Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިއްސެގެ މަރުގެ މައްސަލަ

އިއްސެގެ މަރުގެ ޚުލާސާ ބަޔާން: އެކަން ކުރީ އަނބިމީހާގެ މައްސަލައާހުރެ ހިތްދަތިވެގެންކަމަށް ސުމޮން ބުނޭ

3 މާރިޗު 2022 | ބުރާސްފަތި 05:27

ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ސުމޮން މިއާގެ މައްޗަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 މާރިޗު 2022 | ބުރާސްފަތި 05:27
ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ

ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ

ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ސުމޮން މިއާގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

Advertisement - newsAdvertisement

މި އަޑުއެހުމަކީ މި މައްސަލައިގެ ދެފަރާތުން ޚުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. އެންމެ ފުރަތަމަ ދައުލަތުން ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ.

2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އިހަވަންދޫ އައިސް ޕްލާންޓުގެ ތެރޭގައި ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އިއްސެގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެންމެ އިސްކޮށް އުޅުނު ކަމުގެ ތުހުމަތު ދައުލަތުން ކޮށްފައިވަނީ ސުމޮން މިއާގެ މައްޗަށެވެ. އިއްސެ މަރާލާފައިވަނީ އޭނާ އެކޮމޮޑޭޝަން ބްލޮކްގައި ނިދާފައި އޮއްވައެވެ.

މި މައްސަލައިގައި ސުމޮން މިއާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި އޭނާ ކުށަށް އިއުތިރާފުވިއެވެ. ނަމަވެސް އެ އިއުތިރާފުން އޭނާ ރެކުމުގެ ފުރުސަތު އޮތުމާއެކު ދައުލަތުން ވަނީ ހެކިންގެ ހެކިބަސް ނެގުމާއި، ކަން ހިނގާ ދިޔަ ގޮތް ސުމޮން މިއާގެ ފަރާތުން ކިޔާދިނުމަށް އެދިފައެވެ.

ކުށް ކުރި ސަބަބު:

ޝަރީއަތުގައި އޭނާ ބުނެފައިވަނީ އޭނާ ލައްވާ މަސައްކަތް ކުރުވި ނަމަވެސް، އޭނާއަށް އޯޓީ ފައިސާ ދޭން އިއްސެ އެއްބަސް ނުވާ ކަމަށާއި، ސުމޮން މިއާގެ އަންހެނުންނަށް ގުޅުމުގެ ފުރުސަތުވެސް ނުލިބޭ ކަމަށެވެ. އަދި ގިނަ ވަގުތު ބުރަކޮށް މަސައްކަތް ކުރަންޖެހޭއިރު، އޭނާއަށް ޖިސްމާނީ އަނިޔާވެސް ބައެއް ފަހަރު އިއްސެގެ ފަރާތުން ލިބޭ ކަމަށެވެ. އަދި އިއްސެ މަރާލަން ނިންމީ، އޭނާގެ އަންހެނުންނަށް ގުޅުމުގެ ފުރުސަތު ނުލިބި، އޭނާ ވަރި ކުރަންޖެހޭ ހިސާބަށް ދިއުމުންކަމަށް ޝަރީއަތުގައި ސުމޮން ވަނީ ބުނެފައެވެ.

ސުމޮން ބުނާ ގޮތުގައި އަންހެނުންނަށް ވަގުތު ނުދޭތީ އޭނާ ވަރިކުރުމަށް އަންހެނުންގެ މައިންބަފައިންވެސް ދިޔައީ އެދެމުންނެވެ.

ކުށް ކުރި ގޮތް:

އެހިސާބުން ސުމޮން މިއާ ފިލައިގެން ދިރިއުޅެނީ އެހެން ތަނެއްގައެވެ. އަދި އެއް ރޭ އިއްސެ ނިދާފައި އޮއްވައި ނައިލޯނު ވާގަނޑަކާއި 12 އިންޗީގެ ވަޅިއެއް ހިފައިގެން އެ ކޮޓަރިއަށް ދިޔަކަމަށް އޭނާ ބުންޏެވެ. އެއަށްފަހު ބާލީސް ދަށަށް ވާގަނޑު ލައްވައިގެން ކަރުގައި އަޅުވަން އުޅެނިކޮށް އިއްސެއަށް ހޭލެވުމުން، ދެމީހުންގެ މެދުގައި މާރާމާރީ ހިނގައި، އޭނާއަށް ވަޅިން ޙަމަލާ ދިނީއެވެ.

އެއަށްފަހު އޭނާގެ ރައްޓެއްސެއް މެދުވެރިކޮށް ލޯންޗެއް ހަމަޖައްސައިގެން އެހެން ރަށަކަށް ދާން މަސައްކަތް ކުރިކަމަށް އޭނާ ބުންޏެވެ. އަދި އަލުން އިއްސެ އޮތް ކޮޓަރިއަށް ގޮސް، އޭނާގެ ހަށިގަނޑު ދަމާފައި އެތަނުގައި ހުރި ލޮނުފެން ޓޭންކެއް ކައިރިއަށް ގެންގޮސް ބޭއްވީއެވެ. އެއަށްފަހު ކޮޓަރިތެރެއަށް ފެން ބާލިދީއެއް އަޅައި، އިއްސެގެ ދަބަހުގައި ހުރި ފައިސާ ނަގައިގެން އޭނާ ހަމަ އެވަގުތު ފުރައިގެން ދިޔައީއެވެ. ލޯންޗަށްވެސް ފައިސާ ދެއްކީ އިއްސެގެ ދަބަހުން ނެގި ލާރިންނެވެ.

އެއަށްފަހު އެ ލާރިން މާލެ ދިޔުމަށްވެސް އޭނާ ފައިސާ ދެއްކިއެވެ. އަދި މާލެ ދިޔުމަށް ތައްޔާރީތައް ވެފައި ހުއްޓައި، އޭނާ ހައްޔަރުކުރީއެވެ.

މި ހުރިހާ ވާހަކައެއް އޭނާ ކިޔާދީފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތިކަން ފާހަގަކޮށް އޭނާ ވަނީ އިއުތިރާފު ދަމަހައްޓާފައެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ހުށައެޅުމުންވެސް އޭނާ ވަނީ އިއުތިރާފު ދަމަހައްޓާފައެވެ. އެއީ 27 ނޮވެމްބަރު 2017 ގައި ބޭއްވި އަޑުއެހުމެވެ.

ކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް