Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާޑެއްދޫ އެއާޕޯޓް އަތުލުން

ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި

މިއަދުގެ ވަގުތެއްގައި އެއާޕޯޓް ޙަވާލުކުރާނެ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 6 މާރިޗު 2017 | ހޯމަ 09:42
ވިލާ ގްރޫޕްގެ ވެރިޔާ ޤާސިމް އިބްރާހިމް: ވިލާއަށް ދީފައިވާ ކާޑެއްދޫ އެއާޕޯޓް މިއަދު ސަރުކާރާއި ޙަވާލުކުރާނެ

ވިލާ ގްރޫޕްގެ ވެރިޔާ ޤާސިމް އިބްރާހިމް: ވިލާއަށް ދީފައިވާ ކާޑެއްދޫ އެއާޕޯޓް މިއަދު ސަރުކާރާއި ޙަވާލުކުރާނެ

ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރާއި ޙަވާލުކުރުން ލަސްވަމުންދާތީ ފުލުހުން އެ އެއާޕޯޓަށް އަރައި އެތަނުގެ މެނޭޖްމަންޓާ މަޝްވަރާކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައި ވަނިކޮށް އެތަން އަތުލަން ސަރުކާރުން މިދިޔަ މަހު ނިންމީ އެއްބަސްވުމާ ޚިލާފްވި ކަމަށް ބުނެ އެވެ.

Advertisement - newsAdvertisement

ސަރުކާރުން ކާޑެއްދޫ އެއާޕޯޓް އަތުލަން ނިންމި ނަމަވެސް ސިވިލް ކޯޓުން ވަނީ މައްސަލަ ނިމެންދެން، ސަރުކާރުގެ އެ ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލުމަށް އަމުރެއް ކޮށްފައެވެ. ސިވިލް ކޯޓުގެ އެއަމުރު ފަހުން ވަނީ ހައިކޯޓުން ބާތިލްކޮށްފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކާޑެއްދޫ އެއާޕޯޓް ހަވާލުކުރުން ލަސްވަމުން ދާތީ ތިނަދޫގައި ތިބޭ ފުލުހުން ވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އެއާޕޯޓަށް ގޮސް ސުވާލުކޮށްފައެވެ.

ފުލުހުން ވެސް ވަނީ އެކަން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ސަރުކާރާއި ޙަވާލުކުރުން ލަސްކުރަމުންދާތީ އެކަމާ ގުޅިގެން އެއާޕޯޓްގެ މެނޭޖްމަންޓާއި ފުލުހުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާކުރީ ކޮންކަމަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެއާޕޯޓް ސަރުކާރާ ހަވާލުކުރުން ލަސްވެފައިވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައި ވާތީއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެމައްސަލައިގެ އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 142 މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނަ ކާޑެއްދޫ އެއާޕޯޓް ހޯމަ ދުވަހުގެ (މިއަދު) ވަގުތެއްގައި ސަރުކާރާ ޙަވާލުކުރާނެއެވެ.

ސިވިލްކޯޓުގެ އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ނެރުނު އަމުރެއް ކަމަށެވެ.

މައްސަލަ ނިމޭ ގޮތަކުން ވިލާއަށް ގެއްލުމެއް ލިބިއްޖެ ނަމަ އެ ބަދަލެއް ދޭން ދައުލަތުން ތައްޔާރަށް ތިބި ކަމަށް ދައުލަތުން ބުނެފައިވާ ކަމަށާއި ވިލާ އެއާ އަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނާ ގެއްލުމަކީ ފައިސާ އިން އަގު ކުރެވިދާނެ ފަދަ ގެއްލުންތަކެއް ކަމަށް ހައިކޯޓުން ބުނެފައި ވެއެވެ.

އެއާޕޯޓްގެ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ސަލާމަތީ ކަންކަން ވިލާ އިން ފުރިހަމަ ނުކުރާތީ ކަމަށާއި އެއީ އެއާޕޯޓް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ދައުލަތުން ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2017

ޕާސްޕޯޓް ކެންސަލްކޮށްފައި އޮތުމުން އިނގިރޭސި ވިލާތުގެ އެއާޕޯޓްގައި ޖާބިރު "ބަންދުކޮށްފި"

21 ޖޫން 2017
ޕާސްޕޯޓް ކެންސަލްކޮށްފައި އޮތުމުން އިނގިރޭސި ވިލާތުގެ އެއާޕޯޓްގައި ޖާބިރު "ބަންދުކޮށްފި"
12 ޖޫން 2017

އެއާޕޯޓްގެ އާ ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ނިމިއްޖެ

12 ޖޫން 2017
އެއާޕޯޓްގެ އާ ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ނިމިއްޖެ
03 ޖޫން 2017

ވެލާނާ އެއާޕޯޓްގެ އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

03 ޖޫން 2017
ވެލާނާ އެއާޕޯޓްގެ އާ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
17 މެއި 2017

މާފަރު އެއާޕޯޓް މަސައްކަތް ހުއްޓާލުމުގެ އަމުރެއް ހައިކޯޓުން ނެރެއެއްނުދިން

17 މެއި 2017
މާފަރު އެއާޕޯޓް މަސައްކަތް ހުއްޓާލުމުގެ އަމުރެއް ހައިކޯޓުން ނެރެއެއްނުދިން
26 އެޕްރީލު 2017

މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

26 އެޕްރީލު 2017
މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު