Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތް

ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކުރުމަށް ބައިނަލްއަގުވާމީ މުއާހަދާއެއް، ރާއްޖޭގެ ތާއީދާއިއެކު އެކުލަވާލުމަށް ފާސްކޮށްފި

ކެމިކަލް، އަދި ކުނި މެނޭޖްކުރުމަށް ބާރުއަޅާ ރެޒޮލިއުޝަނެއް ވެސް މި އެސެމްބްލީއަށް ހުށައަޅާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 2 މާރިޗު 2022 | ބުދަ 18:20
ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަންގެ ތެރެއިން

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަންގެ ތެރެއިން

ކެންޔާގެ ވެރިރަށް ނައިރޯބީގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަންގައި ޕްލާސްޓިކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ މުއާހަދާއެއް އެކުލަވާލުމަށް ފާސްކޮށްފިއެވެ.

ދުނިޔޭގެ 193 މެންބަރު ގައުމުން ބައިވެރިވާ މި ބައްދަލުވުމުގައި ޕްލާސްޓިކުގެ ޒަރީއާއިން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ގާނޫނީ ބާރު ލިބިދޭ މުއާހަދާއެއްގެ ބޭނުންތެރިކަން ފާހަގަކޮށް ރެޒޮލިއުޝަނެއް ހުށަހަޅާފައިވެއެވެ. މި ރެޒޮލިއުޝަނަށް ރާއްޖެއިން ވަނީ ފުރިހަމައަށް ތާއީދުކޮށްފައެވެ. ގާނޫނީގޮތުން ބާރު ލިބިދޭ މިފަދަ މުއާހަދާއެއް އެކުލަވާލުމުގައި އެއްބަސްވާ 81 މެންބަރު ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ދުނިޔޭގައި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި އެއްބަސްވުމެއް އޮތުމުގެ ބޭނުންތެރިކަމާމެދު ގިނަ ގައުމުތަކުން އެއްބަސްވެއެވެ. އަދި ރާއްޖެއިން އިސްނަގައިގެން ގައުމީ ފެންވަރުގައި ތަންފީޒު ކުރަމުންދާ, ސިންގަލްޔޫސް ޕްލާސްޓިކު ފޭސްއައުޓް ޕްލޭންގެ މައުލޫމާތު ވަނީ މި ބައްދަލުވުމުގެ މެންބަރު ގައުމުތަކުގެ އިސްވެރިންނާ ހިއްސާކޮށްފައެވެ.

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަންގައި, ޕްލާސްޓިކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލުމަށް އެއްބަސްވެވުނު މި ބައިނަލްއަގުވާމީ މުއާހަދާގައި, ޕްލާސްޓިކު އުފެއްދުމާއި ބޭނުންކުރުމާއި މިތަކެތި ކުނީގެ ގޮތުގައި ނެތި ފަނާވެގެން ދިއުމާހަމައަށް އެކި މަރުހަލާތަކުގައި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް އަލިއަޅުވާލާނެއެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ވަށާޖެހޭ އިގުތިސާދު ކުރިއަރުވައި, ޕްލާސްޓިކު ބޭނުން ކުރެވޭ މިންވަރު މަދުކޮށް، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކު އަލުން ބޭނުންކުރެވޭ، މިފަދަ މުއާހަދާއެއް އޮތުމަކީ ރާއްޖެފަދަ ކުރިއަރަމުން އަންނަ ގައުމުތަކަށް ޕްލާސްޓިކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލުހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރުމަށް އެޅިގެންދާނެ ވަރުގަދަ ފިޔަވަޅެކެވެ.

މީގެ އިތުރުން، ރައްކާތެރިގޮތުގައި ކެމިކަލް އަދި ކުނި މެނޭޖްކުރުމަށް ބާރުއަޅާ ރެޒޮލިއުޝަނެއް ވެސް މި އެސެމްބްލީއަށް ހުށައަޅާފައިވެއެވެ.

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް އެސެމްބްލީގެ 5 ވަނަ ސެޝަނަށް ތިމާވެށީގެ އެކި މައްސަލަތައް ހައްލުކުރުމަށް ޖުމްލަ 17 ރެޒޮލިއުޝަން ހުށަހަޅާފައިވެއެވެ. މި އެސެމްބްލީއަކީ އެކުވެރި ދައުލަތްތައް އ.ދ.ގެ 193 މެންބަރުންގެ މައްޗަށް އެކުލެވޭ އެސެމްބްލީއެކެވެ. މިއީ ދުނިޔޭގެ ތިމާވެށީގެ ކަންކަމާގުޅޭ ގޮތުން ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ. އަދި މި އެސެމްބްލީ އަކީ "ދެމެހެއްޓެނިވި ތަރައްގީ 2030"ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ, ތިމާވެެއްޓާ ގުޅޭ ކަންކަން ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް މުތާލިއާކުރުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމެކެވެ.

ޕްލާސްޓިކް

އިތުރަށް ކިޔާލަން

20 މާރިޗު 2024

ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!

20 މާރިޗު 2024
ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!
01 ޖެނުއަރީ 2024

މިއަދުން ފެށިގެން ސުޕާރި ޕެކެޓް އަދި 50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި އުފެއްދުން މަނާ

01 ޖެނުއަރީ 2024
މިއަދުން ފެށިގެން ސުޕާރި ޕެކެޓް އަދި 50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި އުފެއްދުން މަނާ
23 އޮކްޓޯބަރު 2023

ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް 8.3 މިލިއަން ރުފިޔާ

23 އޮކްޓޯބަރު 2023
ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް 8.3 މިލިއަން ރުފިޔާ
27 މާރިޗު 2023

އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް

27 މާރިޗު 2023
އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް
25 ފެބުރުއަރީ 2023

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު އާންމުކޮށްފި

25 ފެބުރުއަރީ 2023
ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު އާންމުކޮށްފި
05 ފެބުރުއަރީ 2023

ވަސީލަތް ނެތް ހިނދެއްގައި ކުނިގޮނޑަކުންވެސް ފަންނުވެރިކަން ދިރުވިދާނެ!

05 ފެބުރުއަރީ 2023
ވަސީލަތް ނެތް ހިނދެއްގައި ކުނިގޮނޑަކުންވެސް ފަންނުވެރިކަން ދިރުވިދާނެ!
22 ޑިސެމްބަރު 2022

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާނީ އެޕްރީލް މަހުން ފެށިގެން

22 ޑިސެމްބަރު 2022
ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާނީ އެޕްރީލް މަހުން ފެށިގެން
21 ޑިސެމްބަރު 2022

ނޭނގުމުގެ ތެރޭގައި އަހަރަކު 2 ޕްލާސްޓިކް ކޮތަޅު ކާލެވޭކަން އެނގޭތަ؟

21 ޑިސެމްބަރު 2022
ނޭނގުމުގެ ތެރޭގައި އަހަރަކު 2 ޕްލާސްޓިކް ކޮތަޅު ކާލެވޭކަން އެނގޭތަ؟
20 ޑިސެމްބަރު 2022

ރާއްޖެއަށް އެތެރެނުކުރެވޭނެ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސް އަލުން ކަނޑައަޅުއްވައިފި

20 ޑިސެމްބަރު 2022
ރާއްޖެއަށް އެތެރެނުކުރެވޭނެ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސް އަލުން ކަނޑައަޅުއްވައިފި
11 ސެޕްޓެމްބަރު 2022

ޕްލާސްޓިކާ ދުރަށް، ނަމަވެސް ވެވެނީ ގާތް

11 ސެޕްޓެމްބަރު 2022
ޕްލާސްޓިކާ ދުރަށް، ނަމަވެސް ވެވެނީ ގާތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު