Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިއްސެގެ މަރުގެ މައްސަލަ

އިއްސެގެ މަރު: ސުމޮންގެ މައްޗަށް ކުށް ސާބިތުވޭތޯ ދެން އޮންނަ އަޑުއެހުމެއްގައި ކަނޑައަޅަނީ

ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔައީ ޚުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 މާރިޗު 2022 | ބުރާސްފަތި 08:09
ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ

ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ

ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމުގެ މަރުޙަލާ ނިންމާލައިފިއެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔައީ ޚުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެވެ. އެގޮތުން ފުރަތަމަ ދައުލަތުން ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ. ވަކި ހިސާބަކަށް ޚުލާސާ ބަޔާން އިއްވަމުންގޮސް ޝަރީއަތް މެދުކަނޑާލީ ދައުލަތުގެ ވަކީލާ މަރުގެ މައްސަލައެއްގެ އަޑުއެހުމަކަށް ހާޒިރުވާން ޖެހޭތީއެވެ.

ޝަރީއަތް މެދުކެނޑުމަށްފަހު އަލުން ފެށުމުން ދައުލަތުން ވަނީ ޚުލާސާ ބަޔާނުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހެކިންގެ ހެކިބަސްތަކުން ފާހަގަވި ނުކުތާތައް ދައުލަތުން ވަނީ ހިއްސާ ކޮށްފައެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ހަށިގަނޑު ފެނުނީ އައިސް ޕްލާންޓުގައި ހުރި ޓޭންކެއްގެ ކައިރިންކަމަށް ފުލުހުންވެސް ބުނެފައިވާ ކަމަށެވެ. އަދި ސުމޮން މިއާ ތަހުގީގަށް ކިޔާދިން ވާހަކަތަކުންވެސް، ޝަރީއަތަށް ކިޔާދީފައިވާ ވާހަކަތަކަށް ބާރު ލިބިދޭކަން ދައުލަތުން ފާހަގަކުރެއެވެ.

އިއްސެގެ ހަށިގަނޑު ބެލި ފުލުހުން ބުނެފައިވަނީ އޭނާގެ ހަށިގަނޑުގައި ބޮޑެތި ޒަޚަމްތައް ހުރި ކަމަށެވެ. އެގޮތުން ބުރަކައްޓާއި ކަރުގައި ބޮޑެތި ޒަޚަމްތަކެއް ހުއްޓެވެ. އޭރުވެސް ހަށިގަނޑު ދަމާފައި އައިސް ޕްލާންޓް ތެރެއަށް ވެއްދުމަށް ބޭނުންކުރި ވާގަނޑު ކަރުގައި އައްސާފައި އޮތެވެ. އަދި ޙަމަލާދިން ވަޅި ފެނުނީވެސް އައިސް ޕްލާންޓް ތެރޭގައި ހުރި އައިސް ބޮކްސްއެއްގެ ތެރެއިންކަމަށް މާއްދީ ހެކި ނެގި ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ޙާދިސާގެ ސީންއިން ނެގި ސާމްޕަލްތަކާއި ސުމޮން މިއާގެ ފިންގަރ ޕްރިންޓާއި ދިމާވާކަމަށް ބުނެފައެވެ.

ދައުލަތުން ބުނެފައިވަނީ މިއީ ސީދާ ސުމޮން މިއާ ކޮށްފައިވާ ކަމެއްކަމަށް ހެކިތަކާއި، ޙާދިސާއަށް ބަލާއިރު ސާފުވާކަމަށް ދައުލަތުން ދެކޭ ކަމަށެވެ.

ހެކިބަސް ނެގުމުގެ މަރުޙަލާއަށްފަހު ސުމޮން ވަނީ އޭނާ އިއުތިރާފުވީ އޭނާއަށް ފުލުހުން އަނިޔާކުރުމުންކަމަށް ބުނެފައެވެ. ނަމަވެސް އޭނާ ފުރަތަމަ ކުށަށް އިއުތިރާފުވީ ހދ.ކުޅުދުއްފުށީގައެވެ. އަދި އޭނާ ތުހުމަތު ކުރި ފުލުސް އޮފިސަރުންނާއި އޭނާ އާއި ދިމާވެފައިވަނީ އޭގެ ފަހުގެ މަރުޙަލާއެއްގައިކަމާއި، އޭނާއަށް އަނިޔާކޮށްފައިވާކަމަށް އެ ދުވަހާއި ހަމައަށްވެސް އެއްވެސް ވާހަކައެއް އޭނާ ދައްކާފައިނުވާކަން ދައުލަތުން ފާހަގަކުރިއެވެ.

އޭނާ ދެފަހަރެއްގެ މަތިން ޝަރީއަތުގައިވެސް އިއުތިރާފުވެފައިވާއިރު، އެ އިއުތިރާފަށް ބާރު ލިބިދޭ އެތައް ހެއްކެއް ހުރިކަންވެސް ދައުލަތުން ފާހަގަކުރިއެވެ. ދައުލަތުން ވަނީ މި މައްސަލަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑަައަޅުއްވައިދެއްވުމަށް އެދިލައްވާފައެވެ.

ދެން ކުރިއަށް ގެންދިޔައީ ދިފާއުން ޚުލާސާ ބަޔާން އިއްވުމުގެ ބައެވެ. ސުމޮން މިއާގެ ވަކީލު ވިދާޅުވީ، ސުމޮން މިއާ އޭނަގެ އިއުތިރާފުން ރުޖޫއަވީ ޚުލާސާ ބަޔާން އިއްވަން ކައިރިވެފައިވަނިކޮށް ކަމަށެވެ. އެގޮތުން އޭނާގެ ވަކީލު އެކަން އިތުރަށް ސާފު ކުރުމުން ސުމޮން ވަނީ އޭރު އިއުތިރާފުވީ ފުލުހުން އަނިޔާ ކުރުމުން، އެކަމުގެ ބިރުގައިކަމަށް ބުނެފައެވެ.

ސުމޮން މިއާގެ ތުހުމަތާއި ގުޅިގެން އެކަންކަން ސާފު ކުރުމަށް ހާޒިރުކުރި ފުލުސް އޮފިސަރުންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށް ދިފާއީ ވަކީލާ ވިދާޅުވިއެވެ. އެގޮތުން ތަހުގީގަށް ސުމޮން މިއާ ގެންގޮސް ބޭނދި ތަނާއި ގުޅޭގޮތުން ދެފަރާތުން ދެއްކި ވާހަކަ ފުށުއަރާކަމަށް ދިފާއީ ވަކީލާ ވިދާޅުވިއެވެ. ދިފާއުން ވަނީ މި ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިލައްވާފައެވެ.

މި މައްސަލައިގައި ދެފަރާތުން ޚުލާސާ ބަޔާން އިއްވާފައިވާއިރު، ދެން އޮންނާނީ މައްސަލަ ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ބާއްވާ އަޑުއެހުމެކެވެ. ދައުވާ ސާބިތުވެއްޖެނަމަ، ދެން އޮންނާނީ ވާރިސުންގެ ހެކިބަސް ނަގައި، ޙުކުމް ކުރެއްވުމެވެ. މިހިނގާ މާރޗު މަސް ތެރޭގައި މި މައްސަލައިގެ އަޑުއެހުން އޮންނާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު