Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާޑެއްދޫ އެއަރޕޯޓު

ކާޑެއްދޫ އެއަރޕޯޓް، ވިލާ އެއަރއަށް

1 މާރިޗު 2022 | އަންގާރަ 13:07

މާޗް މަސް ނިމުމުގެ ކުރިން އެއަރޕޯޓު އޮޕަރޭޝަނަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 1 މާރިޗު 2022 | އަންގާރަ 13:07
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގދ. ކާޑެއްދޫ ޑޮމެސްޓިކް އެއަރޕޯޓް ވިލާ އެއަރއާ ހަވާލުކޮށްފިއެވެ.

އެއަރޕޯޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ އަންގާރަ ދުވަހުގެ ހެނދުނު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައެވެ.

Advertisement - newsAdvertisement

އެއްބަސްވުމުގައި ވިލާ އެއަރގެ ފަރާތުން ސޮއިކުރެއްވީ ވިލާ ގްރޫޕްގެ ޗެއަރމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްއެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވިލާ އެއަރގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ނާޝިދާއި، ކާޑެއްދޫ އެއަރޕޯޓުގެ އައު މެނޭޖިންގ ޑިރެކްޓަރ ހަބީބުވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.

ވިލާއިން ބުނީ މާޗް މަސް ނިމުމުގެ ކުރިން އެއަރޕޯޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރާއެކު އެއްބަސްވެފައިވާ ގޮތުގެ މަތިން ވިލާ އެއަރއިން ހިންގަން ފަށާތާ ފުރަތަމަ 7 އަހަރުގެ ތެރޭގައި ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

ވިލާ އެއަރއިން މިހާރުވެސް ޕްލޭންކޮށްފައިވާ ގޮތުގެމަތިން ކާޑެއްދޫ އެއަރޕޯޓުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރެވި، އިތުރަށް ތަރައްގީ ކުރެވިގެންދާނެއެވެ. މިކަމުގެ ފައިދާ ސަރަހައްދުގެ ވިޔަފާރިތަކަށާއި، އާންމުންނަށް ވެސް ކުރާނެ ކަމަށް ވިލާއިން ބުނެއެވެ.

ކާޑެއްދޫ އެއަރޕޯޓަކީ އާންމު މަސްލަހަތުތަކާ ވަރަށް ބޮޑަށް ގުޅުންހުރި ކަމަކަށްވާތީ، މީގެ ކުރިން އެއަރޕޯޓް އެއްބަސްވުން ބާތިލްކުރުމުން ވިލާ އެއަރއަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން މަސައްކަތް ނުކުރުމަށް ވިލާ ގްރޫޕްގެ ޗެއަރމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްއާއި ވިލާ ގްރޫޕުން ވަނީ ނިންމާފައެވެ.

އެއަރޕޯޓްގެ އެއްބަސްވުން ބާތިލްކޮށް ސަރުކާރުން އެއަރޕޯޓް އަތުލުމުން, ވިލާ ގްރޫޕުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން, އެއްބަސްވުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ އެއަރޕޯޓް ވިލާ ގްރޫޕާ އަނބުރާ ހަވާލުކުރަން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ 2021 ވަނަ އަހަރުއެވެ.

ކާޑެއްދޫ އެއަރޕޯޓް ވިލާ އެއަރއާ ހަވާލުކުރުމާ ގުޅިގެން ވިލާ ގްރޫޕްގެ ޗެއަރމަން ގާސިމް އިބްރާހީމް މިއަދު ކާޑެއްދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
06 މާރިޗު 2017

ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި

06 މާރިޗު 2017
ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި
02 މާރިޗު 2017

ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި

02 މާރިޗު 2017
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
05 ފެބުރުއަރީ 2017

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް