Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޒެލެންސްކީގެ ހަޔާތްޕުޅު

ހެއްވާ މަޖާ ރޯލުތަކުން ހިތްތައް އަތުލެއްވި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ

ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަންގެ ވާހަކަތައް ކުރިއަށް ނަންގަވައިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 މާރިޗު 2022 | އަންގާރަ 16:46
ވޮލޮޑިމިރް ޒެލެންސްކީ - ސިޔާސީ ގޮތުން ހުޅަނގާއި ބޮޑު ގުޅުމެއް އޮވޭ

ވޮލޮޑިމިރް ޒެލެންސްކީ - ސިޔާސީ ގޮތުން ހުޅަނގާއި ބޮޑު ގުޅުމެއް އޮވޭ

މީގެ އަހަރުތަކެއް ކުރިން ވޮލޮޑިމިރް ޒެލެންސްކީ ކުރެއްވި މަސައްކަތްޕުޅަކީ ޓީވީ ޝޯވއެއްގައި ޔޫކްރެއިންގެ ރައީސްގެ ރޯލު އަދާކުރެއްވުމެވެ. ނަމަވެސް މިހާރު އެމަނިކުފާނަކީ ރަޝިޔާއިން ޔޫކްރެއިން ހިފުމަށް ކުރަމުންދާ ހަނގުރާމައިގެ މައިދާނުގައި ޤައުމު ސަލާމަތުގެ އައްސޭރިއަށް ގެންދިޔުމުގެ މަސައްކަތް ކުރައްވަމުން އަންނަ ލީޑަރެކެވެ.

ރަޝިޔާގެ ފުރަތަމަ ޓާގެޓަކީ ހުދު އެމަނިކުފާނު ކަމަށް ވިދާޅުވެފައިވާ އިރު، މިހާރު ޒެލެންސްކީ އަކީ އާންމުންގެ މެދުގައި މަޤުބޫލުކަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ވަކިން ޚާއްސަކޮށް ހަނގުރާމައިގެ މައިދާނު ދޫނުކުރައްވާ ސާބިތުކަމާއެކު ހުންނެވުމުން، އާންމުންގެ މެދުގައި އެމަނިކުފާނުގެ މަޤުބޫލުކަން ވަނީ އިތުރުވެފައެވެ. ފިއްލަވައިގެން ޤައުމު ދޫކުރައްވާ ވަޑައިގެންނެވުމުގެ ބަދަލުގައި ވެރިރަށް ކީވްގެ ގެ މަގުމައްޗަށް ނުކުންނަވާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުން ގެންދަވަނީ ފަހަތަށް ޖެހިވަޑައި ނުގަތުމަށެވެ. މި ހާލަތުގައި ބާއްވާ ގުޅުންތަކާއި ކެރިވަޑައިގެންނެވުމާއި، ނުގުޑާފަދަ އަޒުމުގެ ސަބަބުން ޔޫރަޕްގެ ލިޑަރުންނާއި އާންމުންގެ ހިތްތަކުން ވަނީ ޒެލެންސްކީ ޚާއްސަ ޖާގައެއް ހޯއްދަވާފައެވެ.

އުމުރުފުޅުން 44 އަހަރުގެ ޒެލެންސްކީއަކީ ކުރީގެ ހެއްވާ މަޖާ ރޯލު ކުޅުއްވި އެކްޓަރެކެވެ. މިހާރު ޒެލެންސްކީ އަކީ ޤައުމުގެ ވެރިޔާއެވެ. އުފަންވެވަޑައިގަތީ ޔޫކްރެއިންގެ މެދުތެރޭގެ ސިޓީއެއް ކަމުގައިވާ ކްރީވީ އަށެވެ. ބޮޑުފުޅުވެވަޑައިގެންނެވީ އާދައިގެ ދިރިއުޅުމެއްގެ ތެރެއިން ސޯވިއެޓް ޔަހޫދީ އާއިލާ އާއި އެކުގައެވެ.

ރަޝިޔާއިން ޔޫކްރޭނަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގެ ބަހަނާއެއްގެ ގޮތުގައި ރަޝިޔާގެ ރައީސް ވްލަޑީމިއަރ ޕުޓިން ދައްކަވާ އެއްބަހަނާއަކީ ނާޒީން ހުއްޓުވުމަށް ކުރައްވާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ޒެލެންސްކީ ނިސްބަތްވެ ވަޑައިގަންނަވަނީ ޔަހޫދީ ދަރިކޮޅަށް ކަމުގައި ވެފައި، ހިޓްލަރު ނާޒީން ފޮހެލަން ހިންގި ޖަރީމާގައި އެމަނިކުފާނުގެ އާއިލާގެ މީހުންގެ ތެރެއިން އެތައް ބަޔަކު މަރާލާފަވެއެވެ. ޒެލެންސްކީގެ ކާފާފުޅަކީ ހަތަރު ބެއިންގެ ތެރެއިން ޖަރުމަނުން ޔޫކްރެއިން ހިފަން ކުރި މަސައްކަތުގައި ހަމައެކަނި ސަލާމަތްވެވަޑައިގެންނެވި ބޭފުޅާއެވެ.

ޒެލެންސްކީ އުފަންވެވަޑައިގެންނެވީ ޖެނުއަރީ 25، 1978 ގައެވެ. ބައްޕާފުު އެލެކްސެންޑަރ ޒެލެންސްކީ އަކީ ޕްރޮފެސަރެކެވެ. މަންމާފުޅު ރައިމާ ޒެލެންސްކީ އަކީ އިންޖީނިއަރެކެވެ. ސާނަވީ ތައުލީމަށްފަހު ޒެލެންސްކީއަށް އިސްރާއީލުގައި ކިޔެވުމަށް ސްކޯލަރޝިޕެއް ލިބިވަޑައިގެންނެވި ނަމަވެސް ބައްޕާފުޅުގެ ހުއްދަ ނެތުމުން، ވަޑައިގެންނެވީ ޔޫކްރެއިންގެ ވެރިރަށް ކީވް އަށް ތައުލީމް ޙާސިލްކުރެއްވުމަށެވެ. ގްރެޖުއޭޓްވެ ވަޑައިގެންނެވީ 2000 ވަނަ އަހަރު ކީވްގެ ނެޝަނަލް އިކޮނޮމިކް ޔުނިވަރސިޓީން ޤާނޫނީ ދާއިރާއިން ޑިގްރީން ނަންގަވައިގެންނެވެ.

ކައިވެނި ބައްލަވައިގަތީ 2003 ވަނަ އަހަރު ސްކްރީން ރައިޓަރ އޮލޭނާ އާއިއެވެ. އޮލޭނާއަކީ ފަރުމާކުރުންތެރިއެއްގެ އިތުރުން ދާއިރާގެ ގޮތުން ސްކްރީން ރައިޓަރެކެވެ. އިޖްތިމާއީ މަސައްކަތްތަކުގައި އުޅުއްވުމުގެ އިތުރުން އޭނާ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ގްރެޖުއޭޓް ވެވަޑައިގެންނެވިއެވެ. ޒެލެންސްކީއަށް ލިބަޑައިގެންނެވީ ދެ ދަރިކަލުންނެވެ. އެއީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ. ކިރިއްލޯ އާއި އެލްކްޒެންޑްރާއެވެ.

ޒެލެންސްކީ ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވީ އެޕްރީލް 21، 2019 ގައެވެ. އަދި މަޤާމުގެ ހުވާ ކުރެއްވީ އޭގެ މަސް ދުވަސް ފަހުންނެވެ. އެމެރިކާގައި ޒެލެންސްކީއަށް މަޤުބޫލުކަމެއް ލިބިވަޑައިގެންނެވީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޤާމުން ދުރުކުރުމަށް އެއިރު ކުރި މަސައްކަތުގެ ތެރޭގައި ޒެލެންސްކީގެ ވާހަކަފުޅު ގެންނެވުމާއި ގުޅިގެންނެވެ.

ޒެލެންސްކީ މަޤާމާއި ހަވާލުވެވަޑައިގެންނެވި ފަހުން، ޓްރަމްޕުގެ ސަރުކާރުން ވަނީ ޒެލެންސްކީ އާއިއެކު ވަށްމޭޒުގައި ޓްރަމްޕުގެ އޮފީސްކޮޅުގައި މަޝްވަރާތަކެއް ކުރައްވަން އޭރު ޝަރުތުތަކާއެކު ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ޔޫކްރެއިން އިން އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ފިރިހެން ދަރިފުޅު ހަންޓަރ ބައިޑަންގެ މައްޗަށް ކޮރަޕްޝަންގެ ތަޙުޤީޤެއް ކުރުމަށް ޝަރުތުކުރައްވާފައިވެއެވެ.

ޖުލައި 25، 2019 ގައި ޓްރަމްޕް ޒެލެންސްކީއަށް ކުރެއްވި ފޯނު ކޯލެއްގައި ވިދާޅުވީ ‘އަޅުގަނޑު ބޭނުންވަނީ ތިބޭފުޅާ އަޅުގަނޑަށް ކަމެއް ކޮށްދެއްވަން’ ކަމަށެވެ. އަދި މި އެދިވަޑައިގެންނެވި އެދިވަޑައިގަތުން އޭރު އެހާ ބޮޑަށް ވައިގަ ހިފާލީ އެޖުމްލަ ޓްރަމްޕް މަޤާމުން ވަކިކުރަން ހުށަހެޅި މައްސަލައިގައި ދެކެވެމުންނެވެ. މިއީ ޒެލެންސްކީ އެމެރިކާ މީހުންގެ މެދުގައި މަގުބޫލުވެގެން ދިޔަ އެއް ކަންތަކެވެ.

ޓްރަމްޕް ޒެލެންސްކީއަށް ފޯނު ކުރެއްވުމުގެ ދުވަސްތަކެއް ކުރިން ޓްރަމްޕް ވަނީ 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީތެރިކަން ޔޫކްރެއިން އަށް ދިނުމަށް އަމުރުކުރައްވާފައެވެ. އަދި އެ ފަންޑު ދީފައިވަނީ އޭގެ 2 މަސް ފަހުންނެވެ.

ރައީސްކަމަށް ވާދަ ކުރެއްވުމުގެ ކުރިން ޒެލެންސްކީ އަކީ ޔޫކްރެއިންގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު މޫނެކެވެ. ހެއްވާ މަޖާ ޝޯތަކުގެ ތެރެއިން "ލީގާ ސްމޭހާ" ނުވަތަ ލީގް އޮފް ލާފްޓާ އަދި ޔޫކްރެއިންގެ "ޑާންސިންގ ވިތް ދަ ސްޓާރސް" 2006 ވަނަ އަހަރު ލިބިވަޑައިގަތެވެ. މީގެ އިތުރުން ޔޫކްރެއިން ވާޝަންގެ ޕެޑިންގްޓަން ބެއަރގެ ކެރެކްޓަރ އަށް ވެސް ޒެލެންސްކީ ވަނީ އަޑުއަޅުއްވާފައެވެ.

މީގެ އިތުރުން މަލްޓިމިލިއަން ޑޮލަރުގެ ޕްރޮޑަކްޝަން ކޮމްޕެނީ ސްޓޫޑިއޯ ކްވަރޓަލް 95 ވުޖޫދަށް ގެނައުމުގައި ވެސް ޒެލެންސްކީގެ ހިއްސާ އޮންނަވައެވެ. ޒެލެންސްކީގެ އެންމެ މަޤުބޫލު އެކްޓިންގ ރޯލަކީ "ސަރވެންޓް އޮފް ދަ ޕީޕަލް" ގެ ވަސީލް ހޮލޮބޮރޮޑްކޮ ގެ ރޯލެވެ. އެރޯލުގައި ޒެލެންސްކީ އަކީ ޓީޗަރެކެވެ. އަދި ޔޫކްރެއިންގެ ހިންގާ ކޮރަޕްޝަނާއި ގުޅިގެން ދެއްވި ސްޕީޗް ވެގެން ދިޔައީ ރައީސްކަމުގެ މަޤާމާއި ހަމައަށް ވަޑައިގެންނެވުމަށް ކޮށިގެން ދިޔަ މަގެއްގެ ގޮތުގައެވެ.

ޓީވީގައި އަދާކުރެއްވި ރޯލު ހަޤީޤަތަކަށް ވެގެންދިޔައެވެ. ޤައުމުގައި އެއިރު އޮތް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ކޮރަޕްޝަން ނަންގަވާ 2019 ވަނަ އަހަރު ޔޫކްރެއިންގެ އިންތިޚާބަށް އެމަނިކުފާނުގެ ކެމްޕޭން ތީމެއްގެ ގޮތުގައި ނެންގެވިއެވެ. އަދި ޒެލެންސްކީ ނިންމެވީ ރައީސްގެ މަޤާމަށް ވާދަކުރެއްވުމަށެވެ. އިންތިޚާބުގެ ކުރިން ވިދާޅުވީ ވަސީލް ހޮލޮބޮރޮޑްކޮ ފަދަ ވެރިއެއް ޤައުމަށް ބޭނުންވާ ކަމަށެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވީ 73 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.

ޒެލެންސްކީ ވަނީ ސޯވިއެޓް ޒަމާނުގެ މޮނިއުމެންޓާއި މަގުތަކުގެ ނަންތައް ޔޫކްރެއިނަށްޓަކައި ގުރުބާންވި ބަތަލުންގެ ނަންތަކަށް ބަދަލުކުރައްވާފައެވެ. ޒެލެންސްކީ ވަނީ މިފަދަ ގިނަ ބަދަލުތައް ޔޫކްރެއިނަށް ގެންނަވާ އެޤައުމުގެ ރައްޔިތުންގެ ތާއީދު އިތުރުކުރައްވާފައެވެ. މީގެއިތުރުން ޔޫކްރެއިން ހިފަން ރަޝިޔާއިން ފެށި މިހަނގުރާމައާއެކު، އާންމުންގެ މެދުގައި ބަތަލެއްގެ ގޮތުގައި ޒެލެންސްކީ ވަނީ މަޤުބޫލުކަން ހޯއްދަވާފައެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވިދާޅުވި ގޮތަށް އެންޓިކޮރަޕްޝަންގެ ޤާނޫނަށް ބަދަލެއް ގެނެސްފައި ނުވުމާއި ގުޅިގެން ކުރިން ޔޫކްރެއިންގެ ރައްޔިތުން ޤަބޫލުކުރަމުން ގެންދިޔައީ ޒެލެންސްކީ ހުންނެވީ ބިރުފުޅުން ކަމަށާއި، ޕުޓިން އާއި ގުޅިވަޑައިގެން ކަންކަމުގައި ފަރުވާކުޑަކުރައްވާ ދޫދެއްވަމުން ގެންދެވީ ކަމަށެވެ.

މިހާރު ޒެލެންސްކީގެ ވިސްނުންފުޅު ހުންނެވި ގޮތަށް ބަލާއިރު، ޒެލެންސްކީގެ މުޅި ވިސްނުންފުޅު ހުންނެވީ ހުޅަނގާއި ގުޅުން ބަދަހި ކުރުމަށެވެ. ނޭޓޯ އާއި ގުޅުމާއި ޔޫރަޕިއަން ޔޫނިއަން އާއި ގުޅުމަށެވެ. ޒެލެންސްކީ އަކީ ހުޅަނގުގެ ފިކުރުގެ ބޭފުޅެކެވެ. ވަކިން ޚާއްސަކޮށް އެމެރިކާ އަދި ހުޅަނގުގެ ނުފޫޒުގަދަ ޤައުމުތަކުގެ ތެރެއިން ރަޝިޔާ އާއި ދެކޮޅު ޤައުމުތަކާއި ގުޅުން ބޮޑުކުރުމުގެ ވިސްނުންފުޅު ހުންނެވި ބޭފުޅެއްގެ ގޮތުގައި މިއަދު ޒެލެންސްކީ ސިފަކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީދުގައި މަޖާ ނެގިޔަސް މޫސުމަށް ބަލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު

އީދުގައި މަޖާ ނެގިޔަސް މޫސުމަށް ބަލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު

03 ޖުލައި 2022
ގަސްތުގައި ކުޑަކުދިން ރޮއްވުން އެއީ މަޖާ ކަމެއް ނޫން

ގަސްތުގައި ކުޑަކުދިން ރޮއްވުން އެއީ މަޖާ ކަމެއް ނޫން

20 މެއި 2022
ޔާމީނު ޔާމީނަށް ފާޑުވިދާޅުވުން: ހެއްވާ ކަމެއް

ޔާމީނު ޔާމީނަށް ފާޑުވިދާޅުވުން: ހެއްވާ ކަމެއް

27 މާރިޗު 2022
"ރީތި ނަލަ ނަލަ ހަނދެއް ކުރި އަލި" ފަނޑުވީ، ދިވެހީންގެ ހިތްތައް ރޮއްވާލަމުން

"ރީތި ނަލަ ނަލަ ހަނދެއް ކުރި އަލި" ފަނޑުވީ، ދިވެހީންގެ ހިތްތައް ރޮއްވާލަމުން

27 ސެޕްޓެމްބަރު 2021
ބޮން ގޮއްވާނެކަމަށް ބުނުން، މަޖާކަމެއް ނޫން !!

ބޮން ގޮއްވާނެކަމަށް ބުނުން، މަޖާކަމެއް ނޫން !!

13 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު