Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022: ހޮސްޕިޓަލިޓީ ޕާޓްނަރަކަށް ކްރޮސްރޯޑްސް

15 ކުޅިވަރު ސަހުސިއްޔަތުން މި އިވެންޓުގައި ބައިވެރިވާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 3 މާރިޗު 2022 | ބުރާސްފަތި 15:20
މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022ގެ ހޮސްޕިޓަލިޓީ ޕާޓްނަރަކަށް ކްރޮސް ރޯޑްސް ހަމަޖެއްސުމަށް ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022ގެ ހޮސްޕިޓަލިޓީ ޕާޓްނަރަކަށް ކްރޮސް ރޯޑްސް ހަމަޖެއްސުމަށް ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކުޅިވަރާއި ބެހޭ ވުޒާރާއިން މި މަހު 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ގެ ހޮސްޕިޓަލިޓީ ޕާޓްނަރަކަށް ކްރޮސް ރޯޑްސް ހަމަޖައްސައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ގައުމީ ފުޓުބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފެވެ. އަދި ކްރޮސް ރޯޑްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ޓޮލްގާ އުނާންއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، ކުޅިވަރާއި ބެހޭ ވުޒާރާގެ މަސައްކަތްތަކަށް ކްރޮސް ރޯޑްސްގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިބޭ ކަމަށާއި، އެކަމަށް ކްރޮސް ރޯޑްސްއަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން މި އެވޯޑަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތިބުމުގެ އިންތިޒާމްތަކާއި އެހެނިހެން ކަންކަން ހަމަޖެހިގެންދާނީ ކްރޮސް ރޯޑްސްގައި ކަމަށެވެ. އަދި ކްރޮސް ރޯޑްސްގައި މި އެވޯޑް ހަފްލާއަށް އަންނަ ތަރިން ތިބުމަކީ އެ ރިސޯޓަށާއި، ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރާއި ބެހޭ ވުޒާރާއިން ބުނީ ސްޕޯޓްސް އެވޯޑްސް އިތުރަށް ފުރިހަމަކުރުމައްޓަކައި ދުނިޔޭގެ އެހާރާއި މިހާރުގެ މަޝްހޫރު 15 ކުޅުންތެރިން ނޫނީ ކުޅިވަރުގެ ސަހުސިއްޔަތުން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކްރޮސް ރޯޑްސްގެ މެނޭޖިންގ ޑިރެކްޓަރު ޓޮލްގާ ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ކުޅިވަރު އިވެންޓުތައް ބޭއްވިދާނެ މަންޒިލެއް ކަމަށެވެ. އަދި އެކަން ސާބިތުކޮށްދޭން ކްރޮސް ރޯޑްސްއަށް ލިބިފައިމިވާ ފުރުސަތުގެ ބޭނުން ހިފަން ތައްޔާރަށް ހުންނެވިކަމަށް ޓޮލްގާ ވިދާޅުވިއެވެ.

މީގެ އިތުރުން ޓޮލްގާ ވިދާޅުވީ ކްރޮސް ރޯޑްސްއަކީ ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް އަބަދުވެސް އެހީތެރިކަން ދޭނެ ތަނެއް ކަމަށާއި، އަދި މި ތާރީޚީ އިވެންޓުގައި ބައިވެރިވެވޭތީ އެކަމާ އުފާކުރާ ކަމަށެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ ބްރޯޑްކާސްޓިންގ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ރާއްޖެ ޓީވީއެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ އަދަދު ނޫހެވެ. އެހެންކަމުން ރާއްޖެ ޓީވީން މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ އެންމެ ފަހުގެ އަޕްޑޭޓްތައް އާންމުންނާއި ހަމަޔަށް ގެނަސްދޭނެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022ކުޅިވަރާ ބެހޭ ވުޒާރާ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
01 ސެޕްޓެމްބަރު 2023

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި
18 ޖުލައި 2023

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

18 ޖުލައި 2023
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް
09 މެއި 2023

ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

09 މެއި 2023
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް
08 މެއި 2023

ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް

08 މެއި 2023
ޤައުމު، ޤައުމަކަށް ވަނީ، ފަންނުވެރިންގެ ބުރަ މަސައްކަތުން: ރައީސް
08 މެއި 2023

ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލް ފަށައިފި

08 މެއި 2023
ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލް ފަށައިފި
09 އެޕްރީލު 2023

މާޒިޔާ އަށް ފައިސާ ދީފައި އެހެން ކުލަބުތައް "ބާކީ" ވެފައި

09 އެޕްރީލު 2023
މާޒިޔާ އަށް ފައިސާ ދީފައި އެހެން ކުލަބުތައް "ބާކީ" ވެފައި
24 މާރިޗު 2023

"ކްރިއޭޓިވް އައިލްސް" ކުރެހުމުގެ ހަރަކާތް ފަށައިފި

24 މާރިޗު 2023
"ކްރިއޭޓިވް އައިލްސް" ކުރެހުމުގެ ހަރަކާތް ފަށައިފި
18 މާރިޗު 2023

ނިހާޔާ، ނަބާހާ، ހުޒާމް، މާޖިދާ، އަޒްމީން، ދީމާ، އަދި ރާހިލް ވެސް އެވޯޑް ހޯދައިފި

18 މާރިޗު 2023
ނިހާޔާ، ނަބާހާ، ހުޒާމް، މާޖިދާ، އަޒްމީން، ދީމާ، އަދި ރާހިލް ވެސް އެވޯޑް ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު