކޮވިޑް-19އާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވާލާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު