Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާއިން ޔޫކްރެއިނުން ފޭބުމަށް ފާސްކުރުން

ރަޝިޔާއިން ޔޫކްރެއިނުން ފޭބުމަށް ގޮވާލައި އދ. ގެ އާންމު މަޖިލީހުން ގަރާރު ފާސްކޮށްފި

2 މާރިޗު 2022 | ބުދަ 21:08

ގަރާރާ ދެކޮޅަށް ވޯޓުދީފައިވާ 5 ގައުމަކީ ރަޝިޔާ، ސީރިޔާ، ބެލަރޫސް، އުތުރު ކޮރެއާ އަދި އެރިޓްރިއާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 މާރިޗު 2022 | ބުދަ 21:08
އދގެ އާންމު މަޖިލީހުގައި ގަރާރު ފާސްކުރަނީ

އދގެ އާންމު މަޖިލީހުގައި ގަރާރު ފާސްކުރަނީ

ޔޫކްރެއިން އަށް ރަޝިޔާ އިން ދެމުންދާ ހަމަލާތައް ހުއްޓާލާ ޔޫކްރެއިން އަށް އަރާތިބި ރަޝިޔާގެ އަސްކަރީ ފައުޖުތައް ޔޫކްރެއިން އިން ފޭބުމަށް އދ ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.

193 ގައުމުގެ ތެރެއިން މި ގަރާރު ފާސްކުރުމަށް ވޯޓު ދީފައިވަނީ 141 ގައުމަކުންނެވެ. ޗައިނާ އާއި އިންޑިޔާ ހިމެނޭ ގޮތުން 35 ގައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ. ރާއްޖެހިމެނޭ ދެކުނު އޭޝިޔާ ސަރަހައްދުން ސްރީލަންކާ، ޕާކިސްތާން އަދި ބަންގްލަދޭޝްވެސް ވަކި ކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ. އިރާނާއި އިރާގު އަދި ދެކުނު އެފްރިކާއިންވެސް ވަކިކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ. ގަރާރާ ދެކޮޅަށް ވޯޓުދީފައިވަނީ 5 ގައުމަކުންނެވެ. އެއީ ރަޝިޔާ، ސީރިޔާ، ބެލަރޫސް، އުތުރު ކޮރެއާ އަދި އެރިޓްރިއާ އެވެ.

އާންމު މަޖިލީހުން ފާސްކުރި ގަރާރަށް ރަޝިޔާއިން އަމަލުކުރާކަށް މަޖުބޫރެއް ނުވާނެއެވެ. ނަމަވެސް މިގަރާރުގެ ސަބަބުން ރަޝިޔާއަށް ފިއްތުންތައް އިތުރުވާނެއެވެ.

ވޯޓަށް ފަހު ވާހަކަދައްކަވަމުން އދ ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް ވިދާޅުވީ ޔޫކްރެއިންގެ ރައްޔިތުން ތިބީ އިންތިހާއަށް ސުލްހަ ބޭނުންވެފައި ކަމަށާއި މުޅި ދުނިޔެއިން ގޮވަމުން ދަނީވެސް ސުލްހައަށްކަމަށެވެ.

ހަނގުރާމަ ހިނގަމުންދާތާ ހަފްތާއެއް ވީއިރު އދން ރަޝިޔާއަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ހުށަހެޅި ގަރާރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެމެރިކާއިން އދށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބަސެޑަރ ލިންޑާ ތޯމަސް ގްރީންފީލްޑް ވިދާޅުވީ ރަޝިޔާއިން ވަނީ ޔޫކްރެއިންގެ އިންފްރާސްޓަރަކްޗަރ ހަލާކުކޮށްލާފައި ކަމަށެވެ. އޭގެތެރޭގައި ފެނާއި ގޭހާއި މިނޫންވެސް ޒަރޫރީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޚިދުމަތްތަކުގެ އިންފްރާސްޓަރަކްޗަރ ހަލާކުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ގަރާރުގައި ރަޝިޔާގެ ނިއުކްލިއަރ ފައުޖު ތައްޔާރީ ހާލަތަށް ގެނައުން ކުށްވެރިކުރާކަމަށްވެސް ހިމަނާފައިވެއެވެ. މިގަރާރަށް ވާހަކަ ދެއްކުމަށް ހުޅުވާލުމުން ގިނަ ގައުމުތަކަކުން ވަނީ ރަޝިޔާ ކުށްވެރިކޮށް ވާހަކަދައްކާފައެވެ.

ރަޝިޔާއިން ޔޫކްރެއިން އަށް އަމާޒުކޮށް ހަމަލާތައް ދެމުންދާއިރު އެމެރިކާ އާއި ހުޅަނގުން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ހުޅަނގުން ތުހުމަތުކުރަނީ ރަޝިޔާއިން ޔޫކްރެއިންގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދޭކަމުގައެވެ. ނަމަވެސް ރަޝިޔާއިން އދ ށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބަސެޑަރ ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި މިގަރާރުގެ ސަބަބުން އިތުރަށް ހާލަތު ގޯސްވެދާނެކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައެކުވެރި ދައުލަތްތައް (އ.ދ.)

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް