Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިރުމަތީ ޔޫރަޕްގައި ތިބި ދިވެހިން

ޔޫކްރެއިންގައި މިހާރު ތިބީ 9 ދިވެހިން

1 މާރިޗު 2022 | އަންގާރަ 06:20

މިހާރު ޔޫކްރެއިންގައި ތިބީ ޚަރްކީވް ގައި 8 ދިވެހިންނާއި ނީޕްރޯގައި އެކަކު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މާރިޗު 2022 | އަންގާރަ 06:20
ޔޫކްރެއިން ދޫކޮށް ރައްޔިތުން ދަނީ

ޔޫކްރެއިން ދޫކޮށް ރައްޔިތުން ދަނީ

މިވަގުތު ޔޫކްރެއިންގައި ތިބީ 9 ދިވެހިންކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ޔޫކްރެއިންގެ ވެރިރަށް ކިއޭވް ކައިރީގައި ދިރިއުޅެމުން ދިޔަ ދިވެހި އާއިލާއެއް، އެއީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ޔޫކްރެއިން ރައްޔިތެއް އަދި އެދެމަފިރިންގެ ކުޑަ 2 ކުދިން މިހާރު ވަނީ ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައިކަމަށެވެ. ޚަރްކީވްގައި ތާށިވެފައި ތިބި ކުދިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އިތުރު ޤައުމުތަކާއި ގުޅިގެން ދަނީ މަސައްކަތްކުރަމުން ކަމަށް ވިދާޅުވިއެވެ. އަދި ޚަރްކީވްގައި ތިބި ދިވެހި ދަރިވަރުންނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޯމަ ދުވަހު ފޯނުން ގުޅުއްވައި، އެކުދިންގެ ޙާލު ބެއްލެވިކަމަށް މިއުވާން ވިދާޅުވިއެވެ. މިހާރު ޔޫކްރެއިންގައި ތިބީ ޚަރްކީވް ގައި 8 ދިވެހިންނާއި ނީޕްރޯގައި އެކަކެވެ.

Advertisement - newsAdvertisement

މީގެއިތުރުން ބެލަރޫސްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، ދަރިވަރުންނަށް ވަނީ އެކަން އަންގާފައިކަމަށް މިއުވާން ވިދާޅުވިއެވެ. ބެލަރޫސްގައި ކްލާސްތައް މެދުނުކެނޑި ހުރިހާ ޔުނިވަރސިޓީއެއްގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ރަޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، ދަރިވަރުންނަށްވެސް ވަނީ އެކަން އަންގާފައިކަމަށް މިއުވާން ވިދާޅުވިއެވެ. ރަޝިޔާގައިވެސް ކްލާސްތައް މެދުނުކެނޑި ހުރިހާ ޔުނިވަރސިޓީއެއްގައި ކިޔެވުން ކުރިއަށްދާ ކަމަށް މިއުވާން ވިދާޅުވިއެވެ.

ކްލާސްތައް އޮންލައިން ކްލާސްތަކަށް ބަދަލުކުރެވޭތޯ ދަރިވަރުން ދަނީ ޔުނިވަރސިޓީއާއެކު މަޝްވަރާކުރަމުން ކަމަށާއި ދަރިވަރުންނަށް މިކަމުގައި ބޭނުންވާ އެހީތެރިކަން ބަރލިންގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން އަންނަނީ ފޯރުކޮށްދެމުން ކަމަށް މިއުވާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް