Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާގެ އިގްތިސާދު

ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކަރިސާއިން އަރައިގަތުމަށް ކަރަންޓާއި ތެލުން ނަގާ ޓެކްސް ބޮޑުކުރަން ހުށަހަޅައިފި

ސްރީލަންކާއިން ދަނީ މީގެ ކުރިން ކުރިމަތިލާންޖެހިފައި ނުވާވަރުގެ އިގްތިސާދީ ކާރިސާއަކާ ކުރިމަތިލަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 މާރިޗު 2022 | ހުކުރު 08:08
ސްރީލަންކާ، ކޮލަމްބޯ

ސްރީލަންކާ، ކޮލަމްބޯ

ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ 8 ކަމެއް ސްރީލަންކާގެ ސެންޓްރަލް ބޭންކުގެ މަނިޓަރީ ބޯޑުން އެގައުމުގެ ސަރުކާރަށް ހުށަހަޅައިފިއެވެ.

މީގެ ތެރޭގައި އެއް ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ މިވަގުތަށް އެންމެ ބޭނުންތެރި ނޫން ތަކެތި އެގައުމަށް އެތެރެކުރުން ވީހާވެސް އަވަހަކަށް ހުއްޓާލުމަށްޓަކައި މިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. މިއީ މީގެ ކުރިންވެސް ލަންކާގެ ސެންޓްރަލް ބޭންކުން ދީފައިވާ ލަފަޔަކަށް ބިނާކޮށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. ދެވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ތެލުގެ އަގު އަދި ކަރަންޓުން ނަގާ ޓެކްސް އިތުރުކުރުމަށެވެ.

ތިންވަނަ ކަމަކަށް ހުށަހަޅާފައިވަނީ ބޭރުގެ ގައުމުތަކުން މާލީ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރުމަށާއި، އަދި އިންވެސްޓްމެންޓްތައް އިތުރުކުރުމަށް މަސައްކަތްކުރުމަށެވެ. ބޭކާރު ގޮތުގައި ހަކަތަ ބޭނުންކުރުން މަދުކުރުމަަށް ބާރުއެޅުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި، އަދި ހަކަތަ އުފެއްދުމަށް ތެޔޮ އަންދާމިންވަރު މަދުކޮށް އަވިން ހަކަތަ އުފެއްދުމާއި ދިމާލަށް ދިޔުމަށް މަސައްކަތްކުރުމަށް ހަތަރު ވަނަ ކަމެއްގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ.

ފަސްވަނަ ކަމަކަށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެކަށީގެންވާ އަދަދަކުން ޓެކްސް ނެގުމަށް ހުށަހަޅާފައިވެއެވެ. ހަވަނަ ކަމަކަށް އަލުން އަނބުރާ ދައްކަން ނުޖެހޭ ގޮތަށް އެހެން ގައުމުތަކުގެ މާލީ އެހީ ހޯދުމަށް ތައްޔާރުވުމަށް ވަނީ ހުށަހަޅާފައެވެ. ހަތްވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ވަނީ ބޭނުންނުކޮށް ހުރި އެސެޓުތަކާއި، ކޮންމެހެން ބޭނުންނުވާ އެސެޓުތައް ވިއްކައިގެން އެއިން އާމްދަނީ ހޯދުމަށެވެ. އަދި 8 ވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ މިވަގުތަށް އެހާ ބޭނުންތެރި ނޫން ޕްރޮޖެކްޓުތައް މަޑުޖައްސާލުމަށެވެ.

މިކަންކަން ކޮށްގެން ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އެހީތެރިވެދޭނެ ކަމަށް ލަންކާގެ ސެންޓްރަލް ބޭންކުން ބުނެފައިވެއެވެ.

ސްރީލަންކާއިން މިހާރު ދަނީ މީގެ ކުރިން އެގައުމަށް ކުރިމަތިލާންޖެހިފައި ނުވާވަރުގެ އިގްތިސާދީ ކާރިސާއަކާއި ކުރިމަތިލަމުންނެވެ. މީގެ ސަބަބުން ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ ނުލިބުމާއި، އަސާސީ އެތައް ކަމެއް ކުރުމަށްވެސް އެގައުމަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ.

ސްރީލަންކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް