Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަހުމޫދުގެ މަރުގެ މައްސަލަ

މަހުމޫދުގެ މަރު: ޓައިމްލައިން

1 މާރިޗު 2022 | އަންގާރަ 03:27

އެ ޙާދިސާ ހިނގި ބައެއް ސަރަޙައްދުތަކަށް ޝާ އަލޮމް ގޮސް، އެ ޙާދިސާއާ ގުޅޭ ވާހަކަތައް ކިޔާދިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 މާރިޗު 2022 | އަންގާރަ 03:27
އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް

14 އޮކްޓޯބަރު 2021ވަނަ ދުވަހު ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާއި، މީސްމީޑިއާ ފުރިގެން ދިޔައީ "ދަނގެތީގައި އަނިޔާވެރި ގޮތަކަށް މީހަކު މަރާލައިފި" މި ސުރުޚީންނެވެ.

އެދުވަހުން ދުވަހަށްވެސް މި އަނިޔާވެރި މަރާ ގުޅޭ މައުލޫމާތުތައް ދިޔައީ ނިއުޅެމުންނެވެ. އެގޮތުން މަރާލާފައިވަނީ އެ ރަށު މުނަލާޒު، 57 އަހަރުގެ މަހްމޫދު އަބޫބަކުރުކަން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސާފުވެގެން ދިޔައިރު، އެންމެންނަށްވެސް ސިހުން ގެނުވީ އޭނާ މަރާލާފައިވާ އަނިޔާވެރި ގޮތުންނެވެ.

މަހުމޫދުގެ ބޮލަށާއި، ފަޔަށް ގޯއްޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އޮތީ އެލުވާފައެވެ. އެ ދުވަހުން ދުވަހަށް ފުލުހުންގެ ޓީމު އެރަށުގައި ޙަރަކާތްތެރިވާން ފެށިއެވެ.

15 އޮކްޓޯބަރުގައި މަހުމޫދުގެ ޖަނާޒާ ބޭއްވިގެން ދިޔައެވެ. އޭރު މަހުމޫދުގެ ޤާތިލުވެސް އެ ޖަނާޒާގައި ބައިވެރިވިކަން މީހަކަށް އަންދާޒާވެސް ކޮށްނުލެވެއެވެ. އޭރު އެންމެންވެސް ތުހުމަތު ކުރަމުންދިޔައީ އެރަށުގައި ތިބި، ކުށުގެ ރެކޯޑު އޮންނަ އިތުރު 3 މީހެއްގެ މައްޗަށެވެ. އަނިޔާވެރި ބައެއްގެ ވަކިތަކުގެ ޝިކާރައަކަށްވެ މި ދުނިޔެއާ އަލްވަދާއު ކިޔާފައިވާ މަހުމޫދު އަބޫބަކުރުގެ މަރުގެ ހަގީގަތް ހާމަވާނެ އިރެއްގެ އިންތިޒާރުގައި ތިބި މީހުން މަދެއް ނޫނެވެ.

ދެން ފެނިގެން ދިޔައީ މި މައްސަލައިގެ ދައުވާ އުފުލުނު ފަރާތްކަމަށްވާ ބަނގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ހައްޔަރުކުރި މަންޒަރެވެ. އެއީ16 އޮކްޓޯބަރެވެ. އެހިސާބުން އެރަށު ރައްޔިތުންނަށް ލިބިގެންދިޔަ ސިހުން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ތުންތުން މަތިން އިވުނު ވާހަކަތަކަށް ބަލާއިރު، ޝާ އަލޮމްއަކީ އެފަދަ ކަމެއް ކުރާނެ ވަރަށްވުރެ ހެޔޮލަފާ އުޅުމެއް އުޅެފައިވާ މީހެކެވެ. އޭނާ އެފަދަ ކަމެއް ކޮށްފާނެ މަޤްސަދަކީ ކޮބައިބާއޭވެސް މީހުން ހިތާހިތާ ސުވާލު ކުރަމުން ދިޔައެވެ. ޝާ އަލޮމްއަކީ މަހުމޫދުގެ ހަށިގަނޑު ފެނުނު ގެޔާ ޖެހިގެން ހުރި ގެއެއްގައި އުމުރުން ދުވަސްވީ މީހަކު ބަލަން ހުންނަ މީހެކެވެ.

17 އޮކްޓޯބަރުގައި ފެނިގެން ދިޔައީ ފުލުހުންނާއެކު ޝާ އަލޮމް އެ ޙާދިސާ ހިނގި ބައެއް ސަރަޙައްދުތަކަށް ގޮސް، އެ ޙާދިސާއާ ގުޅޭ ވާހަކަތައް ކިޔާދޭ މަންޒަރެވެ. އެގޮތުން ފުލުހުން ބަންދު ކޮށްފައިވާ އެކި ސަރަހައްދުތަކަށް ގެންދިޔައިރު ކޮންމެވެސް ވާހަކަތަކެއް ޝާ އަލޮމް ގެންދިޔައީ ކިޔާދެމުންނެވެ. ދުރު ހިސާބުތަކުގައި އާންމު ރައްޔިތުންނާއި ނޫސްވެރިންވެސް މި މަންޒަރުތައް ބަލަން ތިއްބެވެ.

ދެން ފެނިގެން ދިޔައީ މި މައްސަލަ އާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ފުލުހުން މުހިއްމު މައުލޫމާތުތަކެއް ހިއްސާކުރިތަނެވެ. މަހުމޫދުގެ ބޮލުގެ ތިން 3 ތަނަކަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާއިރު ހަށިގަނޑުން 30ށް ވުރެ ގިނަ ޒަޚަމް ފެންނަން ހުރި ކަމަށް ފުލުހުން ބުންޏެވެ. އަދި ތަހުގީގު ނިންމައި ދެން އަންނަން އޮތް ހަފްތާގައި ދައުވާ ކޮށްދިނުން އެދި ޕީޖީ އޮފީހަށް ފޮނުވާނެކަމަށް 2 ޑިސެމްބަރުގައި ފުލުހުން ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.

މަހުމޫދު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށްވާއިރު، 500ގެ ގާތްގަނޑަކަށް 20 ނޫޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، މަހުމޫދަށް ހަމަލާ ދިނުމުގައި ތޫނު ހަތިޔާރު ބޭނުންކޮށްފައިވާއިރު މަހުމޫދުގެ ބައެއް ތަކެތި ޝާހު އަލޮމް ދިރިއުޅުނު ގެއިން ވެސް ފެނިފައިވާ ކަމަށް އެ ދުވަހު ފުލުހުން ބުނުމާއެކު، މި މަރާއި ގުޅިގެން ޝާ އަލޮމް އަށް ކުރެވޭ ތުހުމަތުތަކުގެ އަޑު ގަދަވެގެން ދިޔައެވެ.

މި މައްސަލައިގައި ޝާ އަލޮމްގެ މައްޗަށް 2 ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ޕީޖީން ހުށަހަޅާފައިވަނީޑިސެމްބަރ މަހުގެ 15ވަނަ ދުވަހުއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ފުރަތަމައަޑުއެހުންބޭއްވީ19 ޖެނުއަރީ 2022ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ޝާ އަލޮމްވަނީ އޭނާ ތަހުގީގުގައި ވީ އިއުތިރާފް ދަމަހައްޓާފައެވެ. އަދި އެކަން ކުރެވުނީ "ޝައިތޯނާ ބޮލަށް ވަދެގެން" ކަމަށް އެ އަޑުއެހުމުގައި އޭނާ ބުންޏެވެ. އެ ދުވަހު ދައުލަތުންވެސް ވަނީ މަހުމޫދުގެ ހުރިހާ ވާރިސުންވެސް މަރަށް މަރު ހިފަން ބޭނުންވާކަން ފާހަގަކޮށްފައެވެ.

އޭނާ އިއުތިރާފުވެފައިވާތީ އަވަސްނިޔާގެ އަޑުއެހުމެއް ބާއްވައި،26 ޖެނުއަރީ 2022ގައި ވަނީ އޭނާގެ މައްޗަށް ޤަސްތުގައި މީހަކު މެރުމުގެ ކުށްސާބިތުވާކަމަށްކަނޑައަޅާފައެވެ. ހަމައެއާއެކު، މަހުމޫދު މަރާލުމަށްފަހު އޭނާގެ ހަށިގަނޑާމެދު އަމަލުކޮށްފައިވާ ގޮތުން އުފުލާފައިވާ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާވެސް ދައުލަތުން އިއްވާފައިވާއިރު، އެ ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. އެއާއެކު އެ ދައުވާވެސް ސާބިތުވާކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

މަހުމޫދުގެ ވާރިސުންގެ ހެކިބަސް ނަގާފައިވަނީ17 ފެބްރުއަރީ 2022ގައެވެ. އެ ދުވަހު މަހުމޫދުގެ ހުރިހާ ވާރިސުންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. މަހުމޫދު ނިޔާވިއިރު ވާރިސުންގެ ގޮތުގައި ތިބީ އޭނާގެ އަންހެން ދަރިންކަމަށްވާ މަރިޔަމް ނައުމާ އާއި، މަރިޔަމް މިޒްނާ އަދި ފިރިހެން ދަރިންގެ ތެރެއިން ފިޒާން އާއި، އަހުމަދު ފިރުޝާން، އިބްރާހިމް ފަރުޝާން އަދި މަހުމޫދުގެ މަންމައެވެ. މަހުމޫދުގެ ބައްޕަ މިވަގުތު ދުނިޔޭގައެއް ނެތެވެ. މަހުމޫދު ނިޔާވުމުގެ ކުރިން އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ.

އަދި މަހުމޫދު ނިޔާވިއިރު އޭނާގެ އަނބިމީހާ މުއުމިނާ އުމަރުވެސް ދުނިޔޭގައި އެބަހުއްޓެވެ.

ވާރިސުންގެ ހެކިބަހާއި، ޝާ އަލޮމްގެ އިއުތިރާފަށްފަހު، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ27 ފެބްރުއަރީ 2022ގައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

03 ޖުލައި 2017

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!
16 ޖޫން 2017

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
02 ޖޫން 2017

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް
26 އެޕްރީލު 2017

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017
"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"
26 އެޕްރީލު 2017

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!
25 އެޕްރީލު 2017

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން
05 އެޕްރީލު 2017

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

05 އެޕްރީލު 2017
ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް