Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަޝިޔާ - ޔޫކްރެއިން ހަނގުރާމަ

ހަނގުރާމައަށް ފިލުނީ ނުރައްކަލުގެ ތެރެއަށް ކޮއްކޮ ދޫކޮށްލާފައި

2 މާރިޗު 2022 | ބުދަ 13:18

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއެކު ގިނަ ބަޔަކު އަންނަނީ ޔޫކްރެއިން ދޫކޮށް އެހެން ގައުމުތަކަށް ދަތުރުކުރަމުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 2 މާރިޗު 2022 | ބުދަ 13:18
އޮލްގާ ބެލަބަން، ހަނގުރާމައިން ސަލާމަތްވުމަށް ޔޫކްރެއިނުން ނުކުތް ޒުވާނެއް

އޮލްގާ ބެލަބަން، ހަނގުރާމައިން ސަލާމަތްވުމަށް ޔޫކްރެއިނުން ނުކުތް ޒުވާނެއް

މިއަދު ދުނިޔޭގެ އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ރަޝިޔާއާ ޔޫކްރެއިނާ ދެމެދު ކުރެވެމުންދާ ހަނގުރާމަށެވެ. ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކަށެވެ. މި ހަނގުރާމައިގެ ސަބަބުން ނިކަމެތިވެގެން ދަނީ ހަމައެކަނި ޔޫކްރެއިންގެ ސަރުކާރެއް ނޫނެވެ. މުޅި އެގައުމެވެ. ބިކަވެ ހާލުގައި ޖެހެނީ އެގައުމުގެ ރައްޔިތުންނެވެ. މިއީ މުޅި ދުނިޔެ މިއަދު އެކަމަކާމެދު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެކެވެ.

މި ހަނގުރާމައިގެ ތެރޭގައި ކުރިމަތިވަމުންދިޔަ ނުރައްކާތަކުން ސަލާމަތްވުމަށް ޔޫކްރެއިން ދޫކޮށް ޕޮލެންޑަށް ދަތުރުކުރި, ޔޫކްރެއިނަށް ނިސްބަތްވާ ޒުވާނެއްގެ ވާހަކައަށް ޖެހިލާނަމެވެ. މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިންގެ މައި ސިޓީ ކިޔެވްއަށް ރަޝިޔާއިން ދޭންފެށި ހަމަލާތަކާއެކު އުމުރުން 26 އަހަރުގެ އޮލްގާ ބެލަބަންއަށް ވިސްނުނީ އޭނާއަށާއި އާއިލާއަށް އެންމެ ރައްކާތެރިވާނީ ގައުމު ދޫކޮށް ދިއުން ކަމަށެވެ. އެއާއެކު އޭނާގެ މަންމައާއި، 74 އަހަރުގެ މުސްކުޅި މާމަގެ އިތުރުން، 18 އަހަރުގެ ފިރިހެން ކޮއްކޮ ގޮވައިގެން އޭނާ މިސްރާބުޖެހީ ޔޫކްރެއިންގެ ބޯޑަރާ ދިމާއަށެވެ.

ރޭލުގައި އޭނާ މި ދަތުރު ފެށިއިރު އޭގެ ދެބައިކުޅަ އެއްބައި އޮތީ ހުހަށެވެ. ނަމަވެސް ވަކި ހިސާބަކުން ގިނަ ބަޔަކު ރޭލަށް އަރައި ފުރާލިއެވެ. އެމީހުންގެ އަތުން ޓިކެޓް ރުފިޔާ ނެގުމުގެ ބަދަލުގައި ރޭލުގެ މުވައްޒަފުންވެސް ބެލީ ގިނަ ބަޔަކު އެއަށް އަރުވައިގެން ރައްކާތެރި ހިސާބަކަށް ގެންދެވޭތޯއެވެ. ރޭލުގެ ތެރޭގައި ކުދިބޮޑު މީހުންގެ ރުއިމުގެ އަޑާއެކު ކާރޫބާރޫ ބޮޑު މަގުތަކުގައި ދުއްވާފައި ބޯޑަރު ކައިރިއަށް ދެވުނުއިރު ތިން ގަޑިއިރު ވެއްޖެއެވެ.

ބޭރުގެ ނޫހަކަށް އޭނާ މައުލޫމާތުދިންގޮތުގައި އެމީހުން އެސަރަހައްދަށް ދިޔައިރު ބޯޑަރު ކައިރީގައި ގާތްގަނޑަކަށް 30 ކިލޯމީޓަރުގެ ދިގު ކިއުއެއް އޮތެވެ. އަމިއްލަ ވަޒަން ދޫކޮށް ދާން ކިއުގައި ތިބި މީހުންނެވެ. ދެ ދުވަހުގެ މުއްދަތަކަށް އެކިއުގައި މަޑުކުރަން ޖެހުނުއިރު، އެތައް ބަޔަކު އެސަރަހައްދުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ގޮވައިގެންވެސް ތިއްބެވެ. ކިއުގައި މަޑުކުރަން ޖެހުމުގެ ސަބަބުން އޮޕަރޭޝަނަކުން ރަނގަޅުވަމުން އައި މާމައަށް ދިމާވެދާނެ ދަތިތަކަށް ބަލައި އެމީހުން މާމަ ފޮނުވާލީ އެތަނުން ކިއުގެ ކުރީގައި ތިބި ބަޔަކާ އެކުގައެވެ.

ގަދަ ފިނީގައި ދެދުވަސް ހޭދަކުރުމަށްފަހު ބޯޑަރު ކައިރިއަށް ދެވުމުން ދެންވެސް ކުރިމަތިލާން ޖެހުނީ ދަތި އުނދަގޫ ވަގުތަކާއެވެ. ޔޫކްރެއިންގެ ސްޓޭޓް ބޯޑަރ ގާޑުން އަންގަމުން ދިޔައީ 18 އަހަރާ 60 އަހަރާ ދެމެދުގެ ފިރިހެނުންނަށް ބޯޑަރު ހުރަސް ނުކުރެވޭނެ ކަމަށެވެ. އެއާއެކު އޭނާގެ މަންމަ, ކޮއްކޮއާއެކު މަޑުކުރަން ނިންމިއެވެ. އަދި އޮލްގާއަށް ބޯޑަރު ހުރަސްކުރަން ޖެހުނީ ލޯބިވާ މަންމައާއި ކޮއްކޮއަށް ކުރި ވަދާއީ ސަލާމާއެކުއެވެ. އެކަނިމާއެކަނި ޔޫކްރެއިންގެ ބޯޑަރު ހުރަސްކުރުމަށްފަހު އޮލްގާއަށް އޭނާގެ މާމައާ ބައްދަލުކުރެވުނީ ބޯޑަރުގެ އަނެއް ފަރާތުން އޭގެ ދެދުވަސް ފަހުންނެވެ.

މިއީ މި ހަނގުރާމައިގެ ސަބަބުން ޔޫކްރެެއިންގެ އެންމެ ރައްޔިތަކާއި އޭނާގެ އާއިލާއިން ކުރިމަތިލާން ޖެހުނު ތަކުލީފުތަކެވެ. ރަޝިޔާއިން ދެމުންދިޔަ ހަމަލާތަކުގައި މީގެ ކިތައް ހާސް މީހުން ތިބޭނެބާއެވެ؟ އަދި ހަމަލާތަކުގެ ސަބަބުން ތިމާގެ މީހުން މަރުވުމާއި ހާލުގައި ޖެހުނު މީހުންވެސް ވަކި މަދެއް ނުވާނެކަން ގައިމެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް