Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނާއި ނަރުދަމާގެ ގާނޫނުގެ އިސްލާހު

ފެނާއި ނަރުދަމާގެ ކަންކަމުގައި ދިމާވާ އިދާރީ ދަތިތައް ހައްލުކުރުމަށް ހުށަހެޅި ބިލްގެ ބަހުސް ކުރިއަށް

ޚިދުމަތް ދިނުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައެޅުމަށް ގެންނަ އިސްލާހުތައް ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 މާރިޗު 2022 | ބުދަ 05:37
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް

ފެނާއި ނަރުދަމާގެ ގާނޫނު ތަންފީޒުކުރުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ދިމާވާ ބައެއް އިދާރީ ދަތިތައް ހައްލުކުރުމަށާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސް ބުދަ ދުވަހުގެ ޖަލްސާގައިވެސް ކުރިއަށް ގެންގޮސްފިއެވެ.

ސަރުކާރުގެ ފަރާތުން މިބިލް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. އޭނާ މި ބިލު ހުށައެޅުއްވީ ފެބްރުއަރީ 2022 ގައެވެ. ބިލް ހުށަހަޅުއްވަމުން ޔާސިރު ވިދާޅުވީ ފެނާއި ނަރުދަމާއަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައެޅުމަށް އެމްޑީޕީން ކުރަމުންދިޔަ މަސައްކަތުގެ ދަށުން އެކަން މިއަދު ހާސިލު ކުރެވިފައިވާކަމަށެވެ.

Advertisement - newsAdvertisement

2020 ވަނަ އަހަރު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފެނާއި ނަރުދަމާގެ ގާނޫނު އެކުލަވާލައި މިއަސާސީ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަނޑައެޅިގެން ދިޔަކަމަށްވެސް މެމްބަރު ޔާސިރު ވަނީ ފާހަގަކުރައްވާފައެވެ.

ޔާސިރު ވިދާޅުވީ އަސާސީ ހައްގުތައް ހޯދައިދިނުމަށް އެމްޑީޕީން ބުރަ މަސައްކަތެއް ކުރަމުންދާއިރު މިހާތަނަށް އެމްޑީޕީން ވެރިކަމަށް އިންތިޚާބުވި ދެ ފަހަރުވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ބިލަށް ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މަޝްރޫއުތައް ކަނޑައެޅުމާއި ގުޅޭ ޤައުމީ ސިޔާސަތުތައް އެކުލަވާލުމަށްވެސް މި ބިލުން ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށެވެ. މިއީ ބޭނުންތެރި ބިލެއްކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ވިސްނާއިރުވެސް، ކަންކަން ރެގިއުލޭޓް ކުރުމަށް މި ޤާނޫނުގެ ދަށުން މަގުފަހިވެގެންދާނެކަމަށެވެ.

ޝަރީފް ވަނީ ބޮޑު ޚަރަދެއް ދިޔަ ކަމުގައިވީ ނަމަވެސް، ތިމާވެއްޓަށް ލިބޭނެ ގެއްލުމަށް ފުންކޮށް ވިސްނައިގެން ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރާނަމަ، ދުރު ރާސްތާއަށް ވިސްނާއިރު އޭގެ ފައިދާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީވެސް ވަނީ މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވެވަޑައިގަންނަވާފައިވާ ވައުދުފުޅު ފުދިގެންދާއިރު ކޮންމެހެންވެސް އެކުލަވާލެވިފައި އޮންނަން ޖެހޭ ބިލެއް ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، އެކިއެކި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ފެނާއި ކަރަންޓުގެ ބިލު ބޮޑުވުން ފަދަ ކަންކަމަށްވެސް މި ބިލުގެ ސަބަބުން ޙައްލެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ރާއީ ވިދާޅުވިއެވެ.

ބިލަށް ބަހުސް ކުރައްވަމުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ފެނުގެ ކޮލިޓީ ބެލުމާއި ޓެސްޓު ކުރުން މި އިސްލާޙުގެ ތެރޭގައި ނުހިމެނޭ ކަމަށާއި، އެ ކަންކަންވެސް ބިލުގައި ހިމަނަން ފެނިވަޑައިގަންނަވާކަމަށެވެ. އެގޮތުން ވަކި މުއްދަތެއްގެ ތެރޭގައި ސާމްޕަލްތައް ޓެސްޓު ކުރެވޭނެ ނިޒާމެއް އޮންނަ ނަމަ، ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވީ، ފެނާއި ނަރުދަމާގެ ކަންކަމަކީ އަސާސީ ޙައްޤެއްކަމަށް އެމްޑީޕީން އަބަދުވެސް ވަކާލާތުކޮށް އެކަން ކަށަވަރު ކުރަމުންދާ ކަމަށެވެ. މިއީ ރައީސް ސޯލިޙުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިންވެސް އެންމެ ވަރުގަދަ އެއް ވައުދުފުޅުކަމަށް ޝަހީމް ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް އިތުރު މެމްބަރުން ވަނީ މި ބިލަށް ބަހުސް ކުރައްވާފައެވެ.

ބިލަށް ގެނެސްފައިވާ ބައެއް އިސްލާހުތައް:

ބިލަށް ގެނެސްފައިވާ އިސްލާހުތަކަށް ބަލާއިރު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރެވޭ ސާމާނު ޓެސްޓްކޮށް ސެޓިފައިކުރާނެ ގަވާއިދުތައް އެކުލަވާލަންޖެހެއެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ކޮންމެ ފަރާތަކުންވެސް ފެނާއި ނަރުދަމާގެ ގައުމީ ސިޔާސަތާއި އެއްގޮތުގެ މަތިން ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ކަނޑައަޅާ 5 އަހަރު ދުވަހުގެ މުއްދަތަކަށް ޕްލޭނެއް އެކުލަވާލައި މިނިސްޓްރީ އަށާއި އޮތޯރިޓީއަށް ހުށަހަޅަންޖެހެއެވެ. އަދި ކޮންމެ 5 އަހަރަކުން މިޕްލޭން މުރާޖާކުރަމުން ގެންދަންޖެހެއެވެ.

އިޔާދަކުރަނިވި ހަކަތައާއި ބެހޭގޮތުން އިސްލާހުގައި ބުނެފައިވަނީ ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް ގްރިޑް ސެޓެބިލިޓީއަށް ބުރޫނާރާނެ އެންމެ މަތީ މިންވަރަކަށް އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަކަމުގައި ހަދަންވާނެއެވެ.

އަދި ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިގާނޫނާއި މިގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ޚިލާފަށް އެއްވެސް އަމަލެއްކޮށްފިނަމަ އެކަން ކުރި ފަރާތެއް އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރަންވާނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު