Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލީ އަދި އެހެނިހެން މަސްލަހަތު ހާމަކުރުމުގެ ބިލް

މާލީ ބަޔާނުގައި ދޮގު ހަދައިފިނަމަ ބޮޑެތި އަދަބުތަކެއް ދޭ ގޮތަށް ކަނޑައަޅާފައިވާ ބިލް ހުށަހަޅާ، ބަހުސް ފަށައިފި

1 މާރިޗު 2022 | އަންގާރަ 08:52

މިބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މާރިޗު 2022 | އަންގާރަ 08:52
އީވާ އަބްދުﷲ / ގަލޮޅު އުތުރު ދާއިރާގެ މެމްބަރު

އީވާ އަބްދުﷲ / ގަލޮޅު އުތުރު ދާއިރާގެ މެމްބަރު

މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުން ދޮގު މައުލޫމާތެއް ދީފިނަމަ ބޮޑެތި އަދަބުތައް ކަނޑައަޅާގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލް ހުށަހަޅާ، އެބިލްގެ ބަހުސް ފަށައިފިއެވެ.

މިބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ. ބިލް ހުށަހަޅުއްވަމުން އީވާ ވިދާޅުވީ މިބިލަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ގުޅިގެން ހުށަހަޅުއްވާ ބިލެއްކަމަށެވެ. ބިލުން އެޖެންޑާ 19ގެ ވައުދުތަކުގައި ބަޔާންކޮށްފައިވާ ކަންކަންވެސް ހާސިލުވާކަމަށް އީވާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިބިލަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން މާލީ ބަޔާން ހުށަހަޅަންޖެހޭ މީހުންނާއި މިގާނޫނުގައި ކަނޑައަޅާފައިވާ ދައުލަތުގެ މަގާމުތައް އަދާކުރާ ފަރާތްތަކުން އެފަރާތްތަކުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި ދަރަނީގެ އިތުރުން އެފަރާތްތަކުގެ އެހެނިހެން މަސްލަހަތުތައް ހާމަކޮށް ތައްޔާރުކުރާ ބަޔާން ހުށަހެޅުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި ބަޔާން ބަލައިގަނެ ބަޔާނުގައިވާ މައުލޫމާތުގެ ސައްހަކަން ދެނެގަތުމާއި ބަޔާނާއި ގުޅިގެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއްކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ބިލް ހުށަހަޅުއްވާ މައިގަނޑު ސަބަބަކީ އެމްޑީޕީން ރައްޔިތުންނަށް ވީވައުދުތައް ފުއްދުމުގެ ގޮތުންކަމަށެވެ.

އީވާ ވިދާޅުވީ އެޖެންޑާ 19ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން ހާމަކުރާއިރު މިބިލް ގާނޫނަކަށް ވެގެންދިޔުމުން އެއުސޫލު ހުރިހާ އިދާރާތަކަކަށްވެސް ހިނގާނެކަމަށެވެ.

ބިލްގެ ޖަދުވަލް 1 ގައި ބަޔާން ހުށަހަޅަންޖެހޭ ފަރާތްތައް ހިމަނާފައިވާއިރު އޭގެތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ، ނާއިބު ރައީސް، ވަޒީރުންގެ މަޖިލީހުގެ މެމްބަރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ފަނޑިޔާރުން، މިނިވަން މުއައްސަސާތަކުގެ މެމްބަރުން، ޕީޖީ އަދި ޑެޕިޔުޓީ ޕީޖީ، ރިޔާސީ ކޮމިޝަންތަކުގެ މެމްބަރުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ޑެޕިޔުޓީ ޖެނެރަލް އޮފް ޓެކްސޭޝަން އަދި މީރާގެ ގަވަރނިންގ ބޯޑުގެ މެމްބަރުން، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް، ކޮމިޝަނަރ އޮފް ޕޮލިސް، ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ދައުލަތުގެ އިދާރާތަކުގެ ޕާމަނަންޓް ސެކެޓްރީން، އެމްއެމްއޭގެ ގަވަރުނަރު ހިމެނެއެވެ.

ބިލްގައި ބުނެފައިވަނީ ތެދު ނޫން މައުލޫމާތެއް މާލީ ބަޔާނުގައި ހިމަނައިފިނަމަ، ނުވަތަ މައުލޫމާތު ފުރިހަމަނުވާނަމަ ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި އެކަމެއް ކުރާ ފަރާތެއް ގިނަވެގެން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރަންވާނެ ކަމަށެވެ. އަދި މިކުށުގެ އަދަބަކީ ގިނަވެގެން 2 އަހަރުގެ ދުވަހަށް ޖަލަށްލުމާއެކު އެކުށްކުރާ މީހަކު ދައުލަތުގެ މަގާމަކުން ވަކިކުރުމެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް